Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑޭވިސް ކަޕް

ޑޭވިސް ކަޕް: ބެލްޖިއަމް ބަލިކޮށް ފްރާންސް ޗެމްޕިއަންކަން ހޯދައިފި

ޗެމްޕިއަންކަން ފްރާންސްއިން ހޯދީ ފައިނަލުގައި ތިން މެޗު ދެ މެޗުން ބެލްޖިއަމްގެ ޓެނިސް ޓީމު ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2017 | ހޯމަ 11:47
ޗެމްޕިއަންކަން ލިބުމާއި ވިިދގެން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޗެމްޕިއަންކަން ލިބުމާއި ވިިދގެން ފްރާންސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ދުނިޔޭގެ ގައުމުތަކުގެ ގައުމީ ޓެނިސް ޓީމުތަކުގެ މެދުގައި ކުޅޭ ޑޭވިސް ކަޕްގެ ޗެމްޕިއަންކަން ފްރާންސްއިން ހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ފްރާންސްއިން ހޯދީ ފައިނަލުގައި ތިން މެޗު ދެ މެޗުން ބެލްޖިއަމްގެ ޓެނިސް ޓީމު ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލްއިން ބެލްޖިއަމް ޖާގަ ހޯދީ ސެމީ ފައިނަލުގައި ތިން މެޗު ދެ މެޗުން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ހަމައެހެންމެ ފްރާންސްއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީގައި ތިން މެޗު އެއް މެޗުން ސާބިއާ ބަލިކޮށްގެންނެވެ.

ފްރާންސްގެ ލިލޭގައި ހުންނަ 'ސްޓޭޑް ޕިއަ މޮރޯއި'ގައި ކުޅުނު ފައިނަލްގެ ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިންވަނީ ސީދާ ތިން ސެޓުން ފްރާންސްގެ ލޫކާ ޕުޔީ ބަލިކޮށް އެ ގައުމަށް ލީޑު ނަގައިދީފައެވެ. މި މެޗުގެ ސެޓުތައް ގޮފިން ގެންދިޔައީ 7-5، 6-3 އަދި 6-1 އިންނެވެ.

އެހެން ނަމަވެސް ފްރާންސްގެ ޖޯ ވިލްފްރިޑް ސޮންގާ ވަނީ ސީދާ ތިން ސެޓުން ބެލްޖިއަމްގެ ސްޓީވް ޑާސިސް ބަލިކޮށް އެ ގައުމަށް ފައިނަލްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި މެޗުގެ ސެޓުތައް ސޮންގާ ގެންދިޔައީ 6-3، 6-2 އަދި 6-1 އިންނެވެ.

ފައިނަލްގެ ލީޑު ފްރާންސްއަށް ފުރަތަމަ ފަހަރަށް ލިބިގެންދިޔައީ ޑަބަލްސް މެޗު އެ ގައުމުން ކާމިޔާބު ކުރުމުންނެވެ. އެގޮތުން ފްރާންސްގެ ރިޗާޑް ގެސްކުއެޓްއާއި ޕިއާ ހިއުސް ހާބާޓްވަނީ ތިން ސެޓު އެއް ސެޓުން ބެލްޖިއަމްގެ ރުބެން ބެމެލްމަންސްއާއި ޖޯރިސް ޑެލޫގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ފްރާންސްގެ ކުޅުންތެރިން 6-1 އިން ގެންދިޔަ ނަމަވެސް ބެލްޖިއަމްގެ ކުޅުންތެރިން ވަނީ ދެވަނަ ސެޓު 6-3 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެނަސް ފްރާންސްގެ ކުޅުންތެރިން ވަނީ ފަހުން ކުޅުނު ދެ ސެޓު 7-6 އަދި 6-4 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ބެލްޖިއަމްއަށް ޗެމްޕިއަންކަން ލިބޭނެ ކަމުގެ އުއްމީދު އައުވެގެން ދިޔައީ ފައިނަލްގެ ހަތަރު ވަނަ މެޗު ސީދާ ތިން ސެޓުން އެ ގައުމުގެ ގޮފިން ކާމިޔާބުކުރުމުންނެވެ. އެގޮތުން ފްރާންސްގެ ޖޯ ވިލްފްރިޑް ސޮންގާއާއި ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ގޮފިން ގެންދިޔައީ 7-6، 6-3 އަދި 6-2 އިންނެވެ.

ދެ ޓީމުވެސް އެއްވަރުވެ އޮވެ މުބާރާތުގެ ފަހު މެޗު ކުޅުނުއިރު ފްރާންސްއަށް ޗެމްޕިއަންކަން ލިބިގެންދިޔައީ ފަހު މެޗު ސީދާ ތިން ސެޓުން އެ ގައުމުގެ ލޫކާ ޕުޔީ ކާމިޔާބުކުރުމުންނެވެ. ބެލްޖިއަމްގެ ސްޓީވް ޑާސިސްއާއި ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ޕުޔީ ގެންދިޔައީ 6-3، 6-1 އަދި 6-0 އިންނެވެ.

މިއީ ޑޭވިސް ކަޕް ބޭއްވި 106 ވަނަ ފަހަރަށްވާއިރު މިއީ ފްރާންސްއިން މި މުބާރާތް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. ހަމައެހެންމެ މިއީ 2001 ވަނަ އަހަރުގެ ފަހުން އެ ގައުމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު