Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-އެމެރިކާ ގުޅުން

ރަޝިޔާ އިން ތެލާއި ހަތިޔާރު އިންޑިއާ އިން ގަންނާތީ އެމެރިކާ އިން އިންޑިއާ އަށް "އަދަބު" ދީފި

އިންޑިއާ އާއި އެމެރިކާ އާ ދެމެދު އޮތް ގުޅުން ހީނަރުވަމުންދާކަން ފާހަގަ ކުރެވޭ އިރު މޯދީ ވަނީ މެއި މަހު ޕާކިސްތާނާ އިންޑިއާ އާ ދެމެދު ހިނގި ހަތަރު ދުވަހުގެ ހަނގުރާމަ ޙައްލުކުރުމަށް އެމެރިކާ މެދުވެރިވި ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ދޮގު ކުރައްވާފައެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2025 | ބުރާސްފަތި 03:54
އިންޑިއާގެ އަހުމަދު އާބާދުގެ ސަރުދާރު ވައްލާބާއީ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މޯދީ މަރުހަބާ ދަންނަވަނީ -  24 ފެބްރުއަރީ 2020

އިންޑިއާގެ އަހުމަދު އާބާދުގެ ސަރުދާރު ވައްލާބާއީ ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް މޯދީ މަރުހަބާ ދަންނަވަނީ - 24 ފެބްރުއަރީ 2020

އިންޑިއާ އިން އެމެރިކާ އަށް އެތެރެ ކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަދި އިންޑިއާ އިން ރަޝިއާގެ ތެޔޮ އަދި ހަތިޔާރު ގަންނާތީ އަދަބު ދޭނެ ކަމަށް ވެސް ޓްރަމްޕް އިޢުލާނު ކުރެއްވި އެވެ.

ޓްރަމްޕް އިންޑިއާ އަށް އެޅުއްވި ވިޔަފާރީގެ ފިޔަވަޅުތައް - އޭނާ ވިދާޅުވި ގޮތުން ހުކުރު ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ އެވެ. ޓްރަމްޕް އިންޑިއާ އަށް އަޅުއްވާ މި ފިޔަވަޅު އިއުލާނު ކުރެއްވީ ބުދަ ދުވަހު އޭނާގެ "ޓްރޫތް ސޯޝަލް" އެކައުންޓުގައެވެ. އަދި މިއީ ދިގު މުއްދަތަކަށް ދެމިގެން އައިސްފައިވާ ވިޔަފާރީގެ ފަރަގު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އިންޑިއާ އަކީ އެމެރިކާގެ ރަހުމަތްތެރި އެއް ކަމަށާއި އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި އިންޑިއާ އާ އެކު ކޮށްފައިވަނީ ވަރަށް މަދު ވިޔަފާރި އެއް ކަމަށާއި، އެކަން އެހެން ވަނީ އިންޑިއާ އިން އެމެރިކާގެ އުފެއްދުންތަކަށް ނަގާ ޓެރިފް މަތިވުމުގެ ސަބަބުން ކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ އިންޑިއާ އިން ރަޝިޔާގެ ހަތިޔާރާއި ތެޔޮ ގަންނާތީ މިކަމުގެ ސަބަބުން ޔުކްރެއިންގެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ރަޝިޔާ އަށް މަގުފަހިވެފައިވެއެވެ. އެހެންކަމުން، އޭނާގެ ސަރުކާރުން ގައުމުތަކުން ނަގަން އަލުން މުރާޖަޢާ ކޮށްފައިވާ ޓެރިފްތައް ތަޢާރަފު ކުރުމުގެ ބައެއްގެ ގޮތުން، ހުކުރު ދުވަހުން ފެށިގެން އިތުރު "އަދަބެއް" ކަނޑައަޅަން ގަސްދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ނިންމެވުން އިންޑިއާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، އޭގެ ނަތީޖާތައް ދިރާސާކުރަމުންދާ ކަމަށެވެ.

ވިޔަފާރީގެ މި އައު ސިޔާސަތުން ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވާނެ ކަމަށް ބެލެއެވެ. އެމެރިކާގެ ރައީސްގެ ފުރަތަމަ ދައުރުގައި ދެބޭފުޅުންގެ ގުޅުން ބަދަހި ކޮށް ފެނުނު ނަމަވެސް، އޭގެ ފަހުން ވިޔަފާރި އާއި އިމިގްރޭޝަންގެ މައްސަލަތަކާ އިންޑިއާ އަށް ކުރިމަތިލާން ޖެހިފައި ވެއެވެ.

މޯދީ ވަނީ މެއި މަހު ޕާކިސްތާނާ އިންޑިއާ އާ ދެމެދު ހިނގި ހަތަރު ދުވަހުގެ ހަނގުރާމަ ޙައްލުކުރުމަށް އެމެރިކާ މެދުވެރިވި ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ދޮގު ކުރައްވާފައެވެ. އަދި އިންޑިއާ އިން އެއްވެސް އިރެއްގައި އެއްވެސް ބަޔަކު "މެދުވެރިއެއްގެ ގޮތުގައި ޤަބޫލުކޮށްފައި ނުވާނެ ކަމަށާއި، ދުވަހަކުވެސް ޤަބޫލެއް ނުކުރާނެ" ކަމަށް ވިދާޅުވިއެވެ.

އެއާ ޚިލާފަށް، އިންޑިއާ ޕާކިސްތާނުގެ ހަމަ ނުޖެހުމަށްފަހު ޕާކިސްތާނާ އެމެރިކާގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަ ކުރެވެއެވެ. ޖޫން މަހު، ޓްރަމްޕް ވަނީ ޕާކިސްތާނުގެ އަސްކަރީ އެންމެ އިސްވެރިޔާ އާސިމް މުނީރު އަށް ވައިޓް ހައުސް އަށް މެންދުރުގެ ފަރީއްކޮޅަކަށް ދަޢުވަތު ދެއްވާފައެވެ. މިއީ އެމެރިކާގެ ރައީސަކު ޕާކިސްތާނުގެ އަސްކަރީ އިސްވެރިއަކަށް މެހެމާންދާރީ އަދާކުރެއްވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ސެންސަސް ބިއުރޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރު އެމެރިކާ އިން އިންޑިއާ އާއެކު ކޮށްފައިވާ މުދަލުގެ ވިޔަފާރީގައި 45.8 ބިލިއަން ޑޮލަރުގެ އެކްސްޕޯޓު-އިމްޕޯޓު ފަރަގެއް ހުރިކަމަށް ދައްކައެވެ. މާނައަކީ އެކްސްޕޯޓުކުރި މިންވަރަށްވުރެ އިމްޕޯޓުކުރި މިންވަރު މަތިވެފައިވާ ކަމެވެ.

1.4 ބިލިއަނަށްވުރެ ބޮޑު އާބާދީ އެއް އޮތް އިންޑިއާ އަކީ ޗައިނާގެ ކުރިއެރުން ބެލެންސް ކުރުމަށް ވާދަކުރެވޭނެ ފަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ. އިންޑިއާ އާއި ރަޝިއާ އާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަދި ނިއު ދިއްލީއިން ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން މޮސްކޯ އާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ މަހު ޓްރަމްޕް މޯދީއާ ބައްދަލު ކުރެއްވި އިރު، އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ އިންޑިއާ އިން އެމެރިކާގެ ތެޔޮ އަދި ގުދުރަތީ ގޭސް ގަންނަން ފަށާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ

20 ފެބުރުއަރީ 2017
ރަޝިޔާ އިން ޔޫއެން އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަވާހަރާވެއްޖެ
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު