Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާގެ "ސްލީޕިންގ ޕްރިންސް" އަވަހާރަ ވެއްޖެ

ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓަކަށް ފަހު ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ކޯމާގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެ ކަން އިއުލާނު ކުރީ ހޮނިހިރު ދުވަހު

ރާއްޖެ އެމްވީ | 19 ޖުލައި 2025 | ހޮނިހިރު 19:36
ޕްރިންސް ޚާލިދު ބިން ތަލާލް އޭނާގެ ދަރިކަލުން ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތާލާލް އާއި އެކު

ޕްރިންސް ޚާލިދު ބިން ތަލާލް އޭނާގެ ދަރިކަލުން ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތާލާލް އާއި އެކު

ސައުދީ އަރަބިއްޔާ ގެ "ސްލީޕިންގ ޕްރިންސް" އަލް ވަލީދު ބިން ޚާލިދު 20 އަހަރުގެ ކޯމާ އެއްގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެ އެވެ.

ޕްރިންސް ޚާލިދު ބިން ޠަލާލް އޭނާގެ ދަރިކަލުން، ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓަކަށް ފަހު ގާތްގަނޑަކަށް ވިހި އަހަރު ވަންދެން ކޯމާގައި އޮންނެވުމަށް ފަހު އަވަހާރަވެއްޖެ ކަން ވަނީ އިއުލާނު ކުރައްވާފައެވެ.

ޕްރިންސް ޚާލިދު ވިދާޅުވެފައި ވަނީ އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟް ގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތު ގައި ޢަޞުރު ނަމާދަށް ފަހު ކުރެވޭނެ ކަމަށެވެ.

"ސްލީޕިންގ ޕްރިންސް" ގެ ނަމުން މަޝްހޫރު ވެފައިވާ ޕްރިންސް އަލް ވަލީދު، ކޯމާ އަކަށް ދިޔަ ޙާދިސާ އާ ކުރިމަތިވި އިރު އޭނާ ގެންދެވީ އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވަމުންނެވެ.

ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ޕްރިންސް އަލް ވަލީދު އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ. ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން އެ ދިގު މުއްދަތުގައި ފެނުނު ނަމަވެސް، އެ މުއްދަތުގައި އޭނާ ހޭ އަރާފައެއް ނުވެއެވެ.

މި މުއްދަތުގެ ތެރޭގައި، ލައިފް ސަޕޯޓް ނެގުމަށް ޕްރިންސް ޚާލިދު ވަރަށް ބޮޑަށް އިންކާރު ކުރެއްވިއެވެ. އަދި ދިރުމާއި މަރުވުން ވަނީ ހަމައެކަނި މާތްﷲ ގެ ހަޒްރަތައް ކަމަށް ވިދާޅުވެ އެ ގޮތުގައި އޭނާ ދެމި ހުންނެވިއެވެ.

އޭނާގެ ދަރިކަލުންގެ ހާލަތާ މެދު ސައުދީ އަރަބިއްޔާ ގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީ އެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސް ގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ޕްރިންސް އަލް ވަލީދު އަވަހާރަވުމުގެ ޚަބަރު އިޢުލާނު ކުރީ ހޮނިހިރު ދުވަހުއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
26 ފެބުރުއަރީ 2017

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު