Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހްލޫފް ހައްޔަރުކުރުން

މުޒާހަރާގެ ބައިވެރިންނަށް މާސްކް ބެހީތީ މަހްލޫފާ ސުވާލު ކޮށްފި

މަހްލޫފަށް ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ފެބުރުއަރީ 2018 | އަންގާރަ 17:44
މަހްލޫފް ގެންދަނީ

މަހްލޫފް ގެންދަނީ

މިމަހުގެ 22 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެއްވުމުގެ ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ފުލުހުން ސުވާލު ކޮށްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މަހްލޫފްގެ ޤާނޫނީ ވަކީލް ނާޒިމް ޢަބްދުއް ސައްތާރު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވާ މަހުލޫފާ ފުލުހުން ސުވާލު ކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ ކަމަށާއި އަދި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ މާލެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ބުނެ ކަމަށެވެ. އަދި ޢާއްމު ޓްރެފިކަށް ހުރަސްއެޅި ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ޓްރެފިކަށް ގެއްލުންވާ ގޮތަށް މަހްލޫފް ޢަމަލް ކޮށްފައި ނުވާނެ ކަމަށާއި މަހްލޫފް ހުންނެވީ ވެސް އަދި ހައްޔަރުކުރީ ވެސް އެމްޑީޕީ ހަރުގެ ތެރޭގައި ހުންނަވަނިކޮށް ކަމަށް ދަންނަވާފައި ވާކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހަމަނުޖެހުން ހިންގުމަށް މީހުންނަށް ހިތްވަރުދިން ކަމަށް ބުނާ ބުނުމަށް މަހްލޫފް އިންކާރު ކުރެއްވި ކަމަށާއި އިންކާރު ކުރެއްވުމުން، ދެއްވަން ވިދާޅުވި ހަދިޔާއަކީ ކޮބައިތޯ މަހްލޫފާ ސުވާލު ކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ހަދިޔާއަކީ މާސްކް ބެހުން ކަމަށް މަހްލޫފް ވިދާޅުވި ކަމަށާއި އެއާ އެކު މާސްކް ބަހާފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް މާސްކު ބަހާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް ނޫން ކަމަށް މަހުލޫފު ވިދާޅުވި ކަމަށް މަހުލޫފްގެ ވަކީލް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަހްލޫފް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިންތޯ ނުވަތަ އެހެން ގޮތަކުންތޯ ކަށަވަރު ނުވާ ކަމަށެވެ. ސަބަބަކީ ހައްޔަރުކުރުމުގެ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2018

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފި

11 މާރިޗު 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފި
02 މާރިޗު 2018

ޝާހިދާއި ރިޔާޒު އަދި ލަތީފު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި

02 މާރިޗު 2018
ޝާހިދާއި ރިޔާޒު އަދި ލަތީފު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި
23 ފެބުރުއަރީ 2018

ސުޕްރީމް ކޯޓް އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން މެންބަރު އަމީތާއި އަބްދުﷲ ހައްޔަރުކޮށްފި

23 ފެބުރުއަރީ 2018
ސުޕްރީމް ކޯޓް އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން މެންބަރު އަމީތާއި އަބްދުﷲ ހައްޔަރުކޮށްފި
17 ފެބުރުއަރީ 2018

މުޒާހަރާގެ ބައިވެރިން މިރޭވެސް މަގުމައްޗަށް. އަލީ ހުސައިން ހައްޔަރުކޮށްފި

17 ފެބުރުއަރީ 2018
މުޒާހަރާގެ ބައިވެރިން މިރޭވެސް މަގުމައްޗަށް. އަލީ ހުސައިން ހައްޔަރުކޮށްފި
11 ފެބުރުއަރީ 2018

ފުލުހުން ހުރަސް އެޅިނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ!

11 ފެބުރުއަރީ 2018
ފުލުހުން ހުރަސް އެޅިނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ!
10 ފެބުރުއަރީ 2018

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން 5 މީހުން ހައްޔަރު ކޮށްފި

10 ފެބުރުއަރީ 2018
ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން 5 މީހުން ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2018

އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

02 ފެބުރުއަރީ 2018
އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
02 ފެބުރުއަރީ 2018

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

02 ފެބުރުއަރީ 2018
ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
09 ނޮވެމްބަރު 2017

ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

09 ނޮވެމްބަރު 2017
ދިރާގުން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
09 އޮކްޓޯބަރު 2017

ޝަހީބު ކުރާ މަސައްކަތަކީވެސް ރާއްޖެޓީވީ ނައްތާލުން، ތަފާތަކީ މާސްކް އަޅައިގެން އައިސް ރޯކޮށްނުލާކަން: ހުޝާމް

09 އޮކްޓޯބަރު 2017
ޝަހީބު ކުރާ މަސައްކަތަކީވެސް ރާއްޖެޓީވީ ނައްތާލުން، ތަފާތަކީ މާސްކް އަޅައިގެން އައިސް ރޯކޮށްނުލާކަން: ހުޝާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު