Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޕީއެސް5 ޕްރޯ ލަކީ

ޑީޖީޖީއަށް ސައިން-އަޕްކޮށް ޕީއެސް5 ޕްރޯ ކާމިޔާބުކުރުމުގެ ފުރުސަތު

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) ގައި ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ޕީ.އެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފި. މި ލަކީޑްރޯގައި ބައިވެރިވުމަށް ޑީ.ޖީ.ޖީ ވެބްސައިޓް މެދުވެރިކޮށް ސައިން-އަޕްވެ، ފޯނު ނަންބަރު ވެރިފައިކުރުމަށްފަހު ޕްރޮފައިލް އަޕްޑޭޓްކުރުން. ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމަށް މަސައްކަތްކުރާ މި ޕްލެޓްފޯމުން ހޮވޭ ނަސީބުވެރި ފަރާތް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެކަމަށް ދިރާގުން މައުލޫމާތު ދިނުން.

އާމިނަތު ރީޝާ
އާމިނަތު ރީޝާ | 24 ޖޫން 2026 | ބުދަ 08:28
ދިރާގު

ދިރާގު | ދިރާގު

ނޫސް ބަޔާން ދިރާގު ގޭމާސް ގިލްޑަށް ސައިން-އަޕް ކޮށްގެން ޕީ.އެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު!

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ރަނގަޅު ފުރުސަތެއް އެ ކުންފުނިން މިއަދު ހުޅުވައިލައިފިއެވެ.

މިއީ ގޭމް ކުޅުންތެރިންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަން ކޮންސޯލަށް އަޕްގްރޭޑްކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ލަކީޑްރޯގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ މައިގަނޑު ކަންތައްތަކަކީ: 1. ޑީ.ޖީ.ޖީގެ ރަސްމީ ވެބްސައިޓް https://dgg.mv/sign-up މެދުވެރިކޮށް ސައިން-އަޕް ކުރުން. 2. އަމިއްލަ ފޯނު ނަންބަރު ވެރިފައިކުރުމަށްފަހު، ޕްރޮފައިލްގެ ޔޫޒަރ-ނޭމް އަޕްޑޭޓްކުރުން.

ޑީޖީޖީ ޕީއެސް5 ޕްރޮމޯ 2026

ޑީޖީޖީ ޕީއެސް5 ޕްރޮމޯ 2026

ސެޕްޓެމްބަރު މަހުގެ  16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އަގުހުރި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވަނީ ހުޅުވައިލައިފައެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި މުޅިން އައު ޕީ.އެސް5 ޕްރޯއެއް ލިބޭނެއެވެ. އަދި މި ލަކީޑްރޯގެ ނަސީބުވެރި ފަރާތް ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގު ގޭމާސް ގިލްޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޕްލެޓްފޯމެކެވެ. އެގޮތުން ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި، ރާއްޖޭގެ ގޭމިންގ ހުނަރުތައް ތަރައްގީކުރުމަށް ޑީ.ޖީ.ޖީއިން ދަނީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.

މަސްދަރު: ދިރާގު

ދިރާގު ގޭމަރުންގެ ގިލްޑް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު