Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސީސީ

ނަތަންޔާހޫ ހައްޔަރުކުރުމާ މެދު އިސްރާއީލުން ކޮށްފައިވާ އިއުތިރާޒު ބަލައިނުގަތުމަށް އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ގޮވާލައްވައިފި

އީލުން ޑިސެމްބަރު މަހު ހުށަހެޅި އިސްތިއުނާފުގެ ލިޔުމުގައި ބުނެފައިވަނީ އެ ޤައުމުގެ ލީޑަރުންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުގައި އަމިއްލައަށް ބެލިދާނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނާ ދެކޮޅަށް ތަޙުޤީޤު ކުރިއަށްގެންދިއުމަކީ ދައުލަތުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2025 | އަންގާރަ 13:55
ޖުލައި 24، 2024 ގައި ވޮޝިންޓަން ޑީސީގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް މުޒާހަރާ ކުރަނީ

ޖުލައި 24، 2024 ގައި ވޮޝިންޓަން ޑީސީގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް މުޒާހަރާ ކުރަނީ

ޣައްޒާ ގައި ހިނގަމުންދާ 13 މަސްދުވަހުގެ ހަނގުރާމައާ ގުޅޭ ތަޙުޤީޤަށް ނަތަންޔާހޫ ހައްޔަރުކުރުމާ މެދު އިސްރާއީލުން ހުށަހަޅާފައިވާ އިއުތިރާޒުތައް ބަލައިނުގަތުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރ އެކޯޓުގެ ފަނޑިޔާރުންނަށް ދަންނަވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކަރީމް ޚާން ވަނީ އިސްރާއީލުން ހުށަހެޅި އިސްތިއުނާފަށް ރަސްމީ ޖަވާބެއް ހުށަހަޅުއްވާފައެވެ.

މި އިސްތިއުނާފަކީ ދަ ހޭގްގައި ހުންނަ ކޯޓުގެ އިޚްތިޞާޞާ ގުޅޭގޮތުން އިސްރާއީލުން ހުށަހެޅި އިސްތިއުނާފެކެވެ.

ކޯޓުގެ ފަނޑިޔާރުން ވަނީ ފާއިތުވި އަހަރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި، އޭނާގެ ކުރީގެ ދިފާއީ ވަޒީރު އަދި ހަމާސްގެ އަސްކަރީ އިސްވެރިޔާ ހައްޔަރުކުރުމުގެ ވޮރަންޓް ނެރެފައެވެ.

ހައްޔަރު ކުރުމުގެ އަމުރު ނެރުނު ފަރާތްތަކަށް ތުހުމަތުކުރެވެނީ ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިންސާނިއްޔަތާ ޚިލާފު ކުށްތަކެއް ކުރިކަމަށެވެ.

އަމިއްލަ ޤައުމުގައިވެސް ކޮރަޕްޝަންގެ ތުހުމަތުތަކާ ކުރިމަތިލާންޖެހިފައިވާ އިސްރާއީލުގެ ލީޑަރު މި އަމުރު ނެރުމާ ގުޅިގެން "ދުނިޔޭގެ ތާރީޚުގައި ކަޅު ދުވަހެއް" ކަމުގައި ވިދާޅުވެ، މި ތުހުމަތުތަކާ ދެކޮޅަށް ހަނގުރާމަކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އައިސީސީ އިން ބަލާ މައްސަލަތަކުގައި ވަކިވަކި ފަރުދުންނަކަށް އެ ކޯޓުން ނެރޭ ހައްޔަރުކުރުމުގެ ވޮރަންޓަކަށް އިއުތިރާޒެއް ނުކުރެވޭނެއެވެ. ނަމަވެސް އިސްރާއީލު ދައުލަތަށް މުޅި ތަޙުޤީޤަށް އިއުތިރާޒުކުރެވިދާނެއެވެ. އިސްރާއީލުން ޑިސެމްބަރު މަހު ހުށަހެޅި އިސްތިއުނާފުގެ ލިޔުމުގައި ބުނެފައިވަނީ އެ ޤައުމުގެ ލީޑަރުންނާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް އެ ޤައުމުގައި އަމިއްލައަށް ބެލިދާނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނާ ދެކޮޅަށް ތަޙުޤީޤު ކުރިއަށްގެންދިއުމަކީ ދައުލަތުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

އައި.ސީ.ސީ އުފެދުނީ 2002 ވަނަ އަހަރު، ދުނިޔޭގައި ހިންގާ އެންމެ ނުރައްކާތެރި، އަނިޔާވެރި ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރުދުންނާމެދު ދަޢުވާކުރުމަށް އޮތް އެންމެ ފަހުގެ ފުރުޞަތުގެ ގޮތުގައި އުފެދުނު ދާއިމީ ކޯޓެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި، ނަސްލު ނައްތާލުމުގެ ކުށްތަކާއި، އަދި އަނިޔާވެރިކަމުގެ ކުށްތައް ހިމެނެއެވެ.

ކޯޓުގެ 125 މެންބަރު ޤައުމުތަކުގެ ތެރޭގައި ފަލަސްޠީނާއި، ޔޫކްރެއިނާއި، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ޤައުމުތައް ހިމެނެއެވެ. ނަމަވެސް އެތައް ޤައުމަކުން ކޯޓުގެ އިޚްތިޞާޞް ޤަބޫލުނުކުރެއެވެ. މީގެ ތެރޭގައި އިސްރާއީލާއި، އެމެރިކާ އާއި، ރަޝިޔާ އަދި ޗައިނާ ހިމެނެއެވެ.

ޚާންގެ 55 ޞަފްޙާގެ ޖަވާބުގައި ވިދާޅުވެފައިވަނީ، އައި.ސީ.ސީ އުފެއްދި ރޯމް ސްޓެޓިއުޓުން ކޯޓަށް ހުއްދަދީފައިވަނީ މެންބަރު ޤައުމުތަކުގެ ސަރަޙައްދުގައި ހިނގާ ކުށްތަކާ ގުޅޭގޮތުން ދަޢުވާކުރުމަށް ކަމަށާއި، ކުށްކުރި މީހުންގެ ޤައުމަކީ ކޮބައިކަން ބެލުން މުހިންމެއް ނޫން ކަމަށެވެ.

ކުރިއަށް އޮތް މަސްތަކުގައި ފަނޑިޔާރުން މިކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.                                        

އިތުރަށް ކިޔާލަން

04 މެއި 2017

އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި

04 މެއި 2017
އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު