Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ސިޔާސަތު

ދެ އަހަރު ތެރޭގައި 3 ވަޒީރުން އައްޔަނުކޮށްފި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަނީ ފެއިލްވެފައި: އަމީތު

ރާއްޖޭގެ އިގްތިސާދު ބޭރުގެ އެހީތެރިކަމަށް ބަރޯސާވެފައި އޮތް ނަމަވެސް، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން ބޭރުގެ އެހީތަކާއި އިންވެސްޓްމަންޓްތައް ހޯދުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ކުރީގެ މެންބަރު އަމީތު ވިދާޅުވި. ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބުމާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓިފައި ހުރުމަކީ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ޚާރިޖީ ވަޒީރުން ގިނަގިނައިން ބަދަލުވުމަކީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރައި، ސިޔާސަތުތައް ތަންފީޒުކުރުމަށް އޮތް ހުރަހެއް ކަމަށްވެސް އަމީތު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖޫން 2026 | އަންގާރަ 05:06
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު | ރާއްޖެ އެމްވީ

މި ސަރުކާރަށް 2 އަހަރުވެގެން ދިޔަ އިރު ޚާރިޖީ ވަޒީރު ކަމަށް ތިން މީހުން އައްޔަނު ކޮށްފައިވާ ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ފެއިލްވެފައިވާ ސިޔާސަތެއް ކަމަށް  ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ ރާއްޖެއަކީ މާލީ ގޮތުން ބަލާއިރު ބޭރުގެ ގައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ގައުމެއް ކަމަށާއި ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ނަމަވެސް މާލީ ތަނަވަސްކަން ހުރި ގޮތަށް ބަލާއިރު ދިމާވާ ކާރިސާތަކުގައި އާއި ބަޖެޓްރީ ސަޕޯޓަށް ބަލާއިރު ބޭރުގެ ޖަމިއްޔާތަކާ އެކުވެރި ދައުލަތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 

އަމީތު ވިދާޅުވީ އެގޮތުން ބަލާއިރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ފަސްޓް ލައިން އޮފް ޑިފެންސް ކަމަށް ބުނެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޚާރިޖިީ ސިޔާސަތުގެ ކާމިޔާބީ ވަޒަން ކުރެވޭނީ ރާއްޖެއަށް ކުރިމަތިވާ ހާލަތްތަކުގައި އެހެން ގައުމުތަކުން އެހީތެރިކަން ހޯދޭ ނިސްބަތަށް ބަލައިގެން ކަމަށެވެ. ނުވަތަ ތަރައްގީ އަށް ބޭރުގެ އެހީތެރިކަން ހޯދޭ މިންވަރަށް ބަލައިގެން ކަމަށެވެ.

މި ނަޒަރިއްޔާއިން މިންކުރާ ނަމަ މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ފެއިލްވެފައިވާ ސިޔާސަތެކޭ ދެންނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފާއިތުވެގެން ދިޔަ އިރުގައި ބޭރުގެ ގައުމެއްގެ އެހީތެރިކަން ހޯދައިގެން އަޅުގަނޑުމެންނަށް މިހާތަނަށް ހިންގުނު ބޮޑެ އެއްވެސް ޕްރޮޖެކްޓެއް ފެންނާކަަށް ނެތް. ކަންދިމާކުރާ ގޮތުން ދިވެހިރާއްޖެ މި ޖެހިނީ ވަށައިގެން މި ވާ ބައެއް ބޮޑެތި ގައުމުތަކުގެ ވާގިވެރިކަމާއެކުގައި އަޅުގަނޑުމެން ސަވައިވް ވާން މި ޖެހެނީ. އޭގެ ނަތީޖާ އަކަށް ވެގެންދަނީ ވަރަށް ވިސްނުންތެރި ކަމާ، ސްޓްރީޖިކަލީ ގޮތުން މޮޅަށް މި ސިޔާސަތު ބައްޓަން ނުކުރެވިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކުރާނެ. 
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު

އަމީތު ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދެވުނެއް ކަމަކު ރާއްޖޭގެ އިގްތިސާދު އޮތީ ބަނގުރޫޓުވެފަ ކަމަށެވެ. ބޮޑު އެއްވެސް ޕްރޮޖެކްޓެއް ރާއްޖޭގެ އެއްވެސް ރަށެއްގައި ކުރިއަކަށް ނުދާ ކަމަށާ ކޮންމެ އަހަރެއް ނިމިގެންދާއިރު ބަޖެޓް އޮންނަނީ ޑެފިސިޓްވެފަ ކަމަށެވެ.

އަހަރެއް ނިމުމަށް ފަހު އައު އަހަރަކަށް ބަޖެޓް އެކުލަވާލާއިރު ބޭރުގެ އެހީތައް ލިބޭނެ ކަމަށް، އަދި މިލިއަނުން ޑޮލަރު ލިބޭނެ ކަމަށް އެބޭފުޅުން ލިޔުއްވި ނަމަވެސް އެ އެހީތަކެއް ނުލިބޭ ކަމަށާ އޭގެ މާނައަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެވިގެން ދަނީ އެންމެ ރަނގަޅަކަށް ނޫން ކަން ކަމަށް އަމީތު ވިދާޅުވި އެވެ. 

ޚާރިޖީ ވަޒީރަކީ އެހާ އަވަހަށް ބަދަލުވާ ބޭފުޅަކަށް ވާނަމަ އެގައުމެއްގެ ޚާރިޖީ ސިޔާސަތު ރަނގަޅު ނުވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އެއީ އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުވަތަ ވަޒީރުން މަސައްކަތް ކުރައްވަނީ ގައުމުތަކާއެކު އުފައްދާ ގުޅުމުގެ ތެރެއިން ކަމަށް ވާތީ ކަމަށާ ގައުމުތަކުގެ ވެރިންނާ އަދި ޚާރިޖީ ވަޒީރުންނާ އިސް ބޭފުޅުންނާ ގުޅުމެއް ގާއިމް ކުރެވިގެންނޫން ގޮތަކަށް ރަނގަޅު ޚާރިޖީ ސިޔާސަތެއް ގާއިމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަމީތު ވިދާޅުވީ 2 އަހަރު ފާއިތުވެގެން ދިޔައިރު 3 ޚާރިޖީ ވަޒީރުން އައްޔަނުކޮށްފައިވާ އިރު އޭގެ މާނައަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަނގަޅު ނޫން ކަން ކަމަށެވެ.

މުހައްމަދު އަމީތުހާރިޖީ ސިޔާސަތު

އިތުރަށް ކިޔާލަން

31 މެއި 2026

ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް

31 މެއި 2026
ސަރުކާރަކުން މީޑިއާ އާއި ހަނގުރާމަ އިއުލާންކޮށްގެން މޮޅުވި ޤައުމެއް ނެތް، ރައީސް މުއިއްޒު އެކަން ދަންނަން ޖެހޭ: އަމީތް
05 ސެޕްޓެމްބަރު 2025

ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވާފައި މުއިއްޒު ދިމްޔާތައް ވަޑައިގަތުން: ޑރ. އިޔާޒް

05 ސެޕްޓެމްބަރު 2025
ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮ ގޮތަކީ އިސްތިއުފާ ދެއްވާފައި މުއިއްޒު ދިމްޔާތައް ވަޑައިގަތުން: ޑރ. އިޔާޒް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު