Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރިއަށް ބޮން އަޅާ މަދުވެގެން 50 މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުން ޣައްޒާ އަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 45,399 ށް ވަނީ އަރާފައި

ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2024 | ހުކުރު 05:20
2024 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު، ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައި އިސްރާއީލު ސިފައިންގެ ހަމަލާއެއްގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ 18 މެންބަރުންގެ އަޝްރަފް އަސްލަމް އާއިލާގެ މެން

2024 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހު، ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދުގައި އިސްރާއީލު ސިފައިންގެ ހަމަލާއެއްގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ 18 މެންބަރުންގެ އަޝްރަފް އަސްލަމް އާއިލާގެ މެން

ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރީގައި ހުރި އިމާރާތަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން މަދުވެގެން 50 މީހުން ޝަހީދު ވެއްޖެއެވެ.

އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި، މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ 5 މުވައްޒަފުން ހިމެނެއެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުން ހުކުރު ވިލޭރޭ ޣައްޒާ ސިޓީ އަށާއި އެ ސިޓީގެ ދެކުނާއި އުތުރު ސަރަޙައްދުތަކުގައި ހުރި އާންމުން ދިރިއުޅޭ ދެ ގެއަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މަދުވެގެން 15 މީހުން ޝަހީދުވެ އަދި އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

ވަފާ އިން ރިޕޯޓު ކުރި ގޮތުގައި ޝައިޚް ރަޟްވާން ސަރަޙައްދުގައި ހުރި ގެއަކަށް ވައިގެ ހަމަލާއެއް ދީފިއެވެ. ހަމަލާގައި އެ ގެ މުޅިން ކުދިކުދި ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަރަޙައްދުގެ މަޞްދަރުތަކުން ބުނާ ގޮތުގައި، މި ހަމަލާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 13 މީހުން ޝަހީދުވެ، އަދި އެތައް ބަޔަކު ޒަޚަމްވިއެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން އެ ސަރަޙައްދުގައި މަސައްކަތް ކުރަމުން ގެންދާއިރު، މަދުވެގެން އަދިވެސް ސާޅީހަކަށް މީހުން އިމާރާތުގެ ދަށުވެފައިވާނޭ ކަމަށް ބެލެވެއެވެ.

ޣައްޒާ ސިޓީގެ ދެކުނު ސަރަޙައްދުގައި ދެވުނު އަނެއް ވައިގެ ހަމަލާގައި، އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓު ތަކުން އަލް-ސަބްރާ ސަރަޙައްދުގައި ހުރި ގެއަކަށް ބޮން އެޅުމުން ދެ މީހަކު ޝަހީދުވެ، 20 މީހުން ޒަޚަމްވިއެވެ. ހަލާކުވެފައިވާ އިމާރާތުގެ ދަށުގައި 7 މީހުން ތާށިވެފައި ތިބި ކަމަށް ބެލޭއިރު، މެޑިކަލް ޓީމުތަކުން ގެންދަނީ މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ކަމަށް ވަފާ ނިއުސް އިން ބުނެފައިވެއެވެ.

އިސްރާއީލުގެ ސިފައިން އަލް-ޒައިތޫން ސަރަޙައްދުގައި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބަޑިޖެހުން ކުރިއަށް ގެންދާއިރު، މަދަނީ އިމާރާތްތައް ގޮއްވާ ސުންނާފަތި ކުރަމުން ގެންދާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވަފާއިން ރިޕޯޓުކުރާ ގޮތުގައި، އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ނުކުމެފައިވާ އެތައް ސަތޭކަ ހާސް މީހުން ނިކަމެތި ހާލުގައި ޓެންޓުތަކުގައި ފިނިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދާއިރު، ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ގަދަ ފިނީގެ ސަބަބުން މަރުވި ކުޑަކުދިންގެ އަދަދު ހަތަރަކަށް ވަނީ އަރާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 45,399 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރެކޯޑުތަކުން ހާމަވެއެވެ. އަދި 107,940 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.                 

އިތުރަށް ކިޔާލަން

31 މާރިޗު 2018

ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި

31 މާރިޗު 2018
ޣައްޒާގެ ބޯޑަރުގެ ހަމަނުޖެހުމަށް މިނިވަން ތަހުގީގެއް ބޭނުންވާ ކަަމަށް އދ އިން ބުނެފި
06 ޖެނުއަރީ 2018

ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް

06 ޖެނުއަރީ 2018
ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް
31 ޑިސެމްބަރު 2017

މޫދަށް ޖައްސާ މަތިންދާ ބޯޓެއް ސިޑްނީ ކައިރިއަށް ވެއްޓި ހަ މީހުން މަރުވެއްޖެ

31 ޑިސެމްބަރު 2017
 މޫދަށް ޖައްސާ މަތިންދާ ބޯޓެއް ސިޑްނީ ކައިރިއަށް ވެއްޓި ހަ މީހުން މަރުވެއްޖެ
12 ނޮވެމްބަރު 2017

​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ

12 ނޮވެމްބަރު 2017
​​​​​​​އިރާނާއި އިރާގު ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް ހަ މީހަކު މަރުވެއްޖެ
12 ނޮވެމްބަރު 2017

އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް

12 ނޮވެމްބަރު 2017
އަތުލި އަލްބު ކަމާލް އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު