Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮޒަމްބީކު

އިންތިޚާބުގެ ނަތީޖާގެ މައްސަލަ ހޫނުވެފައިވާ މޮޒަމްބީކުގައި އިދިކޮޅު ޕާޓީގެ ދެ އޮފިޝަލެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

ވަގުތީ ނަތީޖާ އިން ވެރިކަން ކުރާ ފްރެލިމޯގެ އިންތިޚާބު ކާމިޔާބު ކުރިކަން ހާމަވުމާއެކު، އިދިކޮޅު ޕޮޑެމޮސް ޕާޓީން ވަނީ ނަތީޖާ ބަލައިނުގަނެ، ހޯމަ ދުވަހު މުޅި ޤައުމުގައި ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައި

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2024 | އާދީއްތަ 07:48
އިންތިޚާބުގެ ރެލީއެއްގައި ބައިވެރިވުމަށް ފްރެލިމޯ ޕާޓީގެ އެކްޓިވިސްޓެއް ސައިކަލެއްގައި ޕާޓީގެ ދިދަ ހަރުކޮށްގެން ދުއްވަނީ

އިންތިޚާބުގެ ރެލީއެއްގައި ބައިވެރިވުމަށް ފްރެލިމޯ ޕާޓީގެ އެކްޓިވިސްޓެއް ސައިކަލެއްގައި ޕާޓީގެ ދިދަ ހަރުކޮށްގެން ދުއްވަނީ

މޮޒަމްބިކް ގައި އިންތިޚާބުގެ ނަތީޖާގެ މައްސަލައިގައި އެ ޤައުމުގެ އިދިކޮޅު ޕާޓީގެ ވަކީލަކާއި އަދި އެހެން އޮފިޝަލަކު މަރާލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފަހުކޮޅު، ޕޮޑެމޮސް ޕާޓީގެ ވަކީލު އެލްވީނޯ ޑިއަސް އާއި އަދި ޕާޓީގެ މަންދޫބެއް ކަމަށްވާ ޕައުލޯ ގުއަމްބޭގެ ކާރުގެ ފަހަތުން ދުއްވާފައި މީހަކު އައިސް، ވެރިރަށް މަޕޫޓޯގައި އެ ދެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލައިފިކަމަށް އެ ޕާޓީން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުގައި ދައްކާގޮތުން، މަގުމަތީގައި އޮތް ބީއެމްޑަބްލިއު އެސްޔޫވީއެއްގެ ތެރޭގައި ދެ މީހެއްގެ ހަށިގަނޑު ކުރީ ގޮނޑިތަކުގައި އެއްވެސް ހަރަކާތެއް ނެތި ވެއްޓިފައި ތިބޭތަން ފެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ، އޮކްޓޯބަރު 9 ގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާއާ ގުޅިގެން، ވޯޓު އޮޅުވާލުމާއި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ހަރާކާތްތައް ވޭތުވެދިޔަ 49 އަހަރު ވެރިކަން ކުރި ފްރޮންޓް ފޯ ދަ ލިބަރޭޝަން އޮފް މޮޒަމްބީކް (ފްރެލިމޯ) ޕާޓީގެ ފަރާތުން ހިންގާ ކަމުގެ ތުހުމަތުތަކާއެކު އެ ގައުމުގެ މަސްރަހް ހޫނުވަމުންދާ ދަނޑިވަޅެއްގައެވެ.

ވަގުތީ ނަތީޖާ އިން ވެރިކަން ކުރާ ފްރެލިމޯގެ އިންތިޚާބު ކާމިޔާބު ކުރިކަން ހާމަވުމާއެކު، އިދިކޮޅު ޕޮޑެމޮސް ޕާޓީން ވަނީ ނަތީޖާ ބަލައިނުގަނެ، ހޯމަ ދުވަހު މުޅި ޤައުމުގައި ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައެވެ.

އެންމެ ފަހުގެ އިންތިޚާބީ ނަތީޖާތަކުން ދައްކާގޮތުގައި، ވެރިކަމުގައި އޮތް ފްރެލިމޯ ވަނީ އެގައުމުގެ 11 ޕްރޮވިންސްގައިވެސް ކުރި ހޯދާފައެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓް ޑެނިއަލް ޗަޕޯ އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ބެލެވެއެވެ. ޗަޕޯއަކީ ދެ ދައުރު ފުރިހަމަކުރައްވާ އެއްކައިރިއަށް ޖެހިވަޑައިގަންނަވާ މިހާރުގެ ރައީސް ފިލިޕޭ ނިއުސީގެ އަށް ފަހު އެ ގައުމުގެ ރައީސް ގެ ގޮތުގައި އިއުލާނު ކުރާނެ ކަމަށް ބެލެވޭ ފަރާތެވެ.

ޕޮޑެމޮސްއާއި އެހެނިހެން އިދިކޮޅު ޕާޓީތަކުން ވަނީ ފްރެލިމޯއަށް އިންތިޚާބުގައި މަކަރު ހެދުމާއި އޮޅުވާލުމުގެ ތުހުމަތު ކޮށްފައެވެ. ހަމައެހެންމެ، ބޭރުގެ އޮބްޒާވަރުންވެސް ވަނީ މި އިންތިޚާބާމެދު ޝައްކު ފާޅުކޮށްފައެވެ. މީގެ ތެރޭގައި ފްރެލިމޯގެ ނުފޫޒު ގަދަ ސަރަޙައްދުތަކުގައި ވޯޓު ގަތުމާއި، ބިރުދެއްކުމާއި، އަދި ވޯޓުލާ މީހުންގެ ލިސްޓު ބަދަލުކުރުމުގެ ރިޕޯޓުތައް ހިމެނެއެވެ.

1994 ގައި ފްރެލިމޯ ގެ 20 އަހަރުގެ ވެރިކަމަކަށްފަހު ޑިމޮކްރަސީ އެ ގައުމަށް ތަޢާރަފުކުރި ފަހުން، މޮޒަމްބީކު ވަނީ މިފަދަ މައްސަލަތަކާ ކުރިމަތިލަމުން އައިސްފައެވެ.

އިންތިޚާބުގެ ފައިނަލް ނަތީޖާ އޮކްޓޯބަރު 24 ގައި އިޢުލާނުކުރާނެކަމަށް ބެލެވޭ އިރު، ހޯމަ ދުވަހުގެ މުޒާހަރާ ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއުމަން ރައިޓްސް ޖަމާޢަތްތަކުން ބުނާގޮތުގައި، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، މޮޒަމްބީކުގެ ސެކިއުރިޓީ ބާރުތަކުން މީގެ ކުރީގައި ވަނީ މުޒާހަރާކުރާ ފަރާތްތަކާ ދިމާލަށް ބަޑިޖަހާފައެވެ. މީގެ ތެރޭގެރޭގައި ފާއިތުވި އަހަރުގެ ލޯކަލް އިންތިޚާބަށް ފަހު ހިނގި ހާދިސާތައްވެސް ހިމެނެއެވެ.                   

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު