Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަޑިހާ ކޮމްޕެނީ ލިމިޓެޑް

ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރުގެ އާ ޝިޕްމަންޓެއް އުފަންވެލި ފިހާރަތަކަށް ގެނެސްފި

ރޯކޮށް ހުންނައިރު ކެއުމަށް އެންމެ ރަނގަޅު މި ކަދުރަކީ ހަށިގަނޑަށް ބޭނުންވާ ފައިބަރާއި، ޕޮޓޭސިއަމް އަދި މުހިންމު ވިޓަމިންތަކުން މުއްސަނދި، ސަރުބީ އާއި ކޮލެސްޓްރޯލް އެކުލެވިގެންނުވާ މޭވާއެއް. ހަޖަމުކުރުމުގެ ނިޒާމާއި ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މި ބާވަތަކީ، ގުދުރަތީ ގޮތުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އަވަހަށް ފޯރުކޮށްދޭ މީރު ކާނާއެއް. މީގެ އިތުރުން، މީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖޫން 2026 | އާދީއްތަ 14:07
ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރު

ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރު | އުފަންވެލި ފިހާރަ

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެންމެ ފަހުގެ ޕްރީމިއަމް ޔެލޯ ބަރްހީ ކަދުރުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސް، މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ. އާދަޔާ ހިލާފު މީރު ރަހައަކާއި ގިނަ ފައިދާތަކެއް އެކުލެވޭ މި ކަދުރަކީ، ސިއްހަތަށް ފައިދާހުރި ކާނާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންދާ މޭވާއެކެވެ.

އާންމުކޮށް ފެންނަ ހިއްކި ކަދުރުތަކާ ހިލާފަށް، ޔެލޯ ބަރްހީ ކަދުރަކީ ރޯކޮށް ހުންނައިރު ކެއުމަށް އެންމެ ރަނގަޅު ކަދުރެކެވެ. މި މަރުހަލާގައި ކަދުރު ހުންނަނީ ގަދަ ރީނދޫ ކުލައެއްގައި، ކާލަން ފަސޭހަ އަދި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް އެކުލެވޭ ގޮތަށެވެ. އޭގެ ތާޒާކަމާއި ގުދުރަތީ ފޮނިކަމުގެ ސަބަބުން މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ކެއުމަށް އެންމެ އެކަށީގެންވާ އެއް މޭވާ އެވެ.

ޔެލޯ ބަރްހީ ކަދުރަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގެ ތެރޭގައި ހިމެނެނީ:

* ޑައެޓްރީ ފައިބަރ

* ގުދުރަތީ ކާބޯހައިޑްރޭޓްސް

* ޕްރޮޓީން

* ދަގަނޑުގެ ބައި (އަޔަން)

* މެގްނީޒިއަމް

* ޒިންކް

* ޕޮޓޭސިއަމް

* ވިޓަމިން ބީ އަދި ކޭ

ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭއިރު ވެސް، ޔެލޯ ބަރްހީ ކަދުރުގައި ފެޓް ނުވަތަ ސަރުބީ އެއްވެސް ވަރަކަށް ނުހިމެނެ އެވެ. އަދި މިއީ ކޮލެސްޓްރޯލް ފްރީ މޭވާއަކަށް ވުމުން، މިއީ ބެލެންސްޑް ޑައިޓެއް ނުވަތަ ސިއްހީ ގޮތުން ފައިދާހުރި ކެއުމެއް ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ބާވަތެކެވެ.

ޔެލޯ ބަރްހީ ކަދުރުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވުމެވެ. މަދު މިންވަރެއްގެ ކަދުރުކޮޅަކުން ވެސް، ދުވާލަކަށް ހަށިގަނޑަށް ބޭނުންވާ ފައިބަރުގެ ބޮޑު ބައެއް ފޯރުކޮށްދެ އެވެ. މި ފައިބަރގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދީ ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް އެހީތެރިވެދެ އެވެ. ގިނަ ކަސްޓަމަރުންނަށް ޔެލޯ ބަރްހީ ކަދުރު ވެފައިވަނީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށް ލިބޭ ގުދުރަތީ އަދި މީރު ހައްލަކަށެވެ.

މި ކަދުރުގައި ހިމެނޭ ސިއްހީ ގޮތުން ފައިދާހުރި ކާބޯހައިޑްރޭޓްސްގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެ އެވެ. މިއީ މަސައްކަތުގައި އުޅޭ މީހުންނާއި، ދަރިވަރުން އަދި ކަސްރަތުކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ލުއި ކާނާއެކެވެ. ޚާއްސަކޮށް ރޯދައަށް ހުންނަ ވަގުތުތަކުގައި، އާޓިފިޝަލް ކާނާގެ ބަދަލުގައި މި ކަދުރު ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ގުދުރަތީ ގޮތުން އަވަހަށް ލިބިދެ އެވެ.

މީގެ އިތުރުން މި ކަދުރުގައި ހިމެނޭ ޕޮޓޭސިއަމް އަދި މެގްނީޒިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި ހިތުގެ މަސައްކަތްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދެ އެވެ. އަދި އޭގައި ހިމެނޭ ކެލްސިއަމް، ކޮޕާ އަދި މެގްނީޒިއަމްގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދީ، އުމުރުން ދުވަސްވާއިރު ކަށީގެ ބޯމިން ނުވަތަ ޑެންސިޓީ ދެމެހެއްޓުމަށް އެހީތެރިވެދެ އެވެ.

މި ކަދުރުގައި ހިމެނޭ ބީޓާ-ކެރޮޓީން އަދި ވިޓަމިން ސީ ފަދަ އެންޓިއޮކްސިޑެންޓްތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ދުޅަވުން (އިންފްލެމޭޝަން) ކުޑަކޮށްދޭ މާއްދާތަކެކެވެ. މި މާއްދާތަކުގެ ސަބަބުން ލޮލުގެ ފެނުން ސާފުކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ.

މި އާ ޝިޕްމަންޓް މިހާރު މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރަތަކުން ލިބެން ހުންނާނެ އެވެ. ޔެލޯ ބަރްހީ ކަދުރަކީ ސިއްހަތަށް ފައިދާހުރި މީރު މޭވާއަކަށް ވާތީ، މި ޝިޕްމަންޓަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް މަޑިހާ ކޮމްޕެނީން އުންމީދު ކުރެ އެވެ.

މަޑިހާ ކޮމްޕެނީގެ އޮފިޝަލަކު ވިދާޅުވީ މިހާރުގެ ކަސްޓަމަރުން ބޮޑަށް ބޭނުންވަނީ ސިއްހަތަށް ފައިދާހުރި ލުއި ކާނާގެ ބާވަތްތައް ކަމަށެވެ. އެގޮތުން ޔެލޯ ބަރްހީ ކަދުރަކީ ގުދުރަތީ ފޮނިކަމާއި، މުހިންމު ނިއުޓްރިއެންޓްސް އެކުލެވޭ މީރު މޭވާއަކަށް ވާތީ، މިއީ އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް ވެސް އެންމެ އެކަށީގެންވާ ސިއްހީ ހަދިޔާއެއް ކަމަށެވެ. 

މި އާ ޝިޕްމަންޓާއެކު، އުފަންވެލި ފިހާރަތަކުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މޭވާ އާއި ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް އަބަދުވެސް ފޯރުކޮށްދެމުންނެވެ.

މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އިތުރަށް ކިޔާލަން

03 ޖޫން 2026

ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި

03 ޖޫން 2026
ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި
10 މެއި 2026

އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!

10 މެއި 2026
އިތުރުވަމުންދާ ޑިމާންޑާއެކު އުފަންވެލި ފިހާރަތަކަށް ބްރައުން އެގްސް ގެ އައު ޝިޕްމަންޓެއް!
30 މާރިޗު 2026

މަޑިހާ އިން "ޖޭކޭ" ބްރޭންޑުގެ ކްރީމް ކްރެކަރާއި ބިސްކޯދު އަލުން އެތެރެކުރަން ފަށައިފި

30 މާރިޗު 2026
މަޑިހާ އިން "ޖޭކޭ" ބްރޭންޑުގެ ކްރީމް ކްރެކަރާއި ބިސްކޯދު އަލުން އެތެރެކުރަން ފަށައިފި
15 މާރިޗު 2026

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު