Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޔުނައިޓެޑް އެއްވަރުވިއިރު ލިވަޕޫލްއަށް ބޮޑު މޮޅެއް

ލިވަޕޫލް ވަނީ 5-0 ގެ ނަތީޖާއަކުން ސްވަންސީ ސިޓީ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2017 | ބުދަ 12:29
ލިވަޕޫލްއަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިން

ލިވަޕޫލްއަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވިއިރު ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ތާވަލުގެ ފުލުގައި އޮތް ސްވަންސީ ސިޓީ ބަލިކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ހިތްގައިމު ލަނޑަކާއެކު ފިލިޕޭ ކުޓީނިއޯ އެ ޓީމަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެހެން ނަމަވެސް ލިވަޕޫލްއިން ވަނީ ދެވަނަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. ލިވަޕޫލްއިން މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ފިރްމީނޯއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ޖަހައިދިންއިރު ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް ފިރްމީނޯއެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިންއެވެ.

އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުގެ ކުޅުންތެރިންނަށް ހިފިފައިނުވާއިރު ބާންލީއިން ވަނީ ކައުންޓާ އެޓޭކުގައި ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާންލީއިންނެވެ. މެޗު ފެށިގެން ތިން މިނެޓު ނުވަނީސް ޔުނައިޓެޑްގެ ސަޕޯޓަރުން ސިއްސުވާލުމަށް ފަހު ބާންލީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ފޯވާޑް އޭޝްލީ ބާންސްއެވެ. މި ލަނޑު އޭނާ ޖެހީ ކެވިން ލޯންގް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑަށް ފަހު ޔުނައިޓެޑުން އެ ޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މެޗުގެ 36 ވަނަ މިނެޓުގައި ސްޓީވެން ޑެފޯ ވަނީ ލަނޑެއް ޖަހައިދީ ބާންލީގެ ލީޑު ފުޅާކޮށްދީފައެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާންލީއިން ފުރަތަމަ ހާފު ނިންމާލިއިރު ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 53 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ވަނީ ލަނޑެއް ޖަހައިދީ ޔުނައިޓެޑަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށް ފަހު ވެސް ޔުނައިޓެޑުން ވަނީ ބާންލީގެ ގޯލާއި އަމާޒުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ލިންގާޑްއެވެ.

ވޮޓްފޯޑް ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. އެވަޓަންއާއި ވެސްޓް ބްރޮމް ކުޅުނު މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 55 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 43 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 42 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 38 ޕޮއިންޓާއެކު ހަތަރު ވަނަ ލިބެނީ ލިވަޕޫލްއަށެވެ. ހަމައެހެންމެ 37 ޕޮއިންޓާއެކު ފަސްވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު