Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން ގެއްލުނުތާ 4 އަަހަރު

ރިލްވާން ގެއްލުނުތާ 4 އަހަރު: އިންސާފަށް އެދި ކުރާ މަސައްކަތް ހުއްޓައެއް ނުލާންނަން: އާއިލާ

8 އޯގަސްޓު 2018 | ބުދަ 14:38

ރިލްވާންގެ މައްސަލައިގެ އާ ތަހުގީގަކަށް ހިނގާލުމުގެ ބައިވެރިން ގޮވާލި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 8 އޯގަސްޓު 2018 | ބުދަ 14:38
ރިލްވާން ގެއްލުނުތާ 4 އަހަރު ވުމާއި ގުޅިގެން އިންސާފު ހޯދުމަށް ގޮވާލާ މިއަދު ބޭއްވި ހިނގާލުން

ރިލްވާން ގެއްލުނުތާ 4 އަހަރު ވުމާއި ގުޅިގެން އިންސާފު ހޯދުމަށް ގޮވާލާ މިއަދު ބޭއްވި ހިނގާލުން

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނުތާ ހަތަރު އަހަރު ފާހަގަކުރުމަށް ބުދަ ދުވަހު ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ މަޖީދީ މަގު ޗާނދަނީމަގާއި ގުޅޭ ހަތަރު އަނގޮޅު ކަންމަތިން ފެށިގެން މާފަންނުގައި ހުންނަ ޒުވާނުންގެ މަރުކަޒާއި ހަމައަށެވެ.

Advertisement - newsAdvertisement

މި ހިންގާލުން ކުރިއަށް ގެންދިއުމަށް މީގެ ކުރީގެ ފަހަރުތަކާއި ޚިލާފަށް ފުލުހުން ހުރަސްއަޅާފައި ނުވާތީ ހިނގާލުން ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހިނގާލުމުގައި ބައިވެރިވީ ރިލްވާނުގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކާއި، ބައެއް ވަކީލުންނާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބައެއް ނޫސްވެރިންނެވެ.

ހިނގާލުމުގައި ވާހަކަދެއްކި ބައެއް ބޭފުޅުންގެ ވާހަކަތަކަށް ބާލާއިރު، ރިލްވާނުގެ އެކުވެރި އަދި މިހާރު ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ، ރިލްވާން ގެއްލިގެން ރައީސްއާއި ސުވާލުކުރުމުން "ދެން ނޫސްވެރިއަކު ގެއްލުނީއޭ. ދެން ނޫސްވެރިއަކު ގެއްލުނީމާ ހޯދާނެއޭ" ވިދާޅުވުމަކުން ނުފުދޭކަމަށާއި، ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީ ކޮންމެ ރައްޔިތަކީވެސް ހަަމަހަމަ މީހަކަށް ވާންޖެހޭނެކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ކިބައިން ފެނިގެން ދިޔައީ ޕޯޑިއަމްތަކަށް އަރާ ވަޑައިގެން އެއްވެސް ސީރިއަސްކަމެއް ނެތި މަޖަލަކަށް ހައްދަވައިގެން ރިލްވާންއޭކިޔައިގެން އެއްދުވަހާ ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވައި ހީ ސަމާސާ ކުރެއްވިތަންކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލައިގައި އިހުމާލުވި ފުލުހުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ހުރިހާއެންމެން ކޮންމެވެސް ދުވަހަކުން އިންސާފުގެ ކުރިމައްޗަށް އަންނަން ޖެހޭނޭކަމަށެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުއްސުރެ ފުލުހުން މި މައްސަލައިގައި އިހުމާލުވަމުންދާކަން ފާހަގަކުރެވުނު ކަމަށާއި، 2014 ވަނަ އަހަރުގެ އޮކްޓޫބަރުގައި ފުލުހުންގެ އިހުމާލު މައްސަަލައިގައި އޮތްކަމަށް ފޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އާއިލާއިން ހުށައެޅިކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެވެސް ދުވަހަކުން ރިލްވާނުގެ މައްސަލައިގައި އިންސާފު ލިބޭނެ ކަމަށެވެ. އެކަމަކު ނޭނގޭކަމަކީ އެ އިންސާފު ލިބޭނެ ދުވަހެއްކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވިގޮތުގައި މި މައްސަލައިގައި އެންމެފަހުން ކްރިމިނަލް ކޯޓުން ކުރި ހުކުމުން ދޭހަވީ ތަހުގީގު ފުރިހަމަ ނުވާކަން ކަމަށެވެ. ތަހުގީގުގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލާފައި ނުވާކަަމަށެވެ. ހިސާން ވިދާޅުވިގޮތުގައި އެކަންކަމަކީ ބަލަން ޖެހޭ ކަންކަމަށް ވީ ހިދުވެސް ނުބަލައި ދޫކޮށްލީ އެކަމުގެ އަޑީގައި ބަޔަކު ތިބެ އެކަމަށް ނުފޫޒް ފޯރުވާތީކަަން ދޭހަވާކަމަށެވެ.

ރިލްވާނާއި ގުޅޭގޮތުން އަންގާރަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ހިސާން ވިދާޅުވީ، ދިވެހި ސަރުކާރަށް މި މައްސަލައިގައި އެތަށް ހަގީގަތެއް އެނގިހުރެ ފޮރުވަން މަސައްކަތްކުރާކަމަށެވެ.

މި ހިނގާލުމަށްފަހު ވާހަކަ ދައްކަވަމުން ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ވަނީ ރިލްވާންގެ މައްސަަލައިގެ އާ ތަހުގީގެއް ހިންގައި ދިނުމަށް ކަމާގުޅޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި އެކަން ކުރަންވާނީ ކްރިމިނަލް ކޯޓްގެ ގާޒީ މައްސަލައިގެ ހުކުމް އިއްވަމުން ފާހަގަކުރެއްވި ހަތް ނުކުތާވެސް ހަމަވާގޮތަަށް ކަމަށް ޝަހިންދާ ވިދާޅުވިއެވެ. މީގެ އިތުރުން ރިލްވާނުގެ އާއިލާއާއި، ރަށްޓެހިންނާއި، މަދަނީ ޖަމިއްޔާތަކުން ހުށައެޅި މައުލޫމާތުވެސް އެއްކޮށް އިންސާފުވެރި ޝަރީއަތެެއް ހިންގައި ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

ރިލްވާނުގެ މަންމަ ބުނީ ރައީސުލް ޖުމްހޫރިއްޔާ އޭނާގެ ދަރިފުޅާ ގުޅޭގޮތުން ދެއްކި ވާހަކައަށް ދުވަހަކުވެސް މާފުނުކުރާނެކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ދެފަހަރު ދެގޮތަށް ވިދާޅުވީ ކީއްވެތޯއާއި އޭނާގެ ދަރިފުޅު ރިލްވާނު އަދި ފެންނާނެކަމަށް ވިދާޅުވުމުން އަދިވެސް މި ހުރީ އޭނާ އެނބުރި އަންނާނެކަމުގެ އިންތިޒާރުގައި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް