Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗް ލީގު

ފްރެންޗް ލީގު: މޮނާކޯ ބަލިކޮށް ޕީއެސްޖީއަށް ނުވަ ޕޮއިންޓްގެ ލީޑެއް

މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 13:41
ލަނޑު ޖެހުމަށް ފަހު ނޭމާ އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށް ފަހު ނޭމާ އުފާ ފާޅުކުރަނީ

ފްރެންޗް ލީގުގައި މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޕީއެސްޖީއިން ތާވާލުގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން މޮނާކޯއިން ހޯދީ ޕީއެސްޖީ ފަހަތަށް ޖައްސާލުމަށް ފަހު ކަމަށްވާއިރު މި މެޗަށް ޕީއެސްޖީއިން ނުކުމެފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައެވެ. މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވެފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ޕީއެސްޖީއިން ތަކުރާރުކޮށް އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. މި ލަނޑަށްފަހު ވެސް އެ ޓީމުން ހަމަލާތައް އިތުރުކުރި ނަމަވެސް މޮނާކޯގެ ކީޕަރުވަނީ ލަނޑު ޖެހުމަށް ޕީއެސްޖީއިން ތަނަވަސް ކުރަމުން ދިޔަ ފުރުސަތުތަކަށް ހުރަސް އަޅާފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮނާކޯގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މޮނާކޯގެ އޭރިއާ ތެރެއިން ނޭމާއަށް ފައުލްކޮށް ވައްޓާލުމާއި ވިދިގެން ރެފްރީ ދިން ޕެނަލްޓީ އޭނާ ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ޕީއެސްޖީއަށް ފުޅާ ކޮށްދީފައެވެ.

މޮނާކޯއަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި ޕޯޗުގަލްގެ މިޑްފީލްޑަރު ޖޯ މޮޓީނިއޯ ހިލޭ ޖެހުމަކުން ޖަހައިދިން ލަނޑުންނެވެ. މި ލަނޑަށް ފަހު ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެއްވެސް ޓީމަކަށް ނަތީޖާ އަނބުރާލެވިފައެއް ނުވެއެވެ.

ފްރެންޗް ލީގުގައި ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު ލިޔޯން ވަނީ ރަށުން ބޭރުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނީސް ބަލިކޮށްފައެވެ. ހަމައެހެންމެ މާސޭ ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ގެއިންގެމްޕް ބަލިކޮށްފައެވެ.

މި ސީޒަނުގެ ފްރެންޗް ލީގުގައި ޕީއެސްޖީ ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައިނުވާއިރު އެ ޓީމުން ވަނީ ލީގުގެ މިހާތަނަށް 45 ލަނޑު ޖަހާފައެވެ. މިއީ ލީގުގައި ވާދަކުރާ 11 ޓީމަކަށް ވުރެ އިތުރު އަދަދެކެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި ކުޅުނު 14 މެޗުން ލިބުނު 38 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު ދެވަނައިގައި 29 ޕޮއިންޓާއެކު އޮތީ ލިޔޯންއެވެ. ހަމައެހެންމެ ތިންވަނައިގައި 29 ޕޮއިންޓާއެކު އެހެނަސް ލަނޑުގެ ތަފާތުން އޮތީ މޮނާކޯއެވެ. އަދި މާސޭއަށް ހަތަރު ވަނަ ލިބެނީ 28 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު