Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ މައްސަލަ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ޝާފިއު ކަމަށް ބެލެވޭ މީހާ ހެކި ބަސް ދީފިނަމަ ވަޒީފާ ދޭނެ ކަަމަށް ބުނެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2018 | ބުރާސްފަތި 19:34
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ފުލުހުން ހައްޔަރު ކޮށްގެން ގެންދަނީ

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ފުލުހުން ހައްޔަރު ކޮށްގެން ގެންދަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްސަލާގައި ދޮގު ހެކި ބަސް ދިނުމަށް މީހަކަށް ރިޝަވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ލީކުވެފައިވާ އޯޑިއޯގައި ބުނަނީ ފާރިސްއާ ދެކޮޅަށް ދޮގު ހެކި ބަސް ހުށަހަޅައިފި ކަމުގައިވާނަމަ، ޕީޕީއެމްގެ އިސް ސަފުގައި ގުނާލެވޭ ވަރުގެ މީހަކަށް ވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement
"އަބްދުއްރަހީމްގެ ވެސް އެކި ކޮޅުތައް ހުންނާނެ. އަހަރެމެންނަަށް އެއްވެސް ޕްރޮމިސްއެއް ނުދެވޭނެ ރަށުކޮޅުގައި ވަރުގަދަ ކުރާކަށް. އެކަމަކު އަހަރެމެންނަށް މިކޮޅުގައި މީހެއްގެ ގޮތުގައި ވަރުގަދަ ކުރެވިދާނެ (ބެލެވެނީ ލަންކާ ކަމަށް). މިއީ މަށާ މުންދުއާ ދެ މީހުން ނަގާ ޑިޒިޝަނެއް. ކެމްޕެއިންގައި އެއް ލީޑާރަޝިޕެއް. އަހަރެމެންގެ އިންނާނެ ފަސް ޖަގަހަ. އެއީ ދިވެހިން ދިރިއުޅޭ އެންމެ ވަރުގަދަ ފަސް ސަރަހައްދު،" އޯޑިއޯގައި ބުނެފައިވެއެވެ.

އޯޑިއޯގައި ވަނީ ސަރުކާރުން، ހެކި ހުށަހަޅާނެ ކަމަށާއި ހެކި ހުށަހެޅި ނަމަވެސް ގާޒީއަށް ވެސް ހެކި ދެނީ ކާކުކަން ވެސް ނޭނގޭނެ ކަމަށެވެ.

"މީގެ އިންނަނީ ސަރުކާރުގެ ފަރާތުން ވެސް ހެއްކެއް ހުށަހަޅަމޭ. ދައުލަތުގެ ފަރާތުން ހެކި ހުށަހަޅަމޭ. އެގޮތުގެ މަތިން ހުށަހަޅަނީ ބަޔާން ދިނުމަށް ވަކި ބަޔަކު ގެންނާށޭ. މީތި އަހަރުން ކުރާނީ ވެސް ދަންވަރު ފްލައިޓަށް. އޭރުން ދަންވަރު މިކަންތައް ކުރެވޭނެ،" އޯޑިއޯގައި ވާހަކަދައްކާ ފަރާތުން ބުނެއެވެ.

މިކަން ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށް ވެސް އޯޑިއޯގައި ބުނެއެވެ.

މިކަން މިގޮތަށް ކޮށްފިނަމަ، ލަންކާ އެމްބަސީން 3000 ޑޮލަރުގެ މަހު މުސާރައާ އެކު ޕްރައިވެޓް ކާރެއްވެސް ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

މި އޯޑިއޯގައި ހެކި ބަސް ދޭނެ ގޮތާއި، ރިޝްވަތުގެ ގޮތުގައި ހިފާނެ ވަރާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން ފަސް ލައްކަ އާއި އެއް މިލިއަނަށް ވެސް ހެދިދާނެ ކަމަށް އޯޑިއޯގައި ވާހަކަ ދެއްކި ފަރާތުން ބުނެފައިވެއެވެ.

ބެލެވޭ ގޮތުގައި މި އޯޑިއޯގައި ރިޝްވަތު ދިނުމަށް ވާހަކަ ދައްކާފައި ވަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝާފިއު އާއެވެ. އަދި އޭނާއާ މިވާހަކަތައް ހިއްސާކުރަނީ މަންތު ނަމަކަށް ކިޔާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މަސައްކަތްކުރާ މީހެކެވެ.

މީގެ ކުރިން ރާއްޖެއެމްވީއަށް އަހުމަދު ޝާފިއު ދިން އިންޓަރވިއުއެއްގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެފައެވެ.

އެ ދައުވާގެ ލިޔެކިޔުންތަކުގައި ބުނާ ގޮތުގައި ފާރިސް ރިޝްވަތު ދެއްވީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އަށެވެ.

އަހުމަދު ރަޝީދު އެދިވަޑައިގެންނެވީ ފާރިސް ވިދާޅުވެގެން ތިން ލައްކަ ރުފިޔާ ހަވާލުކުރި ކަމަށް ބުނެ ޝާފިއު ބަޔާން ދިނުމަށެވެ. ޝާފިއު ބުނާ ގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. އެގޮތަށް އަހުމަދު ރަޝީދު ބަޔާން ދެއްވީ ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުގެ ސަބަބުން ކަމަށް ޝާފިއު ގަބޫލުކުރެއެވެ.

މި މައްސަލައާ ގުޅިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭ ޝާފިއު ހައްޔަރުކުރިއެވެ. އެހެންނަމަވެސް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް ބުނެ އޭގެ ފަސް ދުވަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމް ކޮށްފައިވަނީ ޝާފިއު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު