Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލުން އައު އަހަރު ފެށީ ފަލަސްތީނުގެ 17 މީހުން ޝަހީދު ކޮށްލުމުން

އިސްރާއީލުން 7 އޮކްޓޯބަރު 2023 ން ފެށިގެން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި މަދުވެގެން 45,514 ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި 108,338 ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 07:59
ޣައްޒާ ގައި އުފަންވި ކުއްޖަކު ގަދަ ފިނިން ރައްކައުތެރި ނުކުރެވުމުގެ ސަބަބުން ފުރާނަ ގެއްލިފައި

ޣައްޒާ ގައި އުފަންވި ކުއްޖަކު ގަދަ ފިނިން ރައްކައުތެރި ނުކުރެވުމުގެ ސަބަބުން ފުރާނަ ގެއްލިފައި

އައު އަހަރުގެ ފުރަތަމަ ދުވަހު އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޣައްޒާގެ މެދުތެރޭގެ އަދި އުތުރުގެ ސަރަހައްދު ތަކުގައި 17 މީހުން ޝަހީދުކޮށްލާ، އެތައް ބަޔަކު ޒަޚަމް ކޮށްލައިފިއެވެ.

ހަމަލާތައް އިސްރާއީލުން ދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތުގައެވެ. ހަމަލާތައް އަމާޒު ކުރީ ޣައްޒާގެ އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕަށާއި އަދި ޖަބާލިޔާ އަވަށަށެވެ.

ވަފާ ނިއުސް އޭޖެންސީން ޚަބަރު ދޭ ގޮތުގައި އިސްރާއީލުގެ ހަނގުރާމައިގެ ޖެޓް މަތިންދާބޯޓުތަކުން ހަނގުރާމައިގައި ވީރާނާވެފައިވާ ސަރަހައްދުގައި ހުރި ޖަބާލިޔާގެ ގެއަކަށް އަމާޒުކޮށް ހަމަލާދިނެވެ. މި ހަމަލާގައި މަދުވެގެން 15 ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުވިއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ވަފާ އިން އިތުރަށް ބުނި ގޮތުގައި އިސރާއީލުގެ ޖެޓް މަތިންދާބޯޓުތަކުން އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް ދިން ހަމަލާ ގައި، ދެ އާންމު ރައްޔިތަކު ޝަހީދުވިއެވެ.

މީގެ އިތުރުން، އިޒްރާއީލުގެ ބާރުތަކުން އުތުރު ސަރަހައްދުގައި ހުރި ބައިތް ލަހިޔާ އަވަށާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕް އަދި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި ހުރި މީހުން ދިރިއުޅޭ އިމާރާތްތަކެއް ހުރި ބްލޮކްތައް ގޮއްވާލިއެވެ. މިއާއެކު، އިޒްރާއީލުގެ ޓޭންކުތަކުން ޣައްޒާ ސިޓީގެ އުތުރު ހުޅަނގު ސަރަހައްދާއި އަލް-ބުރެއިޖް ކޭމްޕްގެ ދެކުނު އިރުމަތީ ހިސާބުތަކަށް ވަނީ ހަމަލާދީފައެވެ.

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުން ރަފަހް ގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމުރުކޮށްފައިވާއިރު، އެ އަމުރަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ހަނގުރާމައިން ވީރާނާވެފައިވާ ސަރަހައްދުގައި ނަސްލު ނައްތާލުމުގެ ހަމަލާތައް އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ކުރިއަށް ގެންދަމުންނެވެ.

އިސްރާއީލުން 7 އޮކްޓޯބަރު 2023 ން ފެށިގެން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގައި މަދުވެގެން 45,514 ފަލަސްތީނު މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި 108,338 ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން، މަދުވެގެން 10,000 މީހުން ވަނީ ގެއްލިފައެވެ. މި މީހުން ޣައްޒާގެ އެކި ކަންކޮޅުތަކުގައި އިމާރާތްތަކުގެ ދަށުވެ ވީރާނާވެފައިވާ ސަރަހައްދުތަކުގައި މަރުވެފައި ތިބިކަމަށް ބެލެވެއެވެ.

ފަލަސްތީނު އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މަރުވެ ޒަޚަމްވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިޒްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުރިހާ ސަރަހައްދަކުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ވަނީ މަޖުބޫރުން ހިޖްރަކޮށްފައެވެ. މިއީ 1948 ގެ ނަކްބާ އަށް ފަހު ފަލަސްތީނުގައި ހިނގި އެންމެ ބޮޑު ހިޖުރައިގެ ހާދިސާއެވެ.                   

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު