Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްސްޕިނަޗް އެގް ބައިޓްސް

15 ގްރާމް ޕްރޮޓީން އެކުލެވޭ ސްޕިނަޗް އަދި ފެޓާ އެގް ބައިޓްސް

19 ނޮވެމްބަރު 2026 | ބުރާސްފަތި 10:54

ބިހާއި ކޮޓޭޖް ޗީޒް ބޭނުންކޮށްގެން ތައްޔާރުކުރާ މި "އެގް ބައިޓްސް" އަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން މުއްސަނދި، ސިއްހަތަށް ފައިދާހުރި ނާސްތާއެއް. މަދު ވަގުތުކޮޅެއްގެ ތެރޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ މި ކެއުމަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނާއި ހަކުރު ބަލި ހުންނަ ފަރާތްތަކަށް ވެސް އެކަށީގެންވާ ލޯ-ކާބް ރެސިޕީއެއް

އަލް - ހުރަވީ
އަލް - ހުރަވީ | 19 ނޮވެމްބަރު 2026 | ބުރާސްފަތި 10:54
ސްޕިނަޗް އަދި ފެޓާ އެގް ބައިޓްސް

ސްޕިނަޗް އަދި ފެޓާ އެގް ބައިޓްސް | ގެޓީ އިމޭޖަސް. އީޓިންގްވެލް ޑިޒައިން

ގްރީކްގެ މަޝްހޫރު "ސްޕަނަކޮޕީޓާ" ގެ ރަހަތައް އެކުލެވޭ މި ސްޕިނަޗް، ފެޓާ އަދި ޑިލް އެގް ބައިޓްސްއަކީ ކޮޓޭޖް ޗީޒްގެ ސަބަބުން ކަސްޓަޑް ފަދަ މަޑު އަދި މީރު ރަހައެއް ލިބޭ ކެއުމެކެވެ. ފެޓާ ޗީޒްގެ ލޮނު އަދި ހުތް ރަހައާއި ސްޕިނަޗްގެ ތާޒާކަމާއި ފްރެޝް ޑިލްގެ މީރު ވަހާއި ރަހަ އެކުވުމުން، މިއީ ވަގުތު ކުޑަ ދުވަސްތަކުގައި ހެނދުނުގެ ނާސްތާއަށް ވަރަށް އެކަށީގެންވާ ކެއުމެކެވެ.

ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 15 މިނެޓް

ޖުމްލަ ވަގުތު: 45 މިނެޓް

ކެވޭނެ މިންވަރު: 6 މީހުންނަށް (6 ސަރވިންގ)

މި ރެސިޕީ ޚާއްސަވާ ސަބަބުތައް : ބިހާއި ކޮޓޭޖް ޗީޒްއިން ލިބޭ ޕްރޮޓީންގެ ސަބަބުން، މިއީ ބަނޑުފުރޭ އަދި ހަށިގަނޑަށް ފައިދާހުރި ކެއުމެކެވެ.

ހޯލް-ގްރެއިން ޓޯސްޓާއެކު ކެއުމުން، މިއީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ ހަމަހަމަ ހެނދުނުގެ ނާސްތާއަކަށް ވާނެ އެވެ. ތަފާތު ރަހައެއް ބޭނުންނަމަ ޑިލްގެ ބަދަލުގައި ޕާސްލީ ބޭނުންކުރެވިދާނެ އެވެ. ނުވަތަ ކުދިކޮށް ކޮށާފައިވާ ސްޕްރިންގް އޮނިއަން (ސްކެލިއަންސް) އިތުރުކޮށްލެވިދާނެ އެވެ.

ބޭނުންވާ ތަކެތި

8 ބޮޑު ބިސް

1 ޖޯޑު ފެޓް މަދު ކޮޓޭޖް ޗީޒް 

2 ޖޯޑު ކުދިކޮށް ކޮށާފައިވާ ބޭބީ ސްޕިނަޗް

½ ޖޯޑު ފުނޑުކޮށްފައިވާ ފެޓާ ޗީޒް

2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައިވާ ފްރެޝް ޑިލް

½ ސައިސަމުސާ މުގުރި އަސޭމިރުސް (އަދި މައްޗަށް ބުރުވާލުމަށް އިތުރު ކުޑަ އަސޭމިރުސްކޮޅެއް)

¼ ސައިސަމުސަލާއި ⅛ ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް

އަވަން 325 ޑިގްރީ ފެރެންހައިޓް (ގާތްގަނޑަކަށް 165 ޑިގްރީ ސެލްސިއަސް) އަށް ޕްރީހީޓް ކުރާށެވެ. އަދި 12 ކަޕް ހުންނަ މަފިން ޓްރޭއެއްގައި ކުކިންގ ސްޕްރޭ ޖަހާލާށެވެ.

ބޮޑު ތެއްޔަކަށް ފެން އަޅައި، ގަދަ ގިނީގައި ފެން ކައްކަން އުދާށެވެ.

ބްލެންޑަރަކަށް 8 ބިހާއި 1 ޖޯޑު ކޮޓޭޖް ޗީޒް އަޅައި، ރަނގަޅަށް އޮމާންވަންދެން ގާތްގަނޑަކަށް 40 ސިކުންތު ވަންދެން ގިރާލާށެވެ. އެއަށްފަހު ބޮޑު ބޯތަށްޓަކަށް އަޅައި، އޭގެ ތެރެއަށް 2 ޖޯޑު ސްޕިނަޗް، ½ ޖޯޑު ފެޓާ ޗީޒް، 2 މޭޒުމަތީ ސަމުސާ ޑިލް، ½ ސައިސަމުސާ އަސޭމިރުސް އަދި ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތައްޔާރުކޮށްފައިވާ މަފިން ޓްރޭގެ ކޮންމެ ކަޕެއްގެ ހަތަރުބައިކުޅަ ތިންބައި ފުރޭވަރަށް މި މިކްސްޗަރަށް އަޅާށެވެ.

މަފިން ޓްރޭ، ކައިރި އުސްކޮށް ހުންނަ ބޮޑު ބޭކިން ޓްރޭއެއްގެ މަތީގައި ބަހައްޓައި އަވަނަށް ލާށެވެ. އެއަށްފަހު، މަފިން ޓްރޭގެ އަރިމަތިން ދެބައިކުޅަ އެއްބަޔާ ހަމައަށް ފެން އަރާވަރަށް، ކައްކާފައި ހުރި ހޫނު ފެން ވަރަށް ފަރުވާތެރިކަމާއެކު ބޭކިން ޓްރޭއަށް އަޅާށެވެ.

އެގް ބައިޓްސްތައް މަޑު ރަންކުލައަކަށް ބަދަލުވެ ރަނގަޅަށް ހަރުވަންދެން 22 އާއި 25 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. ފިހެވުމުން، ހޫނު ފެނުގެ ތެރޭގައި 5 މިނެޓު ވަންދެން ހިހޫކުރަން ބަހައްޓާށެވެ. ބޭނުންނަމަ ކުޑަ ވަޅިއެއް ނުވަތަ ސްޕެޗުލާއެއް ބޭނުންކޮށްގެން ކޮންމެ އެގް ބައިޓެއްގެ ކައިރި ނައްޓާލުމަށްފަހު ޓްރޭއިން ނަގާށެވެ. ބޭނުންނަމަ މައްޗަށް އިތުރު އަސޭމިރުސްކޮޅެއް ބުރުވާލައިގެން ސަރވް ކުރާށެވެ.

ސިއްހީ ފައިދާތަކާއި ނިއުޓްރިޝަން މައުލޫމާތު

މިއީ ހަކުރު އިތުރުނުކޮށް ތައްޔާރުކުރެވޭ، ލޯ-ކަރބް، ލޯ-ކެލޮރީ، ހައި-ޕްރޮޓީން، ގްލޫޓެން-ފްރީ، ވެޖިޓޭރިއަން، ނަޓް-ފްރީ، ސޯއީ-ފްރީ އަދި ސެސަމީ-ފްރީ ކެއުމެކެވެ. މީގެ އިތުރުން މިއީ ބަރުދަން ލުއިކުރުމަށާއި ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ވެސް އެހީތެރިވެދޭ ކެއުމެކެވެ.

ކޮންމެ ސަރވިންގ އެއްގައި އެކުލެވޭ މިންވަރު:

ކެލޮރީސް: 150

ފެޓް: 9 ގްރާމް

ކާބޯހައިޑްރޭޓްސް: 2 ގްރާމް

ޕްރޮޓީން: 15 ގްރާމް

މިއީ އިޒަބެލް އީސްޓާ ލިޔެ، ޑައެޓީޝަން އެމިލީ ލެކްޓްރަޕް ރިވިއުކޮށްފައިވާ ރެސިޕީއެކެވެ.

ސްޕަނަކޮޕީޓާގްރީކްއިޒަބެލް އީސްޓާއެމިލީ ލެކްޓްރަޕް

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

12 މާރިޗު 2026

ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ 5 ބާވަތެއް އެކުލެވޭ "ސެމަން" ރެސިޕީއެއް!

12 މާރިޗު 2026
ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ 5 ބާވަތެއް އެކުލެވޭ "ސެމަން" ރެސިޕީއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް