Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލް

ރަޝިޔާ އިން އީރާނުގެ އެއަރ ޑިފެންސް ސައިޓްތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ދިންކަމަށް އިރާނުން ތުހުމަތުކޮށްފި

ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ސްޓްރެޓެޖިކް ޕާޓްނަރޝިޕް އެއްބަސްވުމަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމަށް އީރާނުން މިހާރު ވަނީ ބުނެފަ.

ރާއްޖެ އެމްވީ | 26 އޯގަސްޓު 2025 | އަންގާރަ 01:25
ރަޝިޔާ ގައި އޮކްޓޯބަރު 23، 2024 ގައި އޮތް ބްރިކްސް ސަމިޓްގެ ހަވާސާ ގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމް ކުރައްވަނީ.

ރަޝިޔާ ގައި އޮކްޓޯބަރު 23، 2024 ގައި އޮތް ބްރިކްސް ސަމިޓްގެ ހަވާސާ ގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމް ކުރައްވަނީ.

ރަޝިޔާ އިން އީރާނުގެ އެއަރ ޑިފެންސް ސައިޓްތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ދިންކަމަށް އިރާނުގެ އިސް އޮފިޝަލަކު ތުހުމަތުކޮށްފިއެވެ.

އީރާނުގެ އެކްސްޕީޑިއެންސީ ޑިސަރންމަންޓް ކައުންސިލްގެ މެންބަރު މުޙައްމަދު ސަދުރު، އާދީއްތަ ދުވަހުގެ ރޭ ނޫސްވެރިންނަށް ދެއްކި ވާހަކައިގައި ރަޝިޔާ އިން އީރާނުގެ އެއަރ ޑިފެންސް ސައިޓްތަކާ ބެހޭ މަޢުލޫމާތު އިސްރާއީލަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ފާއިތުވި ޖޫން މަހު އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމަ އަށް އިޝާރާތް ކުރަމުން މި ހަނގުރާމައިން ސާބިތުވީ މޮސްކޯ އާއެކު އޮތް ސްޓްރެޓެޖިކް ގުޅުމުގެ އެއްވެސް އަގެއް ނެތްކަން ކަމުގައި އޭނާ ހާމަ ކުރެއްވިއެވެ.

އޭގެ އިތުރުން އޭނާ ހާމަ ކުރެއްވި ގޮތުގައި، އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަކޮށްލީ އިސްރާއީލުންނެވެ.

"ފުރަތަމަ ވަގުތުން ފެށިގެން އަޅުގަނޑު ބުނިން މިއީ... އޭނާ އަވަހާރަ ކޮށްލީ އިސްރާއީލުންނޭ،" ރައީސީ ދަތުރުކުރެއްވި މަތިންދާ ބޯޓު ވެއްޓުނު ހާދިސާ އަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު، އިސްރާއީލުން އީރާނުގެ އަސްކަރީ ތަންތަނަށް ގިނަ ހަމަލާތަކެއް ދީ، އިސް އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން އަވަހާރަކޮށްލިއެވެ.

އިސްރާއީލުން ދިން މި ހަމަލާތައް ކުށްވެރި ކުރުން ފިޔަވާ ރަޝިޔާ އިން އިތުރު ކަމެއް ކޮށްފައި ނުވާ ކަން ބައެއް ރިޕޯޓް ތަކުގައި އޭރުވެސް ވަނީ ފާހަގަ ކޮށްފައެވެ. ރަޝިޔާ އިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނޭޅުމުގެ އިތުރުން ޑިޕްލޮމެޓިކް ޕްރެޝަރެއް ވެސް ކޮށްފައެއް ނުވެއެވެ.

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޖެނުއަރީ 17 ގައި ރަޝިޔާގެ ވެރިރަށް މޮސްކޯގައި ދެ ގައުމުގެ ދެމެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕް މުއާހަދާއެއްގައި ވަނީ ސޮއި ކުރައްވާފައެވެ.

އޭއެފްޕީން ބުނާ ގޮތުގައި ދެފަރާތުން މި މުއާހަދާގައި ސޮއިކުރީ ގެ ގައުމުގެ ގުޅުން، ޚާއްޞަކޮށް އަސްކަރީ އެއްބާރުލުމުގެ ދާއިރާ ވަރުގަދަ ކުރުމަށެވެ.

ނަމަވެސް، މި އެއްބަސްވުމަކީ މޮސްކޯ އިން ނޯތު ކޮރެއާ އާއެކު ސޮއިކުރި ފަދަ އެއްބަޔަކު އަނެއް ބަޔަކު ދިފާޢުކުރުމުގެ މުއާހަދާ އެއް ނޫނެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު