Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިސްދޫއިން އިބޫއަށް "ރަސްކަލެއްގެ" ލަގަބު

7 އޯގަސްޓު 2018 | އަންގާރަ 13:04

އިސްދޫ އިން އިބޫ އަށް ދެންނެވި މަރުޙަބާއަށް އެރަށުގެ މީހުން ކިޔައި އުޅެނީ "ހިއްޗަށް އެރުވުން"

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 7 އޯގަސްޓު 2018 | އަންގާރަ 13:04
އިސްދޫއިން އިބޫއަށް މަރުޙަބާ ދަންނަވަނީ

އިސްދޫއިން އިބޫއަށް މަރުޙަބާ ދަންނަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ލ. އަތޮޅު އިސްދޫއަށް ވަޑައިގެންނެވެމުން އެރަށުގެ ރައްޔިތުން "ރަސްކަލެއްގެ" ލަގަބު އަރުވައި، އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިބޫ އެންމެ ފުރަތަމަ އަންގާރަ ދުވަހު ހެނދުނު ވަޑައިގެންނެވީ އެ އަތޮޅު އިސްދޫއަށެވެ. އިސްދޫއަށް އިބޫ ވަޑައިގެންނެވުމުން އެ ރަށު ބަނދަރު ސަރަހައްދުން ހާއްސަ "އޮނަަރ ގާރޑެއް" އިބޫ އަށް ވަނީ އަރުވާފައެވެ. އެ ރަށުގެ ރައްޔިތުން ބުނާ ގޮތުން އެއީ ރަސްކަލެއްގެ ރަމްޒީ ލަގަބު އިބޫއަށް އަރުވައި އެމަނިކުފާނަށްކީ ހާއްސަ މަރުޙަބާއެއް ކަމަށެވެ. އެކަމަށް އެރަށުގެ ރައްޔިތުން ކިޔައި އުޅެނީ "ހިތްޗަށް" ވަޑައިގަތުމެވެ.

Advertisement - newsAdvertisement

އިސްދޫ ރައްޔިތުން އާންމުކޮށް "ހިތްޗަށް" އެރުވުމުގެ ކުޅިވަރު ކުޅެނީ ހާއްސަ ދުވަސްތަކުގައެވެ. އީދު ފަދަ ދުވަސްތަކުގައި މިހާރު ވެސް މި ސަގާފީ ކުޅިވަރު ކުޅެއުޅެއެވެ. އެގޮތުން ރަސްގެފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އެންމެ ކުރީގައި ތިބެނީ މިރަށުގެ ރައްޔިތުން ކިޔާ ގޮތުން "ކުދި ބޭކަލުންނެވެ". އަދި ރަސްގެފާނު ވަޑައިގެންނެވުމުން ރަސްގެފާގެ ބޯމަތީގައި ހަތްކޮޅު އަބުރާނެއެވެ. އަދި ސިލޭރު ދަނޑި ހިފައިގެން ރަސްގެފާންގެ ފަހަތުގައި "ކުދި ބޭކަލުން" ތިބެއެވެ.

އިސްދޫން އިބޫއަށް މަރުޙަބާ ދަންނަވަނީ

"މިއީ މިރަށު މީހުން އީދު ފަދަ މުނާސަބަތުތަކުގައި ކުރިއަށް ގެންދާ ކުޅިވަރެއް. އިބޫ މި ރަށަށް ވަޑައިގެނެވުން އަޅުގަނޑުމެން ވަރަށް އުފާވެއްޖެ. އެހެންވެ ރަސްގެފާނެއްގެ ލަގަބު މި އެރުވީ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް މި ރަށަށް ވަޑައިގަންވާކަން ކެރިވަޑައެއްނުގެންނެވި،" އިސްދޫއިން ވާހަކަ ދެއްކި ދުވަސްވީ މީހެއް ބުންޏެވެ.

އިބޫ އިސްދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ އިސްތަށިފުޅު މަތީގައި "ހަތްކޮޅު" ހުރީ ނަގާފައެވެ. އަދި ކުދި ބޭކަލުން "ހަތްކޮޅު" ހިފައިގެން ހުންނަ މީހުންގެ ފަތުގައި ތިބީ ސިލޭރު ދަނޑީގެ ބަދަލުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ދިދަ ހިފައިގެންނެވެ. ބަނދަރު މަތީގައި ތިބި އާންމު ރައްޔިތުންނާ އިބޫ ސަލާމްކުރެއްވިއިރު، އެމަނިކުފާނުގެ ބޯމަތީގައި "ހަތްކޮޅު" ދިޔައީ އަބުރަމުންކަން ފާހަގަކޮށްލެވެ.

އިސްދޫން އިބޫއަށް މަރުޙަބާ ދަންނަވަނީ

މިއީ މިހާރަތަނަން އިބޫ އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ތަފާތު ގޮތަކަށް މަރުޙަބާ ދެންނެވި ފަހަރެއެވެ.

އިބޫ ދެން ވަޑައިގަންނަވަނީ ލ. ގަމަށެވެ. ލ. ގަމަށް ވަޑައިގަތުމަށް ފަހު އެ ރަށުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އޮފީސް ހުޅުވައިދެއްވާނެއެވެ. އަދި ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ބާއްވާ ބޮޑު ޖަލްސާ ލ. ގަމު ތުނޑީ ބަނދަރު ސަރަހައްދުގައި މިރޭ 21:00 ގައި އޮންނާނެވެ. މި ޖަލްސާގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި އެޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެވެ.

އިސްދޫން އިބޫއަށް މަރުޙަބާ ދަންނަވަނީ

ގަމުގައި ބޮޑު ޖަލްސާއަށް ފަހު، އިބޫ ދެން ވަޑައިގަންނަވާނީ އެ އަތޮޅު މާވަށު، މާމެންދޫ، ހިތަދޫ އަދި ފޮނަދޫއަށެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރާއި، ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލްގެ އިތުރުން މެމްބަރު ރޮޒޭނާ އާދަމާއި، މެމްބަރު އިމްތިޔާޒު ފަހުމީ އަދި މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ބައިވެރިވަޑައިގަންނަވާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2018

އިބޫއަށް ހަމަލާދިނުމަށް އުޅުނު މައްސަލަ ދަނީ ބަލަމުން: އީސީ

12 ޖުލައި 2018
އިބޫއަށް ހަމަލާދިނުމަށް އުޅުނު މައްސަލަ ދަނީ ބަލަމުން: އީސީ
11 ޖުލައި 2018

އިބޫއަށް ދޭން އުޅުނު ހަމަލާއާ ގުޅިގެން ރައީސް ޔާމީން އެއްޗެއް ވިދާޅެއް ނުވި

11 ޖުލައި 2018
އިބޫއަށް ދޭން އުޅުނު ހަމަލާއާ ގުޅިގެން ރައީސް ޔާމީން އެއްޗެއް ވިދާޅެއް ނުވި
10 ޖުލައި 2018

ހުޅުމާލެއިން އިބޫއަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި

10 ޖުލައި 2018
ހުޅުމާލެއިން އިބޫއަށް ހަމަލާދިނުމަށް ބަޔަކު މަސައްކަތްކޮށްފި
08 ޖުލައި 2018

ރައްޔިތުންގެ ތާއީދު އިބޫއަށް އޮތް ކަމީ އިންކާރު ނުކުރެވޭނެ ކަމެއް: ރައީސް ނަޝީދު

08 ޖުލައި 2018
ރައްޔިތުންގެ ތާއީދު އިބޫއަށް އޮތް ކަމީ އިންކާރު ނުކުރެވޭނެ ކަމެއް: ރައީސް ނަޝީދު
07 ޖުލައި 2018

އިބޫއަށް ތާއިދު ހޯދަން ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި

07 ޖުލައި 2018
އިބޫއަށް ތާއިދު ހޯދަން ދޮރުން ދޮރަށް ކެމްޕެއިން ފަށައިފި
02 ޖުލައި 2018

އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ޔާމީން ސިޓީއެއް ފޮނުއްވައިފި

02 ޖުލައި 2018
އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ޔާމީން ސިޓީއެއް ފޮނުއްވައިފި
01 ޖުލައި 2018

އިބޫއަށް ޓިކެޓް ދިނުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅުނު ފިޔަވަޅެއް: ޝައިނީ

01 ޖުލައި 2018
އިބޫއަށް ޓިކެޓް ދިނުމަކީ ސިޔާސީ ހަމަޖެހުމާއި ދިމާއަށް އެޅުނު ފިޔަވަޅެއް: ޝައިނީ
30 ޖޫން 2018

އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޮޑު ތަނުން ބަލުކުރާނެކަމަށް

30 ޖޫން 2018
އިބޫއަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޮޑު ތަނުން ބަލުކުރާނެކަމަށް
28 މާރިޗު 2018

އިބޫއަށް ދައުވާ ކުރުމަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޖީ އޮފީސް

28 މާރިޗު 2018
އިބޫއަށް ދައުވާ ކުރުމަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޖީ އޮފީސް
19 މާރިޗު 2018

އިބޫއަށް އަންނައުނާއި ބޭސް ނުދީ، ބާއްވަނީ އަވިދޭ ގޮޅިއެއްގައި: އެމްޑީޕީ

19 މާރިޗު 2018
އިބޫއަށް އަންނައުނާއި ބޭސް ނުދީ، ބާއްވަނީ އަވިދޭ ގޮޅިއެއްގައި: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް