Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން 2018

ކައްޕިގެ ބުއްދި ގޯސްވެއްޖެއްޔާ ސުވާލު އުފައްދަންވީ، އެކަމު 25 ބުރީގެ ހޮސްޕިޓަލެއް އަޅާތީ ސުވާލު ނުއުފެއްދޭނެ: ރައީސް

ފުލުހުންގެ ތެރެއިން ވަކިކުރަނީ ގައްދާރުވި މީހުން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ފެބުރުއަރީ 2018 | ބުދަ 14:09
ޕީޕީއެމް އިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ސްޓޭޖްމަތީ އާންމުންނަށް އަތްޕުޅު ހޫރާލައްވަނީ: ފޮޓޯ-ރައީސް އޮފީސް

ޕީޕީއެމް އިން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމިން ސްޓޭޖްމަތީ އާންމުންނަށް އަތްޕުޅު ހޫރާލައްވަނީ: ފޮޓޯ-ރައީސް އޮފީސް

އޮޑީގެ ކައްޕި ވެސް ސިކުނޑި ގޯސްވެއްޖެއްޔާ އޭނާގެ މަގާމާ މެދު ފަޅުވެރިން ސުވާލު އުފައްދަން ޖެހޭނެ ކަމަށާއި ނަމަވެސް 25 ބުރީގެ ހޮސްޕިޓަލެއް ކައްޕި އަޅާތީ އެކަމާ މެދު ފަޅުވެރިން ސުވާލު އުފައްދައިގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

"ސަލާމަތީ ބާރުތަކާ އެކު ދިވެހިން"ގެ ނަމުގައި ޕީޕީއެމް އިން އަންގާރަ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވާހަކަ ދެއްކެވީ ރައީސުލް ޖުމްޙޫރިއްޔާއަކީ އޮޑިއެއްގެ ކައްޕީގެ މިސާލު ޖައްސަވައިގެންނެވެ.

Advertisement - newsAdvertisement
"މިސާލަކަށް ކައްޕި ވެސް ބުއްދި ގޯސްވެއްޖެއްޔާ ކައްޕިއާ މެދު ސުވާލު އުފައްދަންވާނެ. އެކަމު ކައްޕި 25 ބުރިއަށް ހޮސްޕިޓަލެއް އަޅާތީ އެއާ މެދު ސުވާލު އުފައްދައިގެންނުވާނެ،" ރައީސް ވިދާޅުވިއެވެ.

ގައުމެއްގެ ރައްޔިތުންނަކީ އޮޑީގެ ފަޅުވެރިން ކަމަށް މިސާލެއްގެ ގޮތުގައި ބައްލަވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމިން ވަނީ ފަނޑިޔާރުންނާއި ސިޔާސީ އެކި ފަރާތްތަކަށާއި ފުލުހުންނާއި ސިފައިންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ޔާމިން ވިދާޅުވީ ގާނޫނާ ހިލާފަށް ކަމެއް ކުރާ ކަމުގައި ވާނަމަވެސް ކައްޕިއާ މެދު ފަޅުވެރިންނަށް ސުވާލު އުފެއްދިދާނެ ކަމަށެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ ބާރުތަކަކީ އެއާ މެދު އެހެން މީހަކަށް ސުވާލު ނުއުފެއްދޭނެ ބާރުތަކަކަށްވާއިރު އެ މަގާމުގައި ހުންނަ މީހަކަށް ކުރަން ޖެހޭ އިހްތިރާމް ރައްޔިތުން ކުރަން ޖެހޭނެ ކަމަށް ވެސް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް ވެރިކަމުގެ ދަހިވެތިކަމުގައި އަބަދުވަސް މީހުން އުޅޭ ކަމަށާއި އެހެން ނަމަވެސް ވެރިކަން ބަދަލުކުރަން ޖެހޭނީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ބައިބައިވުން އުފައްދާ މަގުމައްޗަށް އާންމުން ނެރެގެން ނޫން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ. އެމޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލް ޖުމްޙޫރިއްޔާގެ ރައުޔުއާ ތަފާތު ގޮތަކަށް ސިފައިންނާއި ފުލުހުން ކަންތައް ކުރަން ވިސްނައިފި ނަމަ އެ ހިސާބުން ގައުމު އޮޔާދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފުލުހުންގެ ތެރެއިން މިހާރު ހައްޔަރުކުރެވޭ މީހުންނަކީ ގައުމަށް ގައްދާރުވި މީހުންގެ ޓީމުގައި ހިމެނޭ މީހުން ކަމަށް ރައީސް ޔާމިން މި ޖަލްސާގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އަންގާރަ ދުވަހު ވެސް ފަސްވަރަކަށް ފުލުހުން ވަކިވެއްޖެ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެމީހުން ވަކިވެގެން އެ ދިޔައީ 1 ފެބްރުއަރީގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ފުލުހުންގެ ވާޖިބަށް ފުލުހުން ހުރަސްއެޅީމަ ކަމަށެވެ. އަދި އެއީ ގައްދާރުންގެ ލިސްޓްގައި ހިމެނޭ މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ދެން ވިދާޅުވީ ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ފުލުހުންނާއި ސިފައިން "ނިކުމެ ދުވެ، ގޮތް ގޮތަށް ދާންވާނީ" އެމީހުންގެ މައްޗަށް އަމުރުކުރާނެ އިސް މީހަކު ހުރިކަން ގަބޫލުކޮށްގެން ކަމަށާއި އެކެއް ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު ފުލުހުންނާއި ސިފައިންގެ ތެރެއިން އެމަނިކުފާނަށް ލިބިވަޑައިގަތީ އެހީތެރިކަން ކަމަށެވެ. އަދި އެހެންމެ ފުލުހުން ދައްކަދިން ސާބިތު ކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
23 މާރިޗު 2017

ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

23 މާރިޗު 2017
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު