Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެޖޫ އެއަރގެ ބޯޓެއް ވެއްޓުން

ޖެޖޫ އެއަރ މަތިންދާބޯޓު ވެއްޓުނީ ކީއްވެ؟ ދޫންޏެއް ޖެހުނީތަ؟

ބޯޓުގެ ލޭންޑިންގ ގިއަރު ފެއިލްވި ސަބަބު އަދިވެސް ސާފުކޮށް ނޭނގެއެވެ. ބޯޓު ދަތުރަށް ފެށިއިރު އެ ބޯޓުގައި އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަ ނުވާތީ ތަޖުރިބާކާރުންނަށް ވެސް މިކަމުގައި އޮޅުން އަރާ ކަންތައްތަކެއް ހުރި ކަމަށް ވެއެވެ.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 10:04
ވެއްޓިފައިވާ ޖެޖޫ އެއަރ މަތިންދާ ބޯޓުގެ ބައެއް - ބޯޓުން ދަތުރުކުރިން މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ވަނީ މި ހާދިސާގައި މަރުވެފައި

ވެއްޓިފައިވާ ޖެޖޫ އެއަރ މަތިންދާ ބޯޓުގެ ބައެއް - ބޯޓުން ދަތުރުކުރިން މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ވަނީ މި ހާދިސާގައި މަރުވެފައި

މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެޖޫ އެއަރގެ މަތިންދާ ބޯޓު ވެއްޓުނު ސަބަބު ބެލުމަށް އެމެރިކާ އާއި ދެކުނު ކޮރެއާގެ ތަޙުޤީޤު ޓީމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހިތާމަވެރި ހާދިސާ ގައި 179 މީހުން ވަނީ މަރުވެފައެވެ.

އާދީއްތަ ދުވަހު ހިނގި ޖެޖޫ އެއަރގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާއަކީ ދެކުނު ކޮރެއާގެ ތާރީޚުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެންމެ ދެ މީހުން ފިޔަވާ އެންމެން މަރުވި މި ހިތާމަވެރި ހާދިސާ ގެ ޝިކާރައަކަށްވި އެންމެ ހަގު އުމުރުގެ ފަސިންޖަރަކީ އުމުރުން އެންމެ 3 އަހަރުގެ ކުޑަކުއްޖެކެވެ.

ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގުމުގެ ކުރިން ޕައިލެޓް ވަނީ "މޭޑޭ" ކޯލެއް ކުރުމާއެކު، މަތިންދާބޯޓުގައި ދޫންޏެއް ޖެހުނު ކަމަށް ރިޕޯޓުކޮށްފައެވެ.

ބޭންކޮކުން ފުރައިގެން އައި ޖެޖޫ އެއަރގެ ފްލައިޓަކީ ބޯއިންގ 737-800 ޖެޓް މަތިންދާބޯޓެކެވެ. އޭގައި 175 ފަސިންޖަރުންނާއި 6 ކުރޫ މެންބަރުން ތިބި އިރު، އެ މަތިންދާބޯޓު ވެއްޓުނީ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ލޭންޑިންގ ގިއަރ ނުހުޅުވުމުގެ ސަބަބުން ދެވަނަ ފަހަރަށް ކްރޭޝް ލޭންޑިންގއެއް ހަދަން އުޅެނިކޮށް، ބޯޓު މަތަ ނުވެ ރަންވޭއިން ބޭރަށް ގޮސް ކޮންކްރީޓް ފާރެއްގައި ޖެހި މުޅި ބޯޓުގައި ރޯވެ އަލިފާން ގުޅައަކަށް ބޯޓު ބަދަލުވެގެން ދިޔަ މަންޒަރު ވަނީ ހާމަވެފައެވެ.

މަތިންދާބޯޓު ވެއްޓުނު އިރު ބޯޓުގެ ފަހަތު ކޮޅުގައި ތިބި ދެ ކުރޫ މެންބަރުންނަކީ މި ހާދިސާ ގައި ފުރާނަ ސަލާމަތްވި ހަމަ އެކަނި ދެމީހުންނެވެ.

ބޯޓު ގޮވާ ބައިތައް ކުދިކުދިވެ މުޅި ބޯޓުގައި ރޯވުމުގެ ސަބަބުން އެއިން ދަތުރުކުރި މީހުންގެ ހަށިތައް ވަނީ ކުދިކުދިވެ ބުރައިގެން ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރުވެފައި ތިބި މީހުން ދެނެގަންނަނީ ޑީއެންއޭ ޓެސްޓިންގ އާއި އިނގިލީގެ ނިޝާނުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބޯޓަށް ދިމާވި މައްސަލަ ދެނެގަތުމަށް ތަޖުރިބާކާރުންގެ ޓީމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާގެ އޭވިއޭޝަން އެންޑް ރެއިލްވޭ އެކްސިޑެންޓް އިންވެސްޓިގޭޝަން ބޯޑުގެ 11 މެމްބަރުންގެ ޓީމަކުން އެމެރިކާގެ 8 ތަޖުރިބާކާރުންނާ އެކު ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ޓީމުގައި ހިމެނެނީ ޔޫއެސް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާކާރަކާއި، ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ 3 ތަޖުރިބާކާރުންނާއި، މަތިންދާބޯޓު އުފެއްދި ކުންފުނި ކަމުގައިވާ ބޯއިންގގެ 4 ތަޖުރިބާކާރުންނެވެ.

ބޯޓު ވެއްޓުނު ސަބަބު ތަޖުރިބާކާރުންގެ ޓީމުން ދިރާސާ ކުރަމުން ދާއިރު، އެނަލިސިސް ސެންޓަރަކުން މަތިންދާބޯޓުގެ ބްލެކް ބޮކްސް ތަހުލީލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދެކުނު ކޮރެއާގެ ސަރުކާރުގެ ތަޙުޤީޤުކުރާ ފަރާތްތަކުން ވަނީ ފްލައިޓް ޑޭޓާ އާއި ކޮކްޕިޓް އަޑުގެ ރެކޯޑިންގތައް ހޯދާފައެވެ. މިއިން ހާދިސާ ހިނގި ސަބަބާއި އޭގެ ފަހުން އަލިފާން ރޯވި ސަބަބު ދެނެގަނެވޭނެ ކަމަށް ވެއެވެ. ނަމަވެސް، ތަޖުރިބާކާރުން ބުނަނީ ނަތީޖާ ލިބުމަށް އެތައް ހަފްތާއެއް ނަގާފާނެ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ބަލަމުންދަނީ މަތިންދާބޯޓުގައި ދޫނިތަކެއް ޖެހި، އެކަމުގެ ސަބަބުން އިންޖީނު ހަލާކުވެ، ފުރޮޅުތަކަށް މައްސަލަ ދިމާވިތޯއެވެ.

އޮފިޝަލުން ބުނާ ގޮތުގައި، އެއަރޕޯޓް ކޮންޓްރޯލް ޓަވަރުން މަތިންދާބޯޓުގައި ދޫނިތަކެއް ޖެހިދާނެކަމުގެ އިންޒާރު ދިންތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޕައިލެޓް ވަނީ ލޭންޑްކުރަން ބޭނުންވާކަން އަންގައި، އެހެން ސަރަޙައްދެއްގައި ބޯޓު ޖެއްސުމުގެ ހުއްދަ ހޯދާފައެވެ. ނަމަވެސް، މަތިންދާބޯޓު ލޭންޑްކުރުމުގެ ކުރިން، ޕައިލެޓް ވަނީ "މޭޑޭ" ކޯލެއް ކޮށް، ދޫންޏެއް ބޯޓުގައި ޖެހުނު ކަމަށް އެއަރ ކޮންޓްރޯލަރުންނަށް ރިޕޯޓުކޮށްފައެވެ.

މާހިރުން ބުނާ ގޮތުގައި، ބޯޓު ޖެއްސިއިރު ލޭންޑިން ގިއަރ ނެތުމުގެ އިތުރުން، މަތިންދާބޯޓު ޖެއްސީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ ބޯޓު އައިސް ރަންވޭގެ ތިންބައިކުޅަ ދެބައި ހިސާބުގައި ޖެހުމުންނެވެ. އެހިސާބުގައި ބޯޓު ޖެއްސުމުން ބާރު ސްޕީޑެއްގައި އައި ބޯޓު ސްޕީޑް ދަށްކުރަން އެކަށީގެންވާ ޖާގަ ރަންވޭ ގައި ނެތްކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޯޓު މަތަނުވެ ރަންވޭގެ ބޭރުގައި ހުރި ކޮންކްރީޓް ފާރެއްގައި ގޮސް ބޯޓު ލައިގަތެވެ.

ދަތުރުކުރަމުންދާ މަތިންދާ ބޯޓުގައި ދޫނި ޖެހުމަކީ ވައިގެ ދަތުރުފަތުރުގައި އާންމުކޮށް ދިމާވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މަތިންދާބޯޓެއް ދޫނި އައިނެއްގެ ތެރެއަށް ވަދެއްޖެ ނަމަ، ދޫންޏެއް އިންޖީނަށް ވަދެގެން ސިސްޓަމްތަކަށް މައްސަލަ ދިމާވެދާނެއެވެ. ނަމަވެސް، މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނަ އަށް ގެއްލުން ވުމަކީ ނާދިރު ކަމެއް ކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.

ބައެއް މާހިރުން ބުނާ ގޮތުގައި، ޖެޖޫ މަތިންދާ ބޯޓަށް މި ހާދިސާ ކުރިމަތިވި ހަމައެކަނި ސަބަބަކީ ދޫންޏެއް އެ ބޯޓުގައި ޖެހުމުން ކަމަށް ވުމީ ދުރު ކަމެކެވެ. އެއީ މަތިންދާބޯޓު އުފައްދާ ފަރާތްތަކުން މިހާރުގެ މަތިންދާބޯޓުތައް ފަރުމާ ކުރާއިރު މިކަމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާފައި ހުންނާތީއެވެ. މި ކޮންޓްރޯލްތަކުގެ ސަބަބުން އިންޖީނު ހަލާކުވުން ނުވަތަ ލޭންޑިންގ ގިއަރ ނުހުޅުވުން ފަދަ މައްސަލައެއް ދިމާވިޔަސް، މަތިންދާބޯޓު ސަލާމަތް ކުރުމަށް އެހެން ސިސްޓަމްތަކެއް މަސައްކަތްކުރަން ފަށައެވެ.

މަތިންދާބޯޓު ވެއްޓުނު ސަބަބު ހޯދުމަށް ކުރެވޭ ތަޙުޤީޤުތަކުގެ އިތުރުން، އެހެން ކަންކަމަށްވެސް މި ހާދިސާގެ ތަހުގީގުގައި ސަމާލުކަން ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި:

1. ސަލާމަތީ ރެކޯޑު: ޖެޖޫ އެއަރގެ ސަލާމަތީ ރެކޯޑު ބެލުމާއި، މީގެ ކުރިން މިފަދަ ހާދިސާތަކެއް ހިނގާފައިވޭތޯ ބެލުމާއި؛

2. މަތިންދާބޯޓުގެ މެއިންޓަނަންސް: ވެއްޓުނު މަތިންދާބޯޓުގެ މެއިންޓަނަންސް ރެކޯޑުތައް ބަލައި، އޭގެ ކުރިން އެއްވެސް މައްސަލައެއް ރިޕޯޓުކޮށްފައިވޭތޯ ޗެކުކުރުމާއި؛

3. ޕައިލެޓުންގެ ތަޖުރިބާ: ފްލައިޓުގައި ތިބި ޕައިލެޓުންގެ ތަޖުރިބާއާއި ތަމްރީނު ބެލުމާއި؛

4. މޫސުމުގެ ޙާލަތު: ހާދިސާ ހިނގި ވަގުތު މޫސުމުގެ ޙާލަތު އޮތް ގޮތް ބެލުމާއި، އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ކޮށްފައިވޭތޯ ބެލުމާއި؛ އަދި

5. އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ: މުއާން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރ އާއި ސަލާމަތީ ފިޔަވަޅުތައް ބެލުން ހިމެނެއެވެ.

މި ހާދިސާއަކީ ދެކުނު ކޮރެއާގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާ ކަމަށްވުމާއެކު، މުޅި ޤައުމުގައި ހިތާމައިގެ އަސަރު ވަނީ ފެތުރިފައެވެ. ހާދިސާ ގައި ގިނަ ބަޔަކު މަރުވެފައިވުމާއެކު، ސަރުކާރުން ވަނީ ޤައުމީ ހިތާމައިގެ ދުވަހެއް އިޢުލާނުކޮށްފައެވެ.

މި ހާދިސާއިން ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ބަލާނެކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން ބުނެފައިވެއެވެ. މީގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމާއި، ޕައިލެޓުންނަށް ދެވޭ ތަމްރީނުތައް އިތުރުކުރުން ހިމެނެއެވެ.

ނަމަވެސް، މި ހާދިސާގެ ފުރިހަމަ ތަފްޞީލު އެނގި، އޭގެ ސަބަބު ކަނޑައެޅިގެން އެނގުމަށް އަދިވެސް ވަގުތު ނަގާނެކަމަށް ބެލެވެއެވެ. ތަޙުޤީޤު ނިމި، ރިޕޯޓު ނެރުމަށް މަދުވެގެން އެތައް މަހެއް ނަގާނެކަމަށް ބެލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު