ދެކުނު ކޮރެއާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ޖެލީ ބީ" ބްރޭންޑުގެ ޑްރިންކަބަލް ކޮންޖެކް ޖެލީ، އުފަންވެލި ފިހާރަތަކުން މިހާރު ލިބޭނެ
15 ސެޕްޓެމްބަރު 2026 | އަންގާރަ 15:56ދެކުނު ކޮރެއާގެ މަގުބޫލު "ޖެލީ ބީ" ބްރޭންޑުގެ ބުއިންތައް އުފަންވެލި ފިހާރަތަކުން ރީޓެއިލް އަދި ހޯލްސޭލްކޮށް މިހާރު ލިބެން ހުންނާނެ. ތަފާތު މީރު ރަހަތަކެއްގައި ހުންނަ މި ޖެލީ ބުއިމަކީ ހަކުރާއި ފެޓް ނުހިމެނޭ، ކެލަރީ ވަރަށް މަދު ސިއްހީ ގޮތުން ފައިދާހުރި އުފެއްދުމެއް. ބަނޑުހައިކަން ފިލުވައިދޭ މި ބުއިމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ސެޓްފިކެޓްތައް ލިބިފައިވާ، ކޮންމެ ތަނެއްގަައި ވެސް ގެންގުޅެން ފަސޭހަ ބުއިމެއް


ދެކުނު ކޮރެއާގެ މަގުބޫލު "ޖެލީ ބީ" ބްރޭންޑުގެ ބުއިންތައް | އުފަންވެލި ފިހާރަ
ދެކުނު ކޮރެއާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ޖެލީ ބީ" ބްރޭންޑުގެ ޑްރިންކަބަލް ކޮންޖެކް ޖެލީ، މަޑިހާ ކޮމްޕެނީގެ އުފަންވެލި ފިހާރަތަކުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން މިހާރު މި އުފެއްދުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ޖެލީ ބީ އަކީ ކޮންޖެކް ގަހުން ތައްޔާރުކޮށްފައިވާ، ބޯލަން ފަސޭހަ ޕައުޗްތަކެއްގައި ބަންދުކޮށްފައި ހުންނަ ސިއްހަތަށް ފައިދާހުރި ލުއި ބުއިމެކެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ކެލަރީ މަދު އަދި މީރު ރަހަތަކެއް އެކުލެވޭ އުފެއްދުމެކެވެ. މި އުފެއްދުން ތައްޔާރުކުރަނީ 1988 ވަނަ އަހަރުން ފެށިގެން ބުއިންތައް އުފެއްދުމުގައި ދިގު ތާރީޚެއް އޮތް ދެކުނު ކޮރެއާގެ ކިއުމްކަންގް ބީ އެންޑް އެފް ކުންފުނިންނެވެ. މި ބްރޭންޑަކީ އެމެރިކާ، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ތައިލެންޑް ފަދަ ގައުމުތަކަށް ފުޅާދާއިރާއެއްގައި އެކްސްޕޯޓް ކުރަމުންދާ ބްރޭންޑެކެވެ.
އާންމު ޖޫސްތަކާ ޚިލާފަށް ޖެލީ ބީ އަކީ މަޑު، އޮމާން އަދި ކުޑަކޮށް ހަފާލެވޭ ކަހަލަ ޖެލީގެ ރަހައެއް އެކުލެވޭ ބުއިމެކެވެ. 150 މިލިލީޓަރުގެ ޕައުޗްތަކުގައި ހުންނަ މި ބުއިމަކީ ފިނިކޮށްލައިގެން ބޯލަން ވަރަށް ހިތްގައިމު އެއްޗެކެވެ. މި ބްރޭންޑުގެ ތަފާތު ރަހަތަކުގެ ތެރޭގައި ލައިޗީ، މެންގޯ، ޕީޗް، އެޕަލް، ވޯޓަރމެލަން، ބްލޫބެރީ، ގްރީން ގްރޭޕް އަދި ޔޫޒޫ ހިމެނެ އެވެ. މީގެ ތެރެއިން ލައިޗީ ރަހައަކީ ފޮނި އަދި ތާޒާ ޖެލީގެ ރަހަ އެންމެ ފުރިހަމައަށް އިހުސާސްކޮށްދޭ އެއް ރަހަ އެވެ.

ދެކުނު ކޮރެއާގެ މަގުބޫލު "ޖެލީ ބީ" ބްރޭންޑުގެ ބުއިންތައް | އުފަންވެލި ފިހާރަ
މި އުފެއްދުމުގެ އެންމެ ޚާއްސަ އެއް ސިފައަކީ މީގައި ހިމެނޭ ކެލޮރީގެ މިންވަރު މަދުވުމެވެ. އެގޮތުން 150 މިލިލީޓަރުގެ ލައިޗީ ޕައުޗެއްގައި ހިމެނެނީ އެންމެ 4 ކެލަރީ އެވެ. އަދި މީގައި ހަކުރާއި ފެޓް އެއްވެސް މިންވަރަކަށް ނުހިމެނެ އެވެ. މީގައި ހިމެނޭ ކޮންޖެކް ގްލޫކޯމަނަންގެ ސަބަބުން ބަނޑުހައިކަން ފިލުވައިދީ، ގިނައިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސުކޮށްދެ އެވެ. އެހެންކަމުން މިއީ ހަކުރު މަދުކޮށް، ސިއްހަތަށް ބަލައިގެން ލުއި ކާނާ ބޭނުންކުރާ ފަރާތްތަކަށް ވަރަށް އެކަށީގެންވާ އުފެއްދުމެކެވެ.
ޖެލީ ބީ އަކީ ކޮންމެ ތަނަކަށް ވެސް ގެންގުޅެން ފަސޭހަ، އަދި ވަގުތުން ބޯލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. މީގެ މަތި އަލުން ބަންދުކުރެވޭ ގޮތަށް ހުރުމުން، އޮފީހަށް ނުވަތަ ސްކޫލަށް ދާއިރު ދަބަހުގައި އުފުލަން ފަސޭހަވެގެންދެ އެވެ. މި އުފެއްދުމަކީ ކާނާގެ ރައްކާތެރިކަމުގެ މިންގަނޑުތައް ކަމަށްވާ އެޗްއޭސީސީޕީ އަދި އެފްއެސްއެސްސީ 22000 ސެޓްފިކެޓް ލިބިފައިވާ އުފެއްދުމެކެވެ. އަދި ބައެއް ބާވަތްތަކަކީ ހަލާލް އަދި ގްލޫޓެން ފްރީ ސެޓްފިކެޓް ވެސް ލިބިފައިވާ އުފެއްދުންތަކެކެވެ.
މަޑިހާ ކޮމްޕެނީން ބުނި ގޮތުގައި، އުފަންވެލި ފިހާރަތަކުން މި ބުއިން ތައާރަފްކުރުމުގެ މަގުސަދަކީ ދުނިޔޭގެ ބާޒާރުގައި މަގުބޫލު، ފެންވަރު ރަނގަޅު އުފެއްދުންތައް ދިވެހި ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. އާންމު ކަސްޓަމަރުންގެ އިތުރުން ކެފޭތަކާއި ސުޕަމާކެޓްތަކާއި އަދި ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ހޯލްސޭލްކޮށް މި އުފެއްދުން މިހާރު ލިބޭނެ އެވެ.






