Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނަށް ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ނިއަމް ރެސިޑެންސްގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގުމަށް ނިންމައި، އިމާރާތް އެޅުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 30،000 ރުފިޔާ އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދައްކަން ޖެހޭ. މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު، ހަދާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2026 | އަންގާރަ 19:03
ހައްޖު ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް | ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުގެ ދަށުން ރެސިޑެންޝިއަލް އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންގާރަ ދުވަހު އިއުލާން ކޮށްފި އެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް ގެ އުސޫލުން ހުޅުމާލެ 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަން ގެ އިދާރާގަ އެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ފީއެއްގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހޭކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަން ޖެހޭކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް" ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 24، 2024 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އަދި އިންޖިނިއަރިން ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީ ގެ ހިދުމަތް އެފްޑީސީން ފޯރު ކޮށްދޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޝްރޫއުގެ ދަށުން ހަދާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ އެވެ. ނަމަވެސް، ހަދަނީ ކިތައް އެޕާޓްމަންޓް ކަމާއި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލުތައް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ހައްޖު ކޯޕަރޭޝަނުން މެއި، 2024 ގައި ހުޅުމާލެ އިން ދެ ބިމެއް ގަނެފައިވެ އެވެ. އޭގެ ތެރެއިން އެއް ބިމުގައި ނުވަ ފްލޯ ގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު 2024 ގައި ފަށާފައިވެ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެއް ގައި ހިންގާ މަޝްރޫއެކެވެ.

އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާ އަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކުންފުނިން ހަލާލް ޓޫރިޒަމް ފަށާނެ ކަން ހާމަކޮށްފަ އެވެ. ނަމަވެސް އެ ކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. 

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންނިއަމް ރެސިޑެންސްމުހައްމަދު ޝަކީލު

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

06 ޑިސެމްބަރު 2025
 ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން ނިންމައިފި

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ނުދޭން ނިންމައިފި

18 އޮކްޓޯބަރު 2025
އެމްޑީ ޝަކީލް ހިމެނޭހެން ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ވިޔަފާރި ކުންފުންޏެއް - އާއްމުންގެ ފާޑުކިޔުންތައް އިންތިހާ!

އެމްޑީ ޝަކީލް ހިމެނޭހެން ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ވިޔަފާރި ކުންފުންޏެއް - އާއްމުންގެ ފާޑުކިޔުންތައް އިންތިހާ!

07 އޯގަސްޓު 2025
އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

07 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު