Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓަރސް ލިސްޓުގައި ސޮއި ކުރާނީ ސައްހަކަން ކަށަވަރު ކުރުމަށްފަހު: އިބޫ

4 ސެޕްޓެމްބަރު 2018 | އަންގާރަ 20:06

ސަރުކާރުން ދަނީ އިންތިޚާބު އޮޅުވާލަން ނުފޫޒު ފޯރުވަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 4 ސެޕްޓެމްބަރު 2018 | އަންގާރަ 20:06
ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅިފައިވާ ސިޔަސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި ސޮއި ކުރައްވާނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މާލޭގައި ގުޅިފައިވާ ޕާޓީތަކުގެ "ފުވައްމުލަކު ޖަގަހަ" ހުޅުވާދެއްވުމަށްފަހު އިބޫ ވިދާޅުވީ ފަހު ވަގުތު ވޯޓަރސް ލިސްޓު އާންމުކޮށް، އެ ލިސްޓުގައި ސޮއިކުރަން އިލެކްޝަންސް ކޮމިޝަނުން ބުނިނަމަވެސް، އެ ލިސްޓުގައި ސޮއިކުރެވެން ނޯންނާނެ ކަމަށެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރާނީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވޯޓަރސް ލިސްޓު އާންމުކޮށްފައި ނުވާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން އިބޫ ފާޅުކުރެއްވިތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން އިލެކްޝަން ކޮމިޝަނުން ވަނީ އެ ލިސްޓް އާންމުކޮށްފައެވެ. ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަހެއް އަދި ނުލިބެއެވެ.

"ސައްހަ ވޯޓަރސް ލިސްޓެއް އެބަ ބޭނުންވޭ، މިއަދާއި ހަމައަށް އައި އިރުވެސް، ރީރަޖިސްޓަރކޮށް ނިމުމަށްފަހުގައި ވެސް ސޮއި ކުރަންޖެހޭ ލިސްޓު އަޅުގަނޑުމެންނާއި ހަމައަށް އަތްމައްޗަކަށް ނާރާ. މިއަދު ވެސް އެވާހަކަ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނާއި ދައްކައިފިން. އެންމެ ފަހު ވަގުތު އެ ދިއްކޮއްލާފަ އަޅުގަނޑުމެން ކައިރީގައި ސޮއިކުރާށޭ ބުންޏަސް އެޔަކު ސޮއިކުރެވޭކަށް ނޯންނާނެ. އަޅުގަނޑުމެންނަން އެ ބަލައި، ޗެކްކުރަން ފުރުސަތު ދެއްވަންވާނެ. އެހެން ނޫންނަމަ އޭގައި އޮޅުވާލުންތަށް ހުރެދާނެ. އަޅުގަނޑުމެން މިއަދުވެސް މިދަންނަވަނީ އެ ލިސްޓް އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވާށޭ. އެއަކަށް އަދި އިޖާބައެއް ނުދޭ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި އިންތިހާބު އޮޅުވާލަން ރައީސް ޔާމީންގެ ސަރުކާރުން ނުފޫޒުފޯރުވަން މަސައްކަތް ކުރިނަމަވެސް، ރައްޔިތުން ނުކުމެ ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ ކަމަށެވެ. އެ މަންޒަރު މިއަދު އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުން ފެނިގެންދާ ކަމަށާއި މި އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބުކުރާނީ އާބާދީ ބޮޑެތި ހުރިހާ ރަށްތަކެއްގެ އަޣުލަބިއްޔަތުން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވޯޓުލާ މީހުންގެ ލިސްޓް އާއްމުކޮށްފައި މިވަނީ ރީރަޖިސްޓްރޭޝަނަށްފަހު ވޯޓަރސް ލިސްޓް އާއްމު ނުކޮށް ލަސްކުރާތީ އިދިކޮޅު ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި އައިޑީ ކާޑު ނަމްބަރާއި، ނަމާއި، އެޑްރެސް ހިމެނެއެވެ. ލިސްޓު ބުނާ ގޮތުން 262،135 މީހުންނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބެއެވެ. ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓް ދާއިރާތައް ވަކިން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވަނީ ޝާޢިއު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް