Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ

4 އޮކްޓޯބަރު 2026 | އާދީއްތަ 08:19

ޓެންޒޭނިއާގައި ބާއްވާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ވަފުދެއް އެ ގައުމަށް ވަޑައިގެންފި. ހެޔޮވެރިކަމާއި މުޖުތަމައުތައް ބާރުވެރިކުރުވުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވާއިރު، މި ދަތުރުފުޅު ކުރިއަށްދަނީ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޮކްޓޯބަރު 2026 | އާދީއްތަ 08:19
މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ޓެންޒޭނިއާގެ އަރޫޝާއަށް ވަނީ ވަޑައިގެންފައި

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ޓެންޒޭނިއާގެ އަރޫޝާއަށް ވަނީ ވަޑައިގެންފައި | ރައްޔިތުންގެ މަޖިލިސް

މިމަހުގެ 5 އިން 9 އަށް ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަންގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަފުޅު ދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ. 

މަޖިލީހުގެ އިދާރާ އިން ބުނީ މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ޓެންޒޭނިއާގެ އަރޫޝާއަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި މި އެސެމްބްލީގައި، "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން" މި މައުޟޫއަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މާފަންނު މެދު ދާއިރާގެ މެންބަރު  އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު، ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވާ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. 

މި އެސެމްބްލީ މި މަހުގެ 5 އިން 9 އަށް ކުރިއަށްދާއިރު، މި މަހުގެ 5 ވާ ހޯމަ ދުވަހު، މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ. 

އަބްދުއްރަހީމް އަބްދުﷲއިންޓަރ-ޕާލަމެންޓްރީ ޔޫނިއަން

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

3

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ

27 ސެޕްޓެމްބަރު 2026
2028 ގެ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ ރާއްޖޭގައި ބޭއްވުމަށް މަޖިލީހުން ޕާކިސްތާނުގެ އެހީ ހޯދަނީ
15 ސެޕްޓެމްބަރު 2026

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި

15 ސެޕްޓެމްބަރު 2026
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް