Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަޕާން- ރާއްޖެ

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވައިފި

މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާނެ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 6 ޖެނުއަރީ 2018 | ހޮނިހިރު 05:54
ޖަޕާނުގެ ފޮރިން މިނިސްޓަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު

ޖަޕާނުގެ ފޮރިން މިނިސްޓަރަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު

ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، ޓަރޯ ކޯނޯގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޑރ. އާސިމާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ކޮން ކަންތައްތަކާ ގުޅޭ ގޮތުން ކަމެއް ފޮރިން މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.

ރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ، މިދިޔަ އަހަރަށް ވަނީ 50 އަހަރު ފުރިފައެވެ. ރާއްޖެ އާއި ޖާޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1967 ވަނަ އަހަރެވެ.

ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޖަޕާނުން ވަނީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު