Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަޕްލިމެންޓްރީ ބަޖެޓް

އަހަރު ނިމެން ދެމަހަށް، ކުއްލިއަކަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް!

19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:04

މި އަހަރު ޖުލައި މަހު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތަކެއް ދެކެވުނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 08:04
މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ

މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ

އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބްޖެޓެއް ހުށަހެޅުމަށް ނިންމައިފި އެވެ.

ބުދަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކާއި ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަޕްލިމެޓްރީ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ހުށަހެޅުމަށްޓަކައި އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް އެޖެންޑާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަންނަ ހަފްތާގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ފޮނުވާނެ ކަމަށް ބެލެވެނީ. މިހާރު އަޅުގަނޑުމެންނަށް އެ (ސަޕްލިމެންޓްރީ ބަޖެޓް) ލިބިފައިވާނެ ކަމަށް ބެލެވެނީ. އެހެންވެއްޖެ ކަމަށްވަންޏާ އަންނަ ހަފްތާގައި އެޖެންޑާ ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަކީ މީގެކުރިންވެސް ދެކެވިފައިވާ ވާހަކަތަކެއް ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުގެ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. ރިޔާޒު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިގެންދާއިރު އެއާއެކުއެކީގަހެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އޮކްޓޯބަރު މަހުގެ 31ގެ ކުރިން މަޖިލީހަށް ހުށަހެޅުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓްގެ ޑެފިސިޓް 303.7 މިލިއަން ރުފިޔާއަށް އަރާާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، ބައި އިލެކްޝަންތައް ބޭއްވުމަށް ފައިސާ ހޯދުމަށް ފައިނޭސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މީގެއިތުރުން، ގާނޫނުގައި ބުނާ 60 ދުވަހުގެ ތެރޭގައި ބައިލެކްޝަންތައް ބާއްވާ މެމްބަރުން އިންތިހާބު ކުރަންޖެހޭއިރު، އިލެކްޝަންސް ކޮމިޝަނަށް މިވަނީ އިންތިހާބު ބޭއްވޭގޮތްނުވެފަ އެވެ.

ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައި ފިނޭންސް މިނިސްޓްރީ ވަނީ ސަރުކާރުގެ އޮފީސްތަކަށް އެކަން އަންގާފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް