Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ މަޤާމުން ސަސްޕެންޑުކޮށްފި

23 ސެޕްޓެމްބަރު 2026 | ބުދަ 06:26

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ބުނާ މައްސަލައެއްގައި، އެ އޮފީހުގެ ސީއޯއޯ މަރިޔަމް ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފި. އޭސީސީގެ ރައީސާކަން ކުރިން ކުރެއްވި ޝިއުނާއާ މެދު މި ފިޔަވަޅު އެޅި ސީދާ ސަބަބު ރަސްމީކޮށް ހާމަނުކުރާއިރު، މި ފަހަކަށް އައިސް އެ އޮފީހުގެ ބޯޑުގެ ގިނަ މެންބަރުންތަކެއް ވަނީ އިސްތިއުފާވެސް ދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2026 | ބުދަ 06:26
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ | ޕެންޝަން އޮފީސް

 މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝިއުނާ ސަސްޕެންޑުކުރުމަށް ނިންމީ ޕެންޝަން އޮފީހުގެ ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި އޭނާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެންނެވެ. ނަމަވެސް، އޭނާ ސަސްޕެންޑުކުރަން ޖެހުނު ސީދާ ސަބަބެއް މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޕެންޝަން އޮފީހުގެ އިސް މަގާމަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާގެ މަގާމުވެސް ފުރުއްވާފަ އެވެ.

ޝިއުނާ ސަސްޕެންޑުކުރި މައްސަލައާ ގުޅިގެން ޕެންޝަން އޮފީހުން އިތުރު ތަފްސީލެއް ދީފައިނުވާއިރު، އެ އޮފީހުގެ ބޯޑުން މި ފަހުން ގިނަ ބަޔަކު އިސްތިއުފާ ވެސް ދީފައިވެ އެވެ.

މޯލްޑީވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްމަރިޔަމް ޝިއުނާ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަނުކުރައްވައިފި

20 އޯގަސްޓު 2026
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަނުކުރައްވައިފި
14 ޖެނުއަރީ 2026

ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟

14 ޖެނުއަރީ 2026
ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް