Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ޣައިރު ދީނުގެ އީދުތަކުގައި ބައިވެރިވުމަކީ ހަރާމްކަމެއް، މިފަދަ އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ: ޚުތުބާ

މާތް الله އެކަލާނގެ ޝަޢީރާތައް މާތްކުރައްވައިފައިވާތީ މުސްލިމުން ވެސް އެ ޝަޢީރާތައް މަތިވެރިކުރާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 08:21
ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ޚުތުބާ އަޑު އަހަނީ

ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއް ކަމަށާއި، މިފަދަ އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ޣައިރުދީންތަކުގެ ޝިޢާރުތައް ފާޅުކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ޝަޢީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓާން މާތް الله އަމުރުކުރައްވައިފައިވާ އެންމެހައި ކަންތައްތައް ކަމަށާއި މާތް اللهގެ ޝަޢީރާތަކަށް މާތްކޮށް ހިތުމަކީ މި ޝަޢީރާތަކަށް ހިތްތަކުގައި މަތިވެރި މަގާމު ދިނުން ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމްދީނުގެ ޝަޢީރާތަކުގެ ތެރޭގައި ވަކި މޫސުމަކާ ގުޅިފައިވާ ޝަޢީރާތައްވާ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދައަކީ ރަމަޟާން މަހާ ގުޅިފައިވާ ކަމެއް ކަމަށާއި، ހައްޖަކީ، ހައްޖު މޫސުމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

ޞާލިޙު ކޮންމެ އަމަލަކީ اللهގެ ޝަޢީރާއެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް الله އެކަލާނގެ ޝަޢީރާތައް މާތްކުރައްވައިފައިވާތީ މުސްލިމުން ވެސް އެ ޝަޢީރާތައް މަތިވެރިކުރާން ޖެހޭނެ ކަމަށެވެ. މާތް الله އެކަލާނގެ ކަލާމްފުޅު، ކީރިތި ގުރްއާން، މަތިވެރިކުރައްވާއިރު، ޤުރްއާނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ކުރެވޭ ކޮންމެ އަމަލަކަށް ދެކޮޅުހަދަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މާތް اللهގެ ޝަޢީރާތަކުގެ ތެރޭގައި މިސްކިތްތައްވާ ކަމަށާއި، އެއީ ބިންމަތީގައި ހުރި އެކަލާނގެ ގެކޮޅުތައް ކަމަށެވެ. އަދި މިސްކިތްތަކަށް ވަދެ އެ ތަންތަން ނުތާހިރުކުރުމަކީ މި ޝަޢީރާއަށް އިހާނެތިކޮށް ހިތުން ކަމަށާއި، މި ކަންކަން ހުއްޓުވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމްވަންތަކަމާއި ދީނީ ޝަޚްސިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެން ނުވާނެ ކަމަށެވެ. އެގޮތުން މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މިއީދުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ޚުތުބާގައި ބުނީ ޣައިރު ދީނުގެ އީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ހަރާމްކަމެއް ކަމަށާއި، ޚާއްސަކޮށް މިފަދަ އަމަލުތަކުން ރާއްޖޭގެ މުޖުތަމައުތައް ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ އަގީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ހެޔޮ ލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތް ފަތުރައިގެން ކަމަށާއި، އިސްލާމީ އަގީދާއާއި އަހުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު