Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ދިވެހި ބަސް
ދިވެހިބަހުގެ ބައިތައް

ދިވެހިބަހުގެ ބައިތައް

ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށް

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 12:06
ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށް

ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށް

(މިއީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2004 ޖުލައިގައި ޗާޕުކޮށް ނެރިފައިވާ "ދިވެހި ބަހުގެ ޤަވާޢިދު 1،2،3،4" އިން ނަގާފައިވާ ލިޔުމެކެވެ.)

ދިވެހިބަހުގެ ބައިތައް

ދިވެހިބަސް އެކުލެވިގެން ވަނީ 8 ބައެއްގެ މައްޗަށެވެ. ބަސްތައް ބައިބަޔަށް ބެހެނީ ޖުމްލައިގައި އެލަފުޒެއް، ކޮށްދޭ މަސައްކަތަކާ ގުޅޭ ގޮތުންނެވެ. އެބައި ތަކަކީ:

  1. ނަން
  2. ކަން
  3. ނަންއިތުރު
  4. ކަންއިތުރު
  5. މަސްދަރު
  6. ނަން އިތުރުގެ ނަން
  7. އިތުރު
  8. އަކުރު
  1. ނަން ނަމަކީ އެބަހަކުން އެއީ މީހެއްކަން، ތަނެއްކަން، ނުވަތަ އެއްޗެއްކަން، އަންގައިދޭ ކޮންމެ ބަހެކެވެ. މިސާލު: ބުޅާ، ހުސައިން، ކަމަނަ، ފޮތް، މަގު، އަތިރިމަތި.
  2. ކަން ކަމަކީ ވޭތުވެދިޔަ ޒަމާނުގައި ހިނގައިފައިވާ ކަމެއް، ނުވަތަ މިހާރު ހިނގާކަމެއް، ނުވަތަ އަންނަން އޮތް ޒަމާނުގައި ހިނގާނެ ނުވަތަ ހިނގާފާނެ ކަމެއް ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.
  3. މިސާލު: ބުނެފި، ހިނގައްޖެ، ކަނީ، ކުޅެނީ، ދާނެ، އަންނާނެ، މޮލުވެދާނެ، ޖަހާފާނެ.
  4. ނަންއިތުރު ނަންއިތުރަކީ، ނަމަކަށް އިތުރު ސިފައެއް، ނުވަތަ ބަޔާނެއް، ގެނެސްދޭ ކޮންމެ ބަހެކެވެ.

މިސާލު: ރީތި މަންޒަރެއް، ހަރުދަނާ މީހެއް، ކުޑަ ކުއްޖެއް، ބޭނުންތެރި ފޮތެއް.

މި މިސާލު ތަކުގައި "މަންޒަރެއް"، "މީހެއް"، "ކުއްޖެއް"، "ފޮތެއް"، މިއިން ކޮންމެ ލަފްޒަކީ ނަމެކެވެ. އެނަން ތަކަށް އިތުރު ސިފަތަކެއް ނުވަތަ އިތުރު ބަޔާންތަކެއް ގެނެސްދެނީ ރީތި، ހަރުދަނާ، ކުޑަ، ބޭނުންތެރި މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ނަންއިތުރެކެވެ.

  1. ކަންއިތުރު ކަންއިތުރަކީ، ހިނގި، ހިނގާ، ހިނގާނެ، ނުވަތަ ހިނގާފާނެ ކަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. މިސާލު: މަޑުން ފަލިޖަހައިފި، މީރުކޮށް ކައްކައިގެން، ބާރަށް ދުވަމުން، އަވަހަށް އަންނާނެ. މި މިސާލުތަކުގައި "ފަލިޖަހައިފި"، "ކައްކައިގެން"، " ދުވަމުން"، " އަންނާނެ"، މި އިން ކޮންމެ ބަހަކީ ކަމެކެވެ. އެކަންތައް އިތުރު ސިފައެއް ނުވަތަ އިތުރު ބަޔާނެއް ގެނެސްދެނީ، މަޑުން، މީރުކޮށް، ބާރަށް، އަވަހަށް، މިބަސްތަކެވެ. ވީމާ މިއިން ކޮންމެ ބަހަކީ ކަންއިތުރެކެވެ.
  2. މަސްދަރު މަސްދަރަކީ، ކަން އުފެދުމުގެ އަސްލެވެ. މިސާލަކަށް: އައުން، ކިޔުން، ނެށުން މިއެވެ. މިތިން މަސްދަރަކީ، އާދޭއޭ، ކިޔައޭ، ނަށައޭ، މިކަންކަން އުފެދުމުގެ އަސްލެވެ.
  3. ނަންއިތުރުގެ ނަން

ނަންއިތުރުގެ ނަމަކީ، ނަންއިތުރަކުން އުފައްދާފައިވާ ނަމަކެވެ. މިސާލަކަށް: ހޫނުކަން، އަލިކަން، ރީތިކަން މިއެވެ. މިތިން ބަހަކީ "ހޫނު"، "އަލި". "ރީތި"، މިތިން ނަންއިތުރުން އުފައްދާފައިވާ ތިންންމެކެވެ.

  1. އިތުރު އިތުރަކީ، ނަންއިތުރަކަށް ނުވަތަ ކަންއިތުރަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ. މިސާލަކަށް: ވަރަށް، ހާދަ، ނުހަނު، ނުލާހިކު.

އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ.

ރޮކެޓަކީ ހާދަ ބާރަށް ދަތުރުކުރާ އެއްޗެކެވެ.

ޔޫސުފަކީ ނުހަނު އިޚްލާސްތެރި ކުއްޖެކެވެ.

އަހަރެން އޭނާއަށް ނުލާހިކު ސާފުކޮށް ކިޔައިދިނީމެވެ.

އެއްވަނަ ޖުމްލައިގައި "ވަރަށް" ދޭހަކޮށްދެނީ އޭނަގެ ހުރި ރަނގަޅު ކަމުގެ ދަރަޖައެވެ. ތިންވަނަ ޖުމްލައިގައި "ނުހަނު" ދޭހަކޮށްދެނީ ޔޫސުފުގެ ހުރި އިޚްލާސްތެރި ކަމުގެ ދަރަޖައެވެ. މި ދެ ޖުމްލައިގައި "ވަރަށް، ނުހަނު" މިދެބަސް ކޮށްދޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިބަހުގެ އަކުރު

ދިވެހިބަހުގެ އަކުރު

19 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު