Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެއަރ އިންޑިއާ

އެއަރ އިންޑިއާ އިން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތެއް ނުވޭ: ފުލުހުން

މަތިންދާބޯޓު ވެއްޓިފައި ވަނީ ސަރުކާރުގެ ބީ.ޖޭ. މެޑިކަލް ކޮލެޖް ހޮސްޓަލްގެ ކާ ކޮޓަރީގެ މައްޗަށް ކަމަށާއި، އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ މެޑިކަލް ދަރިވަރުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 12 ޖޫން 2025 | ބުރާސްފަތި 14:23
ޖޫން 12، 2025 ގައި ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) ގެ އެކްސް ގައި ހާމަކޮށްފައިވާ މިފޮޓޯ އިން އަހުމަދު އާބާދުގެ އެއާޕޯޓް ކައިރީގައި ހުންނަ ރެޒިޑެންޝަލް އޭރިއާއެއްގެ އިމާރާތެއްގެ ތެރެއިން އެއަރ އިންޑިއާގެ ވެއްޓުނު ބޯޓުގެ ފަހަތް

ބުރާސްފަތި ދުވަހު ލަންޑަނަށް ދަތުރުކުރަމުން ދިޔަ 242 މީހުން ތިބި އެއަރ އިންޑިއާ ގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރު ކުރި އެކަކު ވެސް ދިރި ތިބޭނެ ކަމަށް ނުބެލެވޭ ކަމަށް އިންޑިއާގެ އަހްމަދާބާދު ސިޓީގެ ފުލުހުން ބުނެފިއެވެ.

އަދި މަތިންދާބޯޓު ވެއްޓުނު ސަރަހައްދަކީ މީހުން ދިރިއުޅޭ އަދި އޮފީސްތައް ހުރި ސަރަހައްދަކަށް ވާތީ އިތުރު މަރުތަކެއް ވެސް މިހާދިސާގެ ސަބަބުން ހިނގައިފާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"މި ހާދިސާގައި ދިރިތިބި އެއްވެސް މީހަކު ނުހުންނާނެ ކަމަށް ބެލޭ،" ސިޓީގެ ފުލުސް ކޮމިޝަނަރު ޖީ.އެސް. މަލިކް، އޭއެފްޕީ އަށް ވިދާޅުވިއެވެ. "އަދި މަތިންދާ ބޯޓު ވެއްޓިފައި ވަނީ މީހުން ދިރިއުޅޭ އަދި ބައެއް އޮފީސްތައް ހުރި ސަރަހައްދަކަށް ވާތީ، އިތުރު މަރުތަކެއް ވެސް ހިނގައިފާނެ."

242 މީހުން ތިބި އެއަރ އިންޑިއާގެ ފްލައިޓް 171، ބޯއިންގ 8-878 ޑްރީމްލައިނަރ ލަންޑަނަށް ދަތުރު ކުރަމުން ދިޔަ އެއަރ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ހުޅަނގު ފަރާތު ސިޓީ އަހްމަދު އާބާދުން ފުރުމަށްފަހު މިނެޓުތަކެއްގެ ތެރޭގައި ވެއްޓެމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވެފައި ވެއެވެ. އެ ވިޑީއޯ އިން ފެންނަ ގޮތުގައި ބޯޓު ވެއްޓުމާއެކު އަލިފާން ރޯވެ ބޯ ދުން އަރަން ފެށިއެވެ.

އިންޑިއާގެ ފެޑެރަލް ސިއްހީ ވަޒީރު ވިދާޅުވެފައިވަނީ މި ހާދިސާ ގައި "ގިނަ ބަޔަކު" މަރުވެފައިވާ ކަމަށެވެ.

100 އަށްވުރެ ގިނަ ހަށިގަނޑު އިންޑިއާގެ އަހްމަދް އާބާދުގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިންޑިއާގެ ސީ.އެން.އެން ނިއުސް-18 ޓީވީ ޗެނަލުން ބުނެފައިވަނީ މަތިންދާބޯޓު ވެއްޓިފައި ވަނީ ސަރުކާރުގެ ބީ.ޖޭ. މެޑިކަލް ކޮލެޖް ހޮސްޓަލްގެ ކާ ކޮޓަރީގެ މައްޗަށް ކަމަށާއި، އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ މެޑިކަލް ދަރިވަރުން މަރުވެފައިވާ ކަމަށެވެ. އެ ޗެނަލުން ބުނެފައިވަނީ "މަތިންދާބޯޓު ވެއްޓިފައިވާ އިމާރާތަކީ ޑޮކްޓަރުންގެ ހޮސްޓަލެއް ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ މި ހާދިސާ އިން އޭނާ އަށް ކުއްލި ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"އަހްމަދް އާބާދުގައި ހިނގި މި ހިތާމަވެރި ހާދިސާ އިން އަޅުގަނޑުމެންނަށް ލިބުނީ ޝޮކެއް، ހިތާމައެއް. މިއީ ބަހުން ބަޔާން ކުރަން ދަތި ހިތާމަވެރި ކަމެއް،" އެއަރ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާ އާ ގުޅިގެން އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި މޯދީ ވިދާޅުވެފައިވެއެވެ.

"މި ހިތާމަވެރި ވަގުތުގައި، އަޅުގަނޑުގެ ފިކުރު ވަނީ މި ހާދިސާއިން އަސަރުކުރި އެންމެންނާ އެކުގައެވެ،" އޭނާ ވިދާޅުވިއެވެ.

އިންޑިއާ ގައި މީގެ ކުރިންވެސް ވަނީ އެތައް ބައެއްގެ ފުރާނަ ގެއްލުނު މަތިންދާބޯޓު ހާދިސާތަކެއް ހިނގާފައެވެ. އޭގެ ތެރޭގައި 1996 ގައި ނިއު ދިއްލީގެ މަތިން ދެ މަތިންދާބޯޓު ޖެހި، ގާތްގަނޑަކަށް 350 މީހުން މަރުވި ހާދިސާ ހިމެނެއެވެ.

2010 ވަނަ އަހަރު، އެއަރ އިންޑިއާ އެކްސްޕްރެސްގެ މަތިންދާބޯޓެއް އިންޑިއާގެ ދެކުނު ހުޅަނގު ފަރާތުގައިވާ މަންގަލޯރު އެއަރޕޯޓުގައި ވެއްޓި އަލިފާން ރޯވެ، މަތިންދާބޯޓުގައި ތިބި 166 މީހުންގެ ތެރެއިން ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތުން 158 މީހުން މަރުވިއެވެ.

އޭގެ އަހަރުތަކެއް ކުރިން، 1985 ވަނަ އަހަރުގެ ޖޫން މަހު މޮންޓްރިއަލްއިން ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއަރ އިންޑިއާގެ ބޯއިންގ 747 މަތިންދާބޯޓެއް އަޔަރލޭންޑްގެ ކައިރިން ކަނޑަށް ވެއްޓި، މަތިންދާބޯޓުގައި ތިބި 329 މީހުން މަރުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު