Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްކާންޔޭ ވެސްޓް

އުމުރުން 39 އަހަރުގައި ނަފްސާނީ މައްސަލައެއް ދިމާވި: ކާންޔޭ ވެސްޓް

4 ޖޫން 2018 | ހޯމަ 07:07

ކާންޔޭގެ "ޔޭ" އަލްބަމް ނެރެފައި ވަނީ މެއި 31 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖޫން 2018 | ހޯމަ 07:07
ކާންޔޭ ވެސްޓް

ކާންޔޭ ވެސްޓް

އޭނާގެ އުމުރުން 39 އަހަރުގައި ނަފްސާނީ މައްސަލައެއް ދިމާވި ކަމަށް ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ބުނެފިއެވެ.

ކާންޔޭ މިހެން ބުނެފައި ވަނީ އޭނާގެ އާ އަލްބަމް "ޔޭ" އާ ބެހޭ ގޮތުން ދީފައިވާ ރޭޑިއޯ އިންޓަވިއުއެއްގެ ތެރޭގައެވެ.

ކާންޔޭ އެ އިންޓަވިއުގައި ބުނެފައި ވަނީ އޭގެ ކުރިން ނަފްސާނީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި އޭނާގެ އާ އަލްބަމުގައި ބުނެފައިވާ ފަދައިން އެ ނަފްސާނީ މައްސަލައަކީ ޚާއްސަ އެހީއަށް ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް އޭނާއެއް ނުދިނެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ކާންޔޭގެ އަލްބަމެއް ކަމަށްވާ "ދަ ލައިފް އޮފް ޕްބްލޯ" އަށް ޓުއާއެއް ދެމުން ދަނިކޮށް އޭނާ ވަނީ ސްޓޭޖް މަތީގައި މޮޔަ ވާހަކަތަކެއް ދައްކާފައެވެ. އެފަހަރު ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށް ފަހު އޭނާ އަށް ވަނީ ފަރުވާ ދީފައެވެ. ކާންޔޭ ވަނީ އެފަހަރު އޭނާ ދެމުން އައި ޓުއާ ކެންސަލްކޮށް ޓުއާގެ ޓިކެޓް ނެގި ފަރާތްތަކަށް ރިފަންޑް ދީފައެވެ. އޭރު ރިޕޯޓް ކޮށްފައިވާ ގޮތުގައި ކާންޔޭއަށް އެހެން ވީ އޭނާ މާބޮޑަށް ވަރުބަލިވުމުންނެވެ. އެހެންވެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އޭނާއަށް ވަނީ ނަފްސާނީ މައްސަލަތަކަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައެވެ.

ދެ އަހަރު ފަހުން ނެރުނު ކާންޔޭގެ އައު ސޯލޯ އަލްބަމް "ޔޭ" ނެރެފައި ވަނީ މެއި 31 ގައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2023

"ހެރީ ޕޮޓާ" ގައި ޑަމްބްލްޑޯގެ ރޯލު ކުޅުނު އެކްޓަރު މައިކަލް ގެމްބޯން 82 އަހަރުގައި މަރުވެއްޖެ

29 ސެޕްޓެމްބަރު 2023
"ހެރީ ޕޮޓާ" ގައި ޑަމްބްލްޑޯގެ ރޯލު ކުޅުނު އެކްޓަރު މައިކަލް ގެމްބޯން 82 އަހަރުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް