Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނ.އަތޮޅު ކައުންސިލް

ނ.އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލަށް ދައްކަން ޖެހޭ އެއްލައްކައަށް ވުރެ ގިނަ ފައިސާ އޮތީ ނުދައްކާ: އޮޑިޓް

ނ. އަތޮޅު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ފުރިހަމަ ރަޖިސްޓްރީއެއް ބަލަހައްޓާފައި ނުވުމުގެ ސަބަބުން، 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މީގެ ތެރޭގައި ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ސްޓޭޓް ހައުސްގައި ހުންނެވި ކުއްޔާއި ކެމްޕޭން ދަތުރުތަކަށް ދައްކަންޖެހޭ އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ހިމެނޭއިރު، މި ފައިސާ ހޯދުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރަށްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2026 | އާދީއްތަ 09:03
ނ.އަތޮޅު ކައުންސިލްގެ ރައީސް، މުހައްމަދު ބަޝީރު.

ނ.އަތޮޅު ކައުންސިލްގެ ރައީސް، މުހައްމަދު ބަޝީރު. | ސޯޝަލް މީޑިއާ

ނ.އަތޮޅު ކައުންސިލަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭ ކަމަށާއި، ކައުންސިލްގެ ރައީސް، މުހައްމަދު ބަޝީރު ވެސް ދައްކަވަން ޖެހޭ އެއްލައްކައަށް ވުރެ ގިނަ ފައިސާ ނުދައްކާ އޮތްކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ކައުންސިލުގެ އިދާރާއިން ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ދަފްތަރުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 960،124 ރުފިޔާ ލިބެންޖެހޭ ހިމަނާފައިވާކަން ފާހަގޮށް ރިޕޯޓުގައި ބުނީ، އޮޑިޓަށް ފޯރުކޮށްދީފައިވާ ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި ހިމަނާފައިނުވާ އިތުރު އެއް މިލިއަން ދެ ލައްކަ ހަތްދިހަ ތިން ހާސް ނުވަ ސަތޭކަ ނުވަދިހަ ފަސް ރުފިޔާ 2023 ވަނަ އަހަރުގެ ނިޔަލަށް ކައުންސިލުގެ އިދާރާއަށް ލިބެންޖެހޭ ކަމަށް އެކި ލިޔެކިއުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެހެންކަމުން 2023 ވަނަ އަހަރު ނިމުނުއިރު ޖުމްލަ ދެ މިލިއަން ދުއިސައްތަ ތިރީސް ހަތަރު ހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ކައުންސިލް އިދާރާއަށް ލިބެންޖެހޭ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ކުލީގެ ގޮތުގައި 31 ޑިސެންބަރު 2023 ގެ ނިޔަލަށް 960،124 ރުފިޔާ ލިބެންޖެހޭ ކަމަށް ކައުންސިލުން ފޯރުކޮށްދީފައިވާ ދަފްތަރުގައި ހިމަނާފައިވާއިރު، އޭގެތެރެއިން 151،349 ރުފިޔާ 28 ސެޕްޓެމްބަރު 2024 އާ ހަމައަށް ކައުންސިލަށް ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ލިބެންޖެހޭ ފައިސާގެ ދަފްތަރުގައި 50،000 ރުފިޔާ އަށްވުރެ ބޮޑު އަދަދުތައް ދައްކަން ޖެހޭ ފަރާތްތަކުގެ މައުލޫމާތު ވެސް ވަނީ އާންމު ކޮށްފަ އެވެ. 

އެގޮތުން، 

  1. އަތޮޅު ކައުންސިލްގެ ރައީސް: 118,220 ރުފިޔާ
  2. މިނިސްޓްރީ އޮފް އެންވަޔަރަމެންޓް: 114,500 ރުފިޔާ
  3. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން: 100,105 ރުފިޔާ
  4. ނ. ކެނދިކުޅުދޫ ކައުންސިލް: 71,350 ރުފިޔާ
  5. މިނިސްޓްރީ އޮފް ހެލްތު: 61,500 ރުފިޔާ
  6. ނ. މަނަދޫ ކައުންސިލް: 52,645 ރުފިޔާ

އޮޑިޓް ރިޕޯޓުގައި ބުނީ، އަތޮޅު ކައުންސިލްގެ ރައީސް ދައްކަންޖެހޭ 118,220 ރުފިޔާގެ ތެރެއިން 89,820 ރުފިޔާއަކީ ސްޓޭޓް ހައުސްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަމަށެވެ.  މި ފައިސާއަކީ 20 މޭ 2021 ގައި ނެރެފައިވާ ސާކިއުލާ "އަތޮޅުތަކުން، އަތޮޅު ކައުންސިލްގެ ރައީސްގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަމަޖެއްސުމާބެހޭ" ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން ދައްކަންޖެހޭ ފައިސާ އެވެ.

މިއީ ނ. އަތޮޅު ކައުންސިލްގެ ރައީސް ސްޓޭޓް ހައުސްގައި ހުންނެވުމުގެ އިންތިޒާމް ހަމަޖައްސާފައިވުމާ ގުޅިގެން، 19 މޭ 2021 އިން ފެށިގެން 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިނުވާ ފައިސާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން، ކައުންސިލްގެ ރައީސް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ޖުމުލަ 28,400 ރުފިޔާއަކީ ލޯންޗު ދަތުރުތަކަށް ލިބެންޖެހޭ ފައިސާ އެވެ. މީގެ ތެރޭގައި ކެމްޕޭން ހަރަކާތްތަކަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ހިމެނޭކަން ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ އެކި މުއައްސަސާތަކުން ކައުންސިލަށް ލިބެންޖެހޭ ފައިސާއަކީ މައިގަނޑު ގޮތެއްގައި އެ މުއައްސަސާތަކުން ކޮށްފައިވާ ލޯންޗު ދަތުރުތަކުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ ކަމަށެވެ. 

އޮޑިޓް ރިޕޯޓުގައި ވަނީ ކައުންސިލުން މި ފައިސާތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިރުޝާދު ދީފަ އެވެ. 

އަތޮޅު ކައުންސިލްތައްމުހައްމަދު ބަޝީރުއޮޑިޓް ރިޕޯޓު 2023ނ.އަތޮޅު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

06 ފެބުރުއަރީ 2026
ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ

ރ. އަތޮޅު ކައުންސިލުން އެ އަތޮޅު ގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަނީ

26 ޑިސެމްބަރު 2025
ބޭނުންފުޅީ ލާމަރުކަޒީ ޗެމްޕިއަނަކަށް ވާން، އެކަމަކު އުޅުއްވަނީ އަތޮޅު ކައުންސިލްތައް އުވާލައްވަން؟

ބޭނުންފުޅީ ލާމަރުކަޒީ ޗެމްޕިއަނަކަށް ވާން، އެކަމަކު އުޅުއްވަނީ އަތޮޅު ކައުންސިލްތައް އުވާލައްވަން؟

18 އެޕްރީލު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު