Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

އިރާނުން ބުނެފައިވަނީ އިސްރާއީލުގެ ހޮސްޕިޓަލަކަށް އަމާޒުވި ހަމަލާގެ މައިގަނޑު އަމާޒަކީ އަސްކަރީ އަދި އިންޓެލިޖެންސް މަރުކަޒެއް ކަމަށް

ހަމަލާ އަމާޒު ކުރީ އަސްކަރީ ކޮމާންޑް އަދި އިންޓެލިޖެންސް ބޭސް އަށާއި ސޮރޯކާ ހޮސްޕިޓަލުގެ ކައިރީގައި ހުރި ގަވް-ޔާމް ޓެކްނޮލޮޖީ ޕާކުގައި ހުރި އަސްކަރީ އިންޓެލިޖެންސް ކޭމްޕް އަކަށް ކަމަށް އީރާނުން ބުނޭ

ރާއްޖެ އެމްވީ | 19 ޖޫން 2025 | ބުރާސްފަތި 10:41
އީރާނުން ދިން މިސައިލް ހަމަލާ އެއް އަރައި އިސްރާއީލުގެ ސޮރޯކާ މެޑިކަލް ސެންޓަރުން ދުން އަރަނީ - ޖޫން 19، 2025

އީރާނުން ދިން މިސައިލް ހަމަލާ އެއް އަރައި އިސްރާއީލުގެ ސޮރޯކާ މެޑިކަލް ސެންޓަރުން ދުން އަރަނީ - ޖޫން 19، 2025

އިސްރާއީލުގެ ހޮސްޕިޓަލަކަށް އަމާޒުވި ހަމަލާގެ މައިގަނޑު އަމާޒަކީ އަސްކަރީ އަދި އިންޓެލިޖެންސް މަރުކަޒެއް ކަމަށް އިރާނުން ބުނެފި އެވެ.

އިރާނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އިސްރާއީލުގެ ދެކުނުގައި ހުރި ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ ސިފައިންގެ އަދި އިންޓެލިޖެންސް މަރުކަޒެއް ކަމަށެވެ.

ހަމަލާ ދިނީ ހޮސްޕިޓަލަށް އަމާޒުކޮށް ނޫން ކަމަށެވެ.

އިސްރާއީލުގެ ދެކުނުގައި ހުރި ހޮސްޕިޓަލަކާއި ތެލް އަވީވްގެ ކައިރީގައި ހުރި ދެ ސިޓީ އަކަށް އިރާނުގެ މިސައިލްތަކުގެ ބޮޑު ހަމަލާއެއް ބުރާސްފަތި ދުވަހު ހެނދުނު އަމާޒުވިއެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އިރާނުގެ އެންމެ ފަހުގެ މި ހަމަލާގައި މަދުވެގެން 47 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

"މި ހަމަލާގެ މައިގަނޑު އަމާޒަކީ އިސްރާއީލުގެ އަސްކަރީ ކޮމާންޑް އަދި އިންޓެލިޖެންސް ބޭސް އަށާއި ސޮރޯކާ ހޮސްޕިޓަލުގެ ކައިރީގައި ހުރި ގަވް-ޔާމް ޓެކްނޮލޮޖީ ޕާކުގައި ހުރި އަސްކަރީ އިންޓެލިޖެންސް ކޭމްޕް" އަށް ކަމަށް އިރާނުގެ ސަރުކާރުގެ ނިއުސް އޭޖެންސީ އައިއާރްއެންއޭ އިން ބުނެފައިވެއެވެ.

އެ އޭޖެންސީން ބުނެފައިވަނީ ހޮސްޕިޓަލަށް "ގޮވުމުގެ ރާޅުގެ އަސަރުކުރި" ކަމަށާއި، "ސީދާ އަދި ސާފުކޮށް އަމާޒު ކުރެވުނީ" އަސްކަރީ މަރުކަޒަށް ކަމަށެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2018

އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު

14 ފެބުރުއަރީ 2018
އިންސާނީ ޙައްޤުތަކަށް އަރައިގަނެގެން ވެސް އިސްރާއީލަކީ ޔަހޫދީ ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ: އިސްރާއީލުގެ ޖަސްޓިސް މިނިސްޓަރު
18 ޖެނުއަރީ 2018

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު

18 ޖެނުއަރީ 2018
އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އަހަރެއްހާ ދުވަހުގެ ތެރޭ ގުދުސް އަށް ބަދަލު ކުރެވޭނެ: އިސްރާއީލުގެ ބޮޑުވަޒީރު
17 ޖެނުއަރީ 2018

އަހަދު ތަމީމީ ހައްޔަރުކޮށްފައި ބެހެއްޓުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކޮށްފި

17 ޖެނުއަރީ 2018
އަހަދު ތަމީމީ ހައްޔަރުކޮށްފައި ބެހެއްޓުމަށް އިސްރާއީލުގެ ކޯޓަކުން ޙުކުމްކޮށްފި
04 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން
02 ޑިސެމްބަރު 2017

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

02 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު