Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ގަދަ 16އަށް ކޮލިފައިވުމަށް ލިބުނު ފުރުސަތު ލިވަޕޫލްއިން ނަގާލައިފި

22 ނޮވެމްބަރު 2017 | ބުދަ 09:38

ލިވަޕޫލް އާއި ސެވިއްޔާ ކުޅުނު މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ނޮވެމްބަރު 2017 | ބުދަ 09:38
ލިވަޕޫލްގެ ފޯވާޑުން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ލިވަޕޫލްގެ ފޯވާޑުން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ކޮލިފައިވުމަށް ލިބުނު ފުރުސަތު ލިވަޕޫލްއިން ގެއްލުވާލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އީ' ގައި ލިވަޕޫލް އާއި ސެވިއްޔާ ކުޅުނު މެޗު ނިމިފައި ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުން މޮޅުވިނަމަ ލިވަޕޫލްއަށް ގަދަ 16އިން ޖާގަ ލިބޭނެއެވެ. އެހެނަސް މި މެޗު އެއްވަރުވުމާއި ވިދިގެން މި ގްރޫޕުގައި ދެން ކުޅޭ މެޗުން ލިވަޕޫލް އެންމެ މަދުވެގެން ޕޮއިންޓެއް ހޯދައިގެން ފުދޭނެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިވަޕޫލްއިން ވަނީ ސެވިއްޔާއަށް ޖަވާބުދޭނެ ފުރުސަތުނުދީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 2 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ ލަނޑުން އެ ޓީމަށް ލީޑު ލިބިގެންދިޔައިރު އެ ޓީމުގެ ދެވަނަ ލަނޑު ފިރްމީނޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 22 ވަނަ މިނެޓުގައި ޖަހައިދިނީ ސަދިއޯ މާނޭއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ފިރްމީނޯއެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު ސެވިއްޔާ ދެވަނަ ހާފަށް ނުކުތީ ނަތީޖާ ބަދަލުކޮށްލުމުގެ އަޒުމުގައެވެ. އެގޮތުން 51 ވަނަ މިނެޓުގައި ވިސާމް ބިން ޔަދާރްގެ ލަނޑުން ސެވިއްޔާ ނަތީޖާގެ ފަރަގު ކުޑަކުރިއިރު އެ ޓީމުގެ ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވެސް ޖަހައިދިނީ އޭނާއެވެ.

ލިވަޕޫލްގެ ޑިފެންސުން ތަކުރާރުކޮށް ހަދަމުން ދިޔަ ގޯސްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ގުއިޑޯ ޕިޒާރޯ ސެވިއްޔާއަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. މި ލަނޑާއެކު ސެވިއްޔާއިން މެޗުން ޕޮއިންޓެއް ހޯދިއިރު އެ ޓީމުން ވަނީ އަމިއްލަ ދަނޑުގައި ބަލިނުވުމުގެ ރެކޯޑު 26 މެޗަށް އިތުރުކޮށްފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ރަޝިއާގެ ސްޕާޓަކް މޮސްކޯއާއި ސްލޮވޭނިއާގެ މަރިބޯ ބައްދަލު ކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ޒެ ލުއިސްގެ ލަނޑުން ސްޕާޓަކް މޮސްކޯއަށް ލީޑު ލިބިގެންދިޔައިރު މަރިބޯއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު މަރިބޯއަށް ޖަހައިދިނީ ބެންޗުން ކުޅެން އެރި ޖަސްމިން މެސަނޮވިޗްއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ދެވަނައިގައި އަށް ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. ހަ ޕޮއިންޓާއެކު ތިންވަނައިގައި ސްޕާޓަކް މޮސްކޯ އޮތްއިރު ގްރޫޕުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ މަރިބޯއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް