Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގޮށްރާޅު

ގޮށްރާޅުގެ ޝޫޓިން މިމަހުގެ 20 ގައި ފަށަނީ

މިއީ މޫމިންގެ ވާހަކައަކަށް ތައްޔާރުކުރާ ކްރައިމް ތްރިލަރއެއް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2017 | ބުދަ 14:01
ގޮށްރާޅުގެ ޓީމުގައި ހިމެނޭ ބައެއް މެންބަރުން

ގޮށްރާޅުގެ ޓީމުގައި ހިމެނޭ ބައެއް މެންބަރުން

ޑާކްރެއިން އެންޓަރޓެއިންމަންޓްއިން އަންނަ އަހަރު ނެރުމަށް ތައްޔާރުވަމުންދާ ދެވަނަ ފިލްމު "ގޮށްރާޅު" ގެ ޕްރިންސިޕަލް ޝޫޓިން މި ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މިކަން އިޢުލާނު ކޮށްފައިވަނީ ފިލްމުގެ އެއް ޕްރޮޑިއުސަރު މުޙައްމަދު އަލީ (މޮގަރ) އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަމުން މި ފިލްމުގެ ޑައިރެކްޓަރ އަޙުމަދު ޝިނާން މީގެ ކުރިން ބުނެފައިވަނީ ފިލްމުގެ ޝޫޓިންގ ފެށުމަށް ފަހު، 45 ދުވަހުގެ ތެރޭގައި ފިލްމު ޝޫޓްކޮށް ނިންމުމަށް ރާވާފައިވާ ކަމަށެވެ.

ޝޫޓިން ނުފެށި ނަމަވެސް ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ފިލްމުގެ މައި ރޯލުތަކުގައި ހަރަކާތްތެރިވާ ފަންނާނުން މިހާރުވެސް ދަނީ އެ ރޯލުތަކަށް ތައްޔާރުވަމުންނެވެ.

ޝިނާން ބުނީ ފިލްމުގެ މައި ދެ ރޯލަކުން އައު ފަންނާނުން ފެންނާނެ ކަމަށެވެ. ޑާކްރެއިން އިން މިހާތަނަށް މި ފިލްމާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފިލްމުގައި ފެނިގެންދާނެ އައު އެއް ފަންނާނަކީ މޯލްޑިއަން އައިޑޮލް ސީޒަން 2 އިން ފެނިގެން ދިޔަ ޒުވާން ލަވަކިޔުންތެރިޔާ ހުސައިން އިރްފާން (ޒަކިއްޓެ) އެވެ. ޒަކިއްޓެގެ އިތުރުން ލީޑް ރޯލަކުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މުހިއްމު ރޯލުތަކުން ބައެއް އައު އެކްޓަރުނާއި އެކްޓްރެސްއިން ފެނިގެންދާނެއެވެ.

"ގޮށްރާޅު" އަކީ މޫމިން ފުއާދުގެ ވާހަކައަކަށް އޭނާ ތައްޔާރުކޮށްފައިވާ ސްކްރީން ޕްލޭއަކަށް ހަދާ ކްރައިމް ތްރިލަރ އެކެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ ޒުވާން، ހުނަރުވެރި ވީޑިއޯގްރާފަރ އަދި ވިޜުއަލް އިފެކްޓްސް އާޓިސްޓް، އަޙުމަދު ޝިނާންގެ ފުރަތަމަ ސޯލޯ ޑައިރެކްޝަނެވެ. މީގެ ކުރިން ޑާކްރެއިންގެ ގިނަ ފިލްމުތަކެއްގައި ކެމެރާގެ ފުރަގަހުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ޝިނާން ވަނީ ދާދިފަހުން މަޝްޙޫރު ޑައިރެކްޓަރ ފާތުމަތު ނަހުލާ އާއި އެކު "ފޯފޯޓޫސިކްސް" ގެ ނަމުގައި ބިރުވެރި ފިލްމެއް ކޯޑައިރެކްޓް ކޮށްފައެވެ.

"ގޮށްރާޅު" ރިލީޒް ކުރުމަށް ނިންމާފައި ވަނީ ޑާކްރެއިންގެ ރަސްމީ ރިލީޒް ޑޭޓްގެ ގޮތުގައި ފާހަގަކުރެވިފައިވާ އޭޕްރީލް 5 ވަނަ ދުވަހުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު