Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓާ މެޑިކަލް ކްލިނިކް

ސްޕެޝަލިސްޓް ހިދުމަތްތަކާއި، ލެބޯޓަރީއާއި މޮޅު ޑޮކްޓަރުންގެ ހިދުމަތާއެކު "ސްޓާ މެޑިކަލް" ގެ ނަމުގައި އައު ކްލިނިކެއް ހުޅުވައިފި

މ. ގޯލްޑެން ޓަވަރުގައި ހުޅުވި "ސްޓާ މެޑިކަލް" އިން އާސަންދައިގެ ޚިދުމަތާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި، ލެބޯޓަރީ، ސްކޭން އަދި އެކްސްރޭގެ ޚިދުމަތް ލިބޭނެއެވެ. މި ކްލިނިކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމުން، ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 11 އަށް އެ ތަނުން ފަރުވާ ހޯދޭނެއެވެ. މީގެ އިތުރުން މާބަނޑު މީހުންނަށް ޚާއްޞަ އެން.އެސް.ޓީ ޓެސްޓާއި ނަރުހުންގެ އެކި ޚިދުމަތްތައް ވެސް މި ކްލިނިކުން ފޯރުކޮށްދެއެވެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2026 | ހޯމަ 14:23
ސްޓާ މެޑިކަލް ކްލިނިކް، މިތަނުން ސްޕެޝަލިސްޓް ހިދުމަތްތަކުގެ އިތުރުން އާންމު ހިދުމަތްތައް ވެސް ލިބޭ.

ސްޓާ މެޑިކަލް ކްލިނިކް، މިތަނުން ސްޕެޝަލިސްޓް ހިދުމަތްތަކުގެ އިތުރުން އާންމު ހިދުމަތްތައް ވެސް ލިބޭ. | ރާއްޖެ އެމްވީ

ސްޕެޝަލިސްޓް ހިދުމަތްތަކާއި، ލެބޯޓަރީއާއި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ޑޮކްޓަރުންގެ ހިދުމަތާއެކު "ސްޓާ މެޑިކަލް" ގެ ނަމުގައި އައު ކްލިނިކެއް ހުޅުވައިފި އެވެ. 

ސްޓާ ކްލިނިކް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ. ކްލިނިކާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އެ ކްލިނިކްގެ ނަރުހެއް ކަމަށްވާ ފާތިމަތު ފަރީމާ ވިދާޅުވީ ސްޓާ މެޑިކަލްއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޚާއްޞަ ބަލިތަކުގެ ފަރުވާ ހިމެނޭ ކަމަށެވެ. އެގޮތުން އަންހެނުންގެ ހާއްސަ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ކްލިނިކުން ބައްލަވާނެ ކަމަށެވެ. އޭގެ އިތުރުން ޢާއްމު ބަލިތަކުގެ ޑޮކްޓަރުންވެސް ކްލިނިކުން ބައްލަވާނެ ކަމަށެވެ. އެގޮތުން މެޑިކަލް ހެދުމާއި، ލެބޯޓަރީގެ ހިދުމަތާއި، ސްކޭންގެ ހިދުމަތުގެ އިތުރުން އެކްސްރޭގެ ޚިދުމަތް މިހާރުން ފެށިގެން ކްލިނިކުން ލިބެން ހުންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ފަރީމާ ވިދާޅުވީ އައު ހިދުމަތްތައް އަދި ތައާރަފް ކުރަމުންދާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރަމުންދާނެ ކަމަށެވެ.

އަންހެނުންގެ ވަރަށް ޚާއްޞަ ޓެސްޓްތައް، މިސާލަކަށް މާބަނޑު ދުވަސްވަރު ދަރިފުޅުގެ ތޮޅުން ނުވަތަ ދަރިފުޅުގެ ވިންދު ހުންނަ ވަރު ބެލުމުގެ ޓެސްޓް ހެދުން. ދެން ވަރަށް ކުދިކުދި އާދައިގެ ޚިދުމަތްތަކުގެ ތެރޭގައި ލޭގެ ޕްރެޝަރ ބަލައިލަދިނުން، ހަކުރު ބަލައިލަދިނުން، އަދި އޭގެއިތުރުން އިންޖެކްޝަން ޖެހުމާއި ބޭސް އެޅުން، ނެބުލައިޒްކުރަން މިފަދަ ކަންތައްތައްވެސް އަޅުގަނޑުމެންގެ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭނެ. މުޅިން އަލަށް އަޅުގަނޑުމެންގެ ޚިދުމަތް ފަށައިގަނެގެން މި ދަނީ. މި ތަނުގައި ޚާއްޞަ ކަންތައްތަކުގެ ތެރޭގައި މި ހިމެނެނީ އެކްސްރޭ ނެގުން، ސްކޭން ހެދުން، ދެން އޭގެއިތުރުން ވެސް މި ދެންނެވި ކަހަލަ ނޮން ސްޓްރެސިންގ ޓެސްޓް އެން.އެސް .ޓީ މި ކިޔަނީ. އެއީ މާބަނޑު ދުވަސްވަރު ހަދާ ޚާއްޞަ ޓެސްޓުތަކެއް އެއީ. މިފަދަ ޓެސްޓުތައް ހެދިގެންދާނެ. ދެން ލެބޯޓްރީގެ ޚިދުމަތްތަކީވެސް ހަމަ މި ތަނުގައި ދެވިގެންދާނެ ހިދުމަތްތަކެއް.
ފާތިމަތު ފަރީމާ

ފަރީމާ ވިދާޅުވީ ކްލިނިކް ރަސްމީކޮށް ހުޅުވިގެން ދިޔައީ ހޯމަ ދުވަހު ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ފެށިގެން ރޭގަނޑު 11 ޖަހަން ދެން ކްލިނިކް ހުޅުވިފަ ހުންނާނެ ކަމަށެވެ. އަދި ކްލިނިކަށް އެޕޮއިންޓްމަންޓް ހެދުމަށް ވެސް ފޯނުން ގުޅާލައިގެން ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ވެސް ހަމަ އެޕޮއިންޓްމަންޓް ހެދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޚިދުމަތްތައް ވީހާވެސް ލުއި ފަސޭހަކުރުމަށްޓަކައި އާއްމުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.  އެގޮތުން ކްލިނިކުން ރަނގަޅުކުރަން ހުންނަ ކަންތައްތައް ފީޑްބެކްގެ ގޮތުގައި ދިނުމުން އެކަންކަން ބަލައިގަންނާނެ ކަމަށެވެ.

ހުޅުވާލީ ހަމަ އާސަންދައިގެ ޚިދުމަތާ އެކުގައި މިތަން. ދެން އަޅުގަނޑު އުންމީދުކުރަނީ ހަމަ ޚިދުމަތް ހޯއްދަވައި ބޭފުޅުންނަށް ވެސް ވަރަށް ލުއިފަސޭހަކަމާއެކުގައި މިތަނުން ޚިދުމަތްތައް ލިބޭނެކަމަށް. އަޅުގަނޑުމެންގެ މި ޚާއްޞަ ޑޮކްޓަރުންނަކީ ހަމަ ރާއްޖޭގައި ވަރަށް ބަލައިގަންނަ ޑޮކްޓަރުން، މިސާލަކަށް އަންހެނުންގެ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން. މި ޑޮކްޓަރުންނަކީ ހަމަ ރާއްޖޭގައި ވަރަށް ތަޖުރިބާކާރު ޚިދުމަތްތެރިން. އެހެންވީމާ، އާ ޑޮކްޓަރުންނެއް ނޫން، އާއްމު ގޮތެއްގައި ރާއްޖޭގައި މި ބައްލަވާ ހުރިހާ ގިނަ ކްލިނިކްތަކުގައި އަދި ސަރުކާރު ހޮސްޕިޓަލްތަކުގައި ބައްލަވާ ޑޮކްޓަރުން މި ތަނުގައި ގިނައިން ބައްލަވާނީ. 
ފާތިމަތު ފަރީމާ

ފަރީމާ ވިދާޅުވީ ދެން އިތުރަށް އާ ޚިދުމަތްތައް ތަޢާރަފުކުރަމުންގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ އާންމުން ބަލައިގަންނަ ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ކްލިނިކުން ފޯރުކޮށްދިނުން ކަމަށެވެ. 

މި ކްލިނިކް ފަރުމާކޮށްފައިވަނީ ބަލިމީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަށް އަދި ވީލްޗެއަރގައި އުޅޭ ފަރާތްތަކަށް ވެސް ފަސޭހައިން ވަދެ ހިދުމަތް ހޯދޭނެ ގޮތަށެވެ. މީގެ އިތުރުން ބަލިމީހުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމުގެ އިތުރުން، ވީލްޗެއަގައި އުޅޭ ފަރާތްތަކަށް ކިއުގައި މަޑުނުކޮށް ހިދުމަތް ލިބޭނެ އެވެ. 

ކްލިނިކުން ލިބޭ ފަރުވާތަކުގެ ތެރޭގައި، ސިކުނޑިއާއި ނާރުގެ ބަލިތަކުގެ ފަރުވާ، އެތެރެހަށީގެ ބަލިތަކުގެ ފަރުވާ، ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ފަރުވާ، އަންހެނުންގެ ހާއްސަ ބަލިތަކުގެ ފަރުވާ، ޖެނެރަލް ސާރޖަރީ، އާންމު ބަލިތަކުގެ ފަރުވާ، ހަމުގެ ބަލިތަކުގެ ފަރުވާ، ހޭނެއްތުމުގެ ޑޮކްޓަރުގެ ހިދުމަތް، ނަފްސާނީ ބަލިތަކުގެ ފަރުވާ، ކަށީގެ ބަލިތަކުގެ ފަރުވާ، އަލްޓްރާ ސައުންޑް ސްކޭން، އެކްސްރޭ، އީސީޖީ، އެންއެސްޓީ، ލެބޯޓަރީގެ ހިދުމަތް، ނަރުހުންގެ ހިދުމަތް، އިންޖެކްޝަން ޖެހުން، ނެބުލައިޒް ކުރުން، ލޭނެގުން އަދި ބޭސް އެޅުން ހިމެނެ އެވެ. 

ސްޓާ ކްލިނިކް އިންނަނީ ބުރުޒު މަގުގައި ހުންނަ މ. ގޯލްޑެން ޓަވަރުގެ 1 ވަނަ ފަންގި ފިލާގަ އެވެ. 

ސްޓާ މެޑިކަލްގޯލްޑެން ޓަވަރބުރުޒު މަގު

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރުމަށް ސްޓާ މެޑިކަލްގެ ޚާއްސަ ހަރަކާތެއް

ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރުމަށް ސްޓާ މެޑިކަލްގެ ޚާއްސަ ހަރަކާތެއް

08 އޯގަސްޓު 2025
ޑޮކްޓަރުންގެ ދުވަސް މިފަހަރު ފާހަގަކޮށްފައި ވަނީ މާލޭތެރެ ސާފުކޮށްގެން!

ޑޮކްޓަރުންގެ ދުވަސް މިފަހަރު ފާހަގަކޮށްފައި ވަނީ މާލޭތެރެ ސާފުކޮށްގެން!

13 އެޕްރީލު 2018
"އެންމެ ތޫނުފިލި އެންމެ މޮޅު ޑިޕްލޮމޭޓުންނަށްވެސް "ސްޓޭޓް އޮފް އިމެޖެންސީ" ޖަސްޓިފައި އެއް ނުކޮށްދެވޭނެ"

"އެންމެ ތޫނުފިލި އެންމެ މޮޅު ޑިޕްލޮމޭޓުންނަށްވެސް "ސްޓޭޓް އޮފް އިމެޖެންސީ" ޖަސްޓިފައި އެއް ނުކޮށްދެވޭނެ"

10 ފެބުރުއަރީ 2018
ހެލްތު މިނިސްޓްރީން 162 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށްފި

ހެލްތު މިނިސްޓްރީން 162 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށްފި

05 ފެބުރުއަރީ 2018
ބަނޑަށް ދަރިފުޅު މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލު އޮތްތޯ ބަލަން ހެލްތުން ތަހުގީގު ފަށައިފި

ބަނޑަށް ދަރިފުޅު މަރުވުމުގައި ޑޮކްޓަރުންގެ އިހުމާލު އޮތްތޯ ބަލަން ހެލްތުން ތަހުގީގު ފަށައިފި

23 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު