Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަމަނުޖެހުން

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު ވިދާޅުވެފައިވަނީ އެ ޤައުމުން ހޯދާފައިވާ އިސްރާއީލުގެ ސިއްރު ލިޔެކިޔުންތަކަކީ އެ އަނިޔާވެރި ސަރުކާރުގެ ނިއުކްލިއަރ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ކަމަށާއި، މިކަމުގެ ސަބަބުން އީރާނުގެ ހަމަލާ ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 13:20
ޑިމޮނާގައި ހުންނަ އިސްރާއީލުގެ ނިއުކްލިއާ ރިއެކްޓަރެއް

ޑިމޮނާގައި ހުންނަ އިސްރާއީލުގެ ނިއުކްލިއާ ރިއެކްޓަރެއް

އިސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ސިއްރު މައުލޫމާތު އެކުލެވޭ ގިނަ އަދަދެއްގެ ޑޮކިއުމެންޓް އީރާނުގެ ޖާސޫސުން ހޯދައިފި ކަމަށް އީރާނުން ބުނެފިއެވެ.

"އަޅުގަނޑުމެން ޒަޔަނިސްޓް ސަރުކާރުން ހޯދި ލިޔެކިޔުންތަކަކީ އެމީހުންގެ ނިއުކްލިއަރ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު" ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓަރ އިސްމާއިލް ޚަތީބު އާދީއްތަ ދުވަހު އައިއާރުއައިބީ ނިއުސް އަށް ވިދާޅުވިއެވެ.

"މި ލިޔެކިޔުންތަކާއި އެ ސަރުކާރުގެ އެހެނިހެން މުހިންމު ރެކޯޑުތަކުގެ ސަބަބުން އީރާނުގެ ހަމަލާދޭ ޤާބިލުކަން އިތުރުވެގެންދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ކުރިން ޝާއިއު ކޮށްފައިވާ ޚަބަރު ތަކުގައިވާ ގޮތައް "އެތައް ހާސް" ލިޔެކިޔުން ލިބުނުތޯ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ "މިއީ ވަރަށް ބޮޑު ކުރިއެރުމެއް، އަދި ޙަޤީޤަތުގައި 'އެތައް ހާސް ލިޔެކިޔުން' ކަމަށް ބުނުމަކީ ހޯދިފައިވާ އެއްޗެހީގެ އަދަދާ އަޅާބަލާއިރު ވަރަށް ކުޑަ ބަހެއް" ކަމަށެވެ.

ހޮނިހިރު ދުވަހު، މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން އައިއާރުއައިބީ ނިއުސް އަށް ބުނެފައި ވަނީ މި ޖާސޫސީ މައުލޫމާތު ހޯދުމަކީ އިސްރާއީލު ސަރުކާރަށް ދެވުނު އެންމެ ބޮޑެތި ހަމަލާތަކުގެ ތެރެއިން ހަމަލާ އެއް ކަމަށެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރެވުނީ އެތައް ދުވަހެއް ކުރިން ކަމުގައި ވީ ނަމަވެސް ތަކެތީގެ ގިނަކަމާއި އެތަކެތި ރައްކާތެރި ކަމާއެކު އީރާނަށް ގެންދަން ޖެހޭތީ، އެތަކެތި ކަނޑައެޅިފައިވާ ރައްކާތެރި ތަންތަނަށް ފޯރު ކޮށްދިނުމަށް ޓަކައި ކުރިން ޚަބަރު ނުފެތުރުމަށް މަޖުބޫރުވީ ކަމުގައެވެ.

އެމީހުން އިތުރަށް ބުނެފައިވަނީ ލިޔެކިޔުންތަކުގެ ގިނަކަމުގެ ސަބަބުން އެތަކެތި މުރާޖަޢާ ކުރުމާއި، ފޮޓޯތަކާއި ވީޑިއޯތައް ބެލުމަށް ވަރަށް ގިނަ ވަގުތު ހޭދަވެފައިވާ ކަމަށެވެ.

ހަތީބު ވިދާޅުވެފައި ވަނީ "ފުރިހަމަ އަދި ބޮޑު މަސައްކަތެއް" ކުރެވިފައިވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުގެ ތެރޭގައި ކަމަށާއި، އެ އަނިޔާވެރި ސަރުކާރުގެ "ސްޓްރެޓިކް، އޮޕަރޭޝަނަލް އަދި ސައިންޓިފިކް މަޢުލޫމާތު" ގިނަ އަދަދަށް އީރާނަށް ގެނައުމުގައި ކާމިޔާބު ވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ސިއްރު މައުލޫމާތު ތަކެއް އީރާނަށް ލިބިފައިވާ ކަމުގެ ޚަބަރު ފެތުރުނީ އީރާނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭން އުޅުމުގެ ކުށުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކުރި ކަމަށް އިސްރާއީލުގެ ސަރުކާރުގެ އިސްވެރިން އިޢުލާނުކުރިތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ނަމަވެސް، ޚަތީބު ވިދާޅުވެފައި ވަނީ މަޢުލޫމާތު ލިބުނު ގޮތްތައް ސިއްރު ކުރެވިފައިވާ ކަމަށާއި އަދި އަވަހަކަށް އެކަން ހާމަ ނުކުރާނެ ކަމަށެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަވަހަށް އެ ލިޔެކިޔުންތައް ޝާއިޢު ކުރާނަން" ކަމަށް އޭނާ ވިދާޅުވިއެވެ.

ނިއުކްލިއަރ ބާރެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބެލެވޭ އިސްރާއީލުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ފެށީ 1952 ގައި ފްރާންސް އަދި އެމެރިކާގެ ޓެކްނޮލޮޖީގެ އެހީތެރި ކަމާއެކުގައެވެ.

އެކި އަސްކަރީ ތިންކްޓޭންކްތަކުގެ ހޯދުންތަކުން އެނގޭ ގޮތުގައި އިސްރާއީލު ސަރުކާރުން ފުރަތަމަ އުފެއްދި ނިއުކްލިއަރ ހަތިޔާރު އުފެއްދީ 1967-1968 ގެ ތެރޭގައެވެ.

1986 ގައި، އިސްރާއީލުގެ ޑިމޯނާ ނިއުކްލިއަރ ފެސިލިޓީގެ ޓެކްނީޝަނެއް ގެ ގޮތުގައި މަސައްކަތް ކުރި މީހަކު އިސްރާއީލުގެ ސިއްރު ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަތައް ފަޅާ އަރުވާލިއެވެ. މިކަމުގެ ސަބަބުން އޭނާގެ މައްޗަށް 1988 ގައި ޣައްދާރުވުމުގެ ކުށް ސާބިތުކޮށް 18 އަހަރުގެ ޙުކުމެއް އިއްވުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު