Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

މެލްކޮމް ދެ ލަނޑުން މޮޅުވެ، އަލް ޙިލާލް އެއް ވަނައިގައި

މޮޅާއެކު އަލް ޙިލާލުން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 43 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2025 | ބުދަ 04:44
މެޗުގައި ލަނޑު ޖެހުމަށްފަހު މެލްކޮމް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މެލްކޮމް އުފާ ފާޅު ކުރަނީ

ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަލް ޙިލާލް އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ޙިލާާލް އިން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ މާކޮސް ލިއޮނާޑޯ އެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި މެލްކޮމް ވަނީ ލަނޑު ޖަހައި އަލް ޙިލާލަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ބާކީ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު ވެސް ޖެހީ މެލްކޮމް އެވެ. އޭގެ ފަހުން ކްރައިގް ގުޑްވިން ވަނީ އަލް ވެހްދާގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އަލް ޙިލާލްގެ ފަހު ލަނޑު ޖެހީ ޢަބްދުﷲ އަލް ޙަމްދާން އެވެ.

މޮޅާއެކު އަލް ޙިލާލުން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 43 ޕޮއިންޓާ އެކު އެވެ. އަލް ޙިލާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އަލް އިއްތިހާދަށް ލިބެނީ 40 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކުރާއިރު، އަލް ޙިލާލާ ޕޮއިންޓުގެ ގޮތުން ހަމަ ކުރުމުގެ ފުރުސަތު އަލް އިއްތިހާދަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު