Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޓޮޓެންހަމް އަތުން އެއްވަރުވެ، ރެއާލް ފުރުސަތު ނަގާލައިފި

18 އޮކްޓޯބަރު 2017 | ބުދަ 06:11

ރެއާލް އަދި ޓޮޓެންހަމް ވަނީ ޕޮއިންޓްގެ ގޮތުން އަދި ލަނޑުގެ ގޮތުން އެއްވަރުވެފައި

ލީވާން އަލީ
ލީވާން އަލީ | 18 އޮކްޓޯބަރު 2017 | ބުދަ 06:11
މެޗަށް ފަހު ރެއާލް އަދި ޓޮޓެންހަމް ކުޅުންތެރިން ސަލާން ކުރަނީ

މެޗަށް ފަހު ރެއާލް އަދި ޓޮޓެންހަމް ކުޅުންތެރިން ސަލާން ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެއްވަރުވެ، ރެއާލް މެޑްރިޑުން ގްރޫޕްގެ އެއްވަނައިގައި ލީޑް ފުޅާކުރަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗުން ޓޮޓެންހަމްއާ ވާދަކޮށް ރެއާލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެންނަމުންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ރެއާލް އިން ވަނީ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. މި ލަނޑަކީ 29 ވަނަ މިނެޓުގައި ރެއާލްގެ ރަފައެލް ވެރާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑާއެކު ރެއާލް އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ.

ރެއާލް އިން ނަތީޖާ ހަމަހަމަކުރީ 43 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރެއާލް އަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރީި 95 ވަނަ ލަނޑެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގައި ރެއާލް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ގިނަވިއެވެ. އެހެންނަމަވެސް ރެއާލްގެ ފޯވާޑް ލައިނުން ފޮނުވާލި ހުރިހާ ހަމަލާއެއް ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު 10 މިނެޓުގައި ޓޮޓެންހަމް އިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވާއިރު، އެޓީމުގެ ފޯވާޑް ހެރީކޭން އަށް ވަނީ ފަހުވަގުތުކޮޅުގެ ތެރޭގައި ލީޑު އަނބުރާ ހޯދުމަށް ހުސް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ރެއާލް އަދި ޓޮޓެންހަމް ވަނީ ޕޮއިންޓްގެ ގޮތުން އަދި ލަނޑުގެ ގޮތުން ވެސް ހަމަހަމަވެފައެވެ. ގްރޫޕްގެ ތިންވަނައިގައި ބްރޯޝިއާ ޑޯޓްމަންޑް އެއް ޕޮއިންޓާއެކު އޮތް އިރު، އެޕައޮލެލް ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ހަތަރުވަނައިގައެވެ. ޑޯޓްމަންޑަށް ތިންވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ.

މި ގްރޫޕްގައި ރެއާލް ދެން ނިކުންނާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށެވެ. ހަމަ އެދުވަހު ޑޯޓްމަންޑް ނިކުންނާނީ އަމިއްލަ ދަނޑުގައި އެޕައޮލްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް