Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިނާ-ރާއްޖޭގެ ގުޅުން

ރައީސް މުއިއްޒު ރާއްޖެ އިން ބޭރަށް ކުރެއްވި 24 ވަނަ ދަތުރުފުޅުގައި ޗައިނާ އަށް މި ވަޑައިގަތީ ޖަލްސާ ހިނގާގޮތް ބައްލަވަން އިންނަވަން؟

ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ކޮންފަރެންސްގެ އޮބްޒާވަރެއްގެ ގޮތުގައި ކުރެއްވި ދަތުރުފުޅެއް

ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 15:15
 ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވުން - 31 އޮގަސްޓް 2025

ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވުން - 31 އޮގަސްޓް 2025

ރައީސް މުހައްމަދު މުއިއްޒު ގެ ވެރިކަމުގެ ދެ އަހަރު ތެރޭ ދެވަނަ ފަހަރަކަށް ޗައިނާ އަށް މި ކުރެއްވި ދަތުރުފުޅަކީ ކޮންފަރެންސް އެއްގެ އޮބްޒާވަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަން ހާމަވެއްޖެ އެވެ.

ރައީސް އޮފީހުން މި ދަތުރުފުޅާ ބެހޭ ގޮތުން ބުނެފައި ވަނީ ރައީސް ޗައިނާ އަށް ކުރައްވަނީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ދަތުރުފުޅުގައި ޗައިނާ އިން ހޫނު މަރުހަބާ އެއް ދެންނެވި ކަމަށާއި، ޗައިނާގެ ރައީސް އާ ބައްދަލު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް، ކޮންފަރެންސަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑު ވަޒީރު ފަދަ ވެރިންނަށް ޗައިނާ އިން ކީ މަރުހާބާ އަށް ވުރެ ރައީސް މުއިއްޒު އަށް އެ ގައުމުން މަރުހަބާ ކިޔާފައި ވަނީ މާ އާދައިގެ ގޮތަކަށްކަން ފަހުން ވަނީ ހާމަ ވެފައެވެ.

ރައީސް މުޙައްމަދު މުޢިއްޒު، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް، ޝީ ޖިންޕިންގ އާ އެކު ބޭއްވި ބައްދަލުވުމުގައި އެއްވެސް މާނަ ހުރި ކަމަކަށް އެއްބަސްވި ކަމަކަށް ނުވަތަ އައު މަޝްރޫއެއްގެ އެއްބަސްވުމެއް ގައި ނުވަތަ ޗައިނާގެ އެހީތެރިކަން ވަކި ރޮނގަކުން ދިނުމަށް ނިންމި ވާހަކަ އެއް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.

ޗައިނާގެ ޓިއަންޖިން ގައި އޮންނަ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގެންނެވުމުން ޗައިނާ އިން އޮނަރގާޑެއް އަރުވަނީ - އޮގަސްޓް 30، 2025
ޗައިނާގެ ޓިއަންޖިން ގައި އޮންނަ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގެންނެވުމުން ޗައިނާ އިން އޮނަރގާޑެއް އަރުވަނީ - އޮގަސްޓް 30، 2025
މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މަރްޙަބާ ވިދާޅުވެ، ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެމަނިކުފާނަށް ދެންނެވި ހޫނު މަރްޙަބާއާއި، ދެއްވި ދައުވަތާއި، ދީލަތި މެހެމާންދާރީއަށްޓަކައި، ރައީސް ޝީ ޖިންޕިންގއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އޮފީސް

ރައީސް އޮފީހުން ބުނެފައި ވަނީ، މި ބައްދަލުވުމުގައި "ދިވެހިރާއްޖެ އާ ޗައިނާގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ،" ކަމަށެވެ.

ދެބޭފުޅުންގެ ކުރު ބައްދަލުވުމުގައި ދެކެވިފައިވާ ހުރީ ދެ ގައުމެއްގެ ވެރިން ބައްދަލުވުމުން އާންމު ކޮށް ދެކެވޭ ޒާތުގެ ޑިޕްލޮމެޓިކް ވާހަކަ ތަކެވެ. ވަކި ފާހަގަ ކުރެވޭ ނަތީޖާ އެއް އެ ބައްދަލުވުމުގައި ނުކުތް ކަމެއް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައެއް ނެތެވެ.

އާދިއްތަ ދުވަހު އިންޑިއާގެ ބޮޑު ވަޒީރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު އާ ސަލާމް ކުރައްވަނިކޮށް ނަންގަވާފައިވާ ފޮޓޯ އެއް ވަނީ ހާމަ ކުރައްވާފައެވެ.

އެ ފޮޓޯ އާ އެކު ލިޔުއްވާފައި ވަނީ "ޓިއަންޖިން ގައި ބޭއްވުނު އެސް.ސީ.އޯ ސަމިޓުގެ ހަވާސާ ގައި ރާއްޖޭގެ ރައީސް މުޢިއްޒުއާ ބައްދަލުވި ވާހަކަ އެވެ. އަދި ތަރައްގީގެ ރޮނގުން އިންޑިއާ އިން ރާއްޖެ އަށް ދޭ އެއްބާރުލުމުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މޯދީ ވަނީ އެހެން ލީޑަރުންނާ އެކު ސަލާމް ކުރައްވާ ފޮޓޯ ތަކާ އެކު ހަމަ މިމޭރުމުން އެ ގައުމުތަކާ އިންޑިއާ އާ އޮތް ގުޅުމާ ބެހޭ ގޮތުން ވެސް ޕޯސްޓްތައް ކުރައްވާފައެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ ޕޯސްޓުން ހާމަވާ ގޮތުގައި ރައީސް މުއިއްޒު އާ ބައްދަލުވީ ކޮންފަރެންސް ގެ ހަވާސާގައެވެ. ދެ ބޭފުޅުން ސަލާން ކުރައްވައިގެން ތިއްބެވީ ކޮޅަށެވެ. އެއާ ޚިލާފަށް މޯދީގެ ދަތުރުފުޅުގައި އިންތިޒާމު ވެގެން އެހެން ގައުމުތަކުގެ ވަފުދުތަކާ އެކު ބައްދަލު ކުރެއްވި ފޮޓޯ ތައް ވަނީ އާންމު ވެފައެވެ.

ރައީސް ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅަކީ ސްޓޭޓް ވިޒިޓެއްތޯ އާއި ނުވަތަ އެ ނޫން ދަތުރުފުޅެއް ނަމަ ކޮން ކަމަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްތޯ ރާއްޖެޓީވީ އިން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާ ސުވާލު ކުރުމުން ސުވާލަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ފޮނުއްވީ މުއިއްޒުގެ ދަތުުރުފުޅާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޚަބަރުގެ ލިންކެވެ.

ރައީސް އޮފީހުން އާންމު ކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް މުޢިއްޒު ހުކުރު ދުވަހު ޗައިނާއަށް ފުރާވަޑައިގަންނަވައިފި ކަމަށެވެ.

ރައީސް އޮފީހުން މުއިއްޒު ގެ ދަތުރުފުޅަކީ އެސް.ސީ.އޯ ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބުނެފައި ވިޔަސް، ޗައިނާގައި އޮންނަ ސަމިޓުގައި މުއިއްޒު އިންނަވާނީ ޖަލްސާ ހިނގާ ގޮތް ބައްލަވާށެވެ. އެ ޖަލްސާ ގައި ވާހަކަ ދެއްކުވުމުގެ ފުރުސަތެއް އަދި ބަހުސް ކުރެވޭ އެއްވެސް ކަމަކާ މެދު އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

އެސްސީއޯ އަކީ 2001 ވަނަ އަހަރު ސިޔާސީ ގޮތުންނާއި، ސަލާމަތީ ރޮނގުން ގުޅުން ބަދަހި ކުރުމަށް، ޔޫރޭޝިއާ ސަރަހައްދުގެ 10 ގައުމެއްގެ މައްޗަށް އެކުލެވޭ ގުރޫޕެކެވެ.

ފުރަތަމަ އުފެދުނު އިރު 6 ޤައުމެއްގެ މައްޗަށް މި ސަރަޙައްދީ ޖަމުޢިއްޔާ އޮތް ނަމަވެސް އެސްސީއޯ އިން ވަނީ ފަހަކަށް އައިސް މެމްބަރުޝިޕް އިތުރުކޮށްފައެވެ. މިގޮތުން އިންޑިއާ، ޕާކިސްތާން، އީރާން އަދި ބެލަރޫސް ފަދަ ސިޔާސީ ގޮތުން ބާރުގަދަ ޤައުމުތައް ފުރިހަމަ މެމްބަރުންގެ ގޮތުގައި ހިމަނާފައި ވާއިރު، އަފްޣާނިސްތާން އަދި މި މޮންގޯލިއާ ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައި ވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.

ދިވެހިރާއްޖެ އަކީ އެސް.ސީ.އޯ. ގައި ހިމެނޭ މެމްބަރު ގައުމެއް ނޫނެވެ. އެހެން ނަމަވެސް 5 މެއި 2023 ގައި ދިވެހިރާއްޖެ އަށް "ޑައިލޮގް ޕާރޓްނަރ" ގެ ހައިސިއްޔަތު ދީފައިވެއެވެ. ޑައިލޮގް ޕާޓްނަރުގެ ދަރަޖަ އުފެއްދީ 2008 ވަނަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބުނެފައިވަނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާ ސަމިޓުގެ ހަވާސާ ގައި ބައްދަލުވި ގޮތައް ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގެން މިވީ އެންމެ ދެ އަހަރުގެ ތެރޭގައި، ރައީސް މުއިއްޒު ފާހަގަ ކުރެވިފައިވަނީ ރާއްޖެ އިން ބޭރަށް ދަތުރުފުޅު ކުރެއްވުމަށް އާދަޔާ ޚިލާފު ޝައުގެއް ބެހެއްޓެވި ބޭފުޅެއްގެ ގޮތުގައެވެ. ޗައިނާ އަށް މި ކުރެއްވި ދަތުރުފުޅާއެކު 24 ދަތުރުފުޅު މިހާތަނަށް ރައީސް މުއިއްޒު ވަނީ ރާއްޖެ އިން ބޭރަށް ކުރައްވާފައެވެ.

ޗައިނާ-ރާއްޖޭގެ ގުޅުންރައީސް މުހައްމަދު މުއިއްޒުޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު