Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖެ - އިނގިރޭސި ގުޅުން

ހައުސް އޮފް ކޮމަންސް އަށް ރައީސް މުއިއްޒު ވަޑައިގަތުން، މީޑިއާގެ ސަމާލު ކަމެއް ނެތް!

ރައީސް އޮފީހުން ބުނީ ވަރަށް ގިނަ ދާއިރާ ތަކުން މަޝްވަރާ ކުރެވުނު ކަމަށް، ފޮރިން މިނިސްޓްރީން ބުނީ މޯލްޑިވްސް-ޔޫކޭ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕާ ގުޅިގެން ޕާލަމެންޓަރީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް

ރާއްޖެ އެމްވީ | 16 ޖުލައި 2025 | ބުދަ 18:16
އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލު ކުރެއްވުން - 16 ޖުލައި 2025

އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ބައްދަލު ކުރެއްވުން - 16 ޖުލައި 2025

އިނގިރޭސިވިލާތައް މަތީ ފަންތީގެ ބައްދަލުވުން ތަކަކަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް - ހައުސް އޮފް ކޮމަންސް އަށް ވަޑައިގެން ސްޕީކަރ، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ، އާ ބައްދަލު ކުރެއްވުން ހައުސް އޮފް ކޮމަންސްގެ މީޑިއާ އިން ކަވަރު ނުކުރާ ކަން ފާހަގަ ކުރެވިއްޖެއެވެ.

ހައުސް އޮފް ކޮމަންސް ގެ ރަސްމީ ވެބްސައިޓްގެ "ކޮމަންސް ނިއުސް" ބައިގައި ވެސް އަދި ރަސްމީ އެކްސް އެކައުންޓުގައި ވެސް މުއިއްޒުގެ ޒިޔާރަތާ ބެހޭ އެއްވެސް ވާހަކަ އެއް ޝާއިއު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

Advertisement - newsAdvertisement

ރައީސް މުޙައްމަދު މުޢިއްޒުގެ އަރިހަށް ހައުސް އޮފް ކޮމަންސް ގެ ސްޕީކަރ އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާއިރު، މަންޒަރުތަކުން ފެންނަނީ، ރައީސް މުއިއްޒު ސްޕީކަރ އާ ބައްދަލު ކުރައްވަން ހައުސް އޮފް ކޮމަންސް އަށް ވަޑައިގެންނެވި ތަނެވެ.

މި ބައްދަލުކުރެއްވުން އޮތީ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަ ކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން، ބުދަ ދުވަހުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިވާއިރު، މި ބައްދަލުވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މަޝްވަރާ ކުރެވެނީ، މޯލްޑިވްސް-ޔޫކޭ އޯލް ޕާޓީ ޕާލަމެންޓަރީ ގްރޫޕާ ގުޅިގެން ޕާލަމެންޓަރީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން ކަމަށެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި ކަމަށާއި އެއަށްފަހު، އެމަނިކުފާނު ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"މި ބައްދަލު ކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަން ކަށަވަރު ކޮށްދޭ ބައްދަލުވުމެކެވެ." އިތުރު ތަފްސީލެއް ނުދީރައީސް އޮފީހުން މި ބައްދަލުވުމާ ގުޅިގެން ޝާއިއު ކުރި ޚަބަރުގައި ވެއެވެ.

ބައްދަލުވުމުގައި ނިންމި އެއްވެސް ކަމެއްގެ ވާހަކަ އެއް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު އިނގިރޭސިވިލާތައް ކުރައްވަނީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާ އިރު އެ ގައުމުގެ އެއްވެސް މީޑިއާ އަކުން އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވި ޚަބަރެއް ޝާއިއު ކޮށްފައެއް ނުވެއެވެ.

ރައީސް މުހައްމަދު މުއިއްޒުހައުސް އޮފް ކޮމަންސްސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީދިވެހިރާއްޖެ - އިނގިރޭސި ގުޅުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު