Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުގެ ހައްދުފަހަނަ އެޅި ދެ ވަޒީރެއްގެ މައްޗަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅަނީ

އިސްރާއީލުގެ ދިފާއީ ވަޒީރު ބެން-ގްވީރް އަދި މާލީ ވަޒީރު ސްމޮޓްރިޗްގެ މުދާތައް ހިފެހެއްޓުމާއި މި ދެމީހުން ގައުމުތަކަށް ދަތުރުފަތުރު ކުރުން މަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ އެމްވީ | 10 ޖޫން 2025 | އަންގާރަ 14:09
އިސްރާއީލުގެ ކަނާތުފިޔައިގެ ކްނެސެޓްގެ މެމްބަރު އިޓަމާރ ބެން ގްވީރް (ވ) އާއި ބެޒާލެލް ސްމޮޓްރިޗް (ކ) އިސްރާއީލުގެ އާ ޕާލަމެންޓްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި - 15 ނޮވެމްބަރ 2022.

އިސްރާއީލުގެ ކަނާތުފިޔައިގެ ކްނެސެޓްގެ މެމްބަރު އިޓަމާރ ބެން ގްވީރް (ވ) އާއި ބެޒާލެލް ސްމޮޓްރިޗް (ކ) އިސްރާއީލުގެ އާ ޕާލަމެންޓްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި - 15 ނޮވެމްބަރ 2022.

އިސްރާއީލުގެ ހައްދުފަހަނަ އެޅި ދެ ވަޒީރުން ގެ މައްޗަށް އިނގިރޭސިވިލާތުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޣައްޒާ ހަނގުރާމައާ ގުޅިގެން މި ދެމީހުންގެ އަމަލުތަކާ ގުޅޭގޮތުން، އިނގިރޭސި ވިލާތާއި އަދި އެ ގައުމުގެ އެހެނިހެން ބައިނަލްއަޤްވާމީ އެކުވެރިން ގުޅިގެން، އިސްރާއީލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރުން ކަމަށްވާ އިޓަމާރ ބެން-ގްވީރް އާއި ބެޒަލެލް ސްމޮޓްރިޗްގެ މައްޗަށް ރަސްމީކޮށް ފިޔަވަޅު އަޅާނެ ކަމަށް އަންގާރަ ދުވަހު ހާމަ ކުރީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޓައިމްސް އިންނެވެ.

ލަންޑަން އިން ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި އެހެނިހެން ޤައުމުތަކާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު ބެން-ގްވީރް އަދި މާލީ ވަޒީރު ސްމޮޓްރިޗްގެ މުދާތައް ހިފެހެއްޓުމާއި މި ދެމީހުން ގައުމުތަކަށް ދަތުރުފަތުރު ކުރުން މަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ އޮފީހުން މި ރިޕޯޓާ ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން އަދި ޖަވާބެއް ދީފައި ނުވާ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ.

އެހެން ޔޫރަޕުގެ ޤައުމުތަކެކޭ އެއްފަދައިން، އިނގިރޭސިވިލާތުން ވެސް ގެންދަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިންމިން ނަތަންޔާހޫގެ ސަރުކާރަށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމުގައި އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށް ޕްރެޝަރު އިތުރު ކުރަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރި ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާހިރުން ވަނީ މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމަށް ބުނެ އިންޒާރުދީފައެވެ.

ލަންޑަން އިން ވޭތުވެދިޔަ މަހު އިސްރާއީލާއެކު ކުރިއަށްދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ވަނީ ހުއްޓާލާފައެވެ. މަޝްވަރާތައް ހުއްޓާލީ ޣައްޒާ ގައި އަދި ވެސްޓް ބޭންކު ގައި އިސްރާއީލުން ގެންގުޅޭ "ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ. އަދި އިސްރާއީލުގެ ސަފީރު ހާޒިރުކޮށް، ވެސްޓް ބޭންކުގައި އުޅޭ ގަވައިދާ ޚިލާފު ވަޒަންވެރިންގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.

ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ، އިސްރާއީލުގެ ފަހުގެ ހަމަލާތަކާ ގުޅިގެން އެއީ "މި ހަނގުރާމައިގެ އަނދިރި އައު މަރުޙަލާއެއް" ކަމަށް ސިފަ ކުރެއްވުމުގެ އިތުރުން، ޣައްޒާ މުޅިން ސުންނާފަތި ކޮށް އެތަނުގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ސްމޮޓްރިޗް ދެއްކި ވާހަކަތައް ވެސް ލެމީ ވަނީ ކުށްވެރިކުރައްވާފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު