Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނޫނެކޭ ބުނުން

ބައެއް މީހުންނަށް "ނޫނެކޭ" ބުނަން އެހާ އުނދަގޫ ވަނީ ކީއްވެ؟

އަހަރެމެން ތެރޭން ގިނަ މީހުންނަށް "ނޫނެކޭ" ނުބުނެވެނީ އެކަމުގެ ސަބަބުން ދިމާވެދާނެ ޚިލާފުވުންތަކާއި ކުރިމަތިލާން ބޭނުންނުވުމާއި، ނޫނެކޭ ބުނުމުގެ ސަބަބުން އަނެކާއަށް ދެރައެއް ނުވަތަ ހިތްދަތިކަމެއް ލިބިދާނެތީ އެވެ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 15:22
އާންމުގޮތެއްގައި ނޫނެކޭ ބުނަން އުދަނގޫ ވަނީ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް

އާންމުގޮތެއްގައި ނޫނެކޭ ބުނަން އުދަނގޫ ވަނީ ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް

އެއީ އޮފީހުގައި ތިމާއަށް ނުވާވަރަށް ވުރެ ގިނަ މަސައްކަތް ކުރަން އެއްބަސްވުން ކަމުގައިވިޔަސް، ނުވަތަ އެއްވެސް ޝައުޤުވެރިކަމެއް ނެތް، ކުރަން ބޭނުންނުވާ ކަންތައްތަކަށް އާނއެކޭ ބުނުން ކަމުގައިވިޔަސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް "ނޫނެކޭ" ބުނުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް، މިހާ ކުޑަ ލަފްޒެއް ބުނަން މިހާ އުނދަގޫވަނީ ކީއްވެގެން ހެއްޔެވެ؟

އިންސާނުންގެ ގުޅުންތަކާއި މުޢާމަލާތްތައް ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ މައްޗަށެވެ. އެހެންކަމުން،  އިޖްތިމާޢީ ކަންކަމުގައި އެހެން މީހުންނަށް އެއްބާރުލުން ނުދީފިނަމަ އަހަރެމެންގެ ގުޅުންތަކަށް ނުރައްކާވެދާނެ ކަމަށް އަހަރެމެންނަށް ޤަބޫލުކުރެވެއެވެ.

"އަހަރެމެންގެ އެންމެ އަސާސީ ބޭނުންތަކުގެ ތެރޭގައި އިޖްތިމާޢީ ގުޅުމާއި، އެކަކު އަނެކަކަށް ބަރޯސާވުން ހިމެނެއެވެ. 'ނޫނެކޭ' ބުނުމުން އަހަރެމެންގެ ގުޅުންތަކަށް ބުރޫއަރާ ކަމަށް ހީވޭ،" ކެނެޑާގެ ޔުނިވަރސިޓީ އޮފް ވޯޓަރލޫގެ މެނޭޖްމަންޓް ސައިންސަސްގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. ވަނެސާ ބޯންސް، ވޯލްޑް ސްޓްރީޓް ޖާނަލްއަށް ވިދާޅުވިއެވެ.

އަހަރެމެންނަކީ ވެސް މުޖުތަމަޢު ބަލައިގަންނަ، މުހިއްމު މީހަކަށްވުމަށް މަސައްކަތްކުރާއިރު، 'ނޫނެކޭ' ބުނުމުން މުޖުތަމަޢުން ބާކީވެދާނެކަމުގެ ބިރު އިޙްސާސްކުރެވެއެވެ. "ނޫނެކޭ" ބުނުމުގެ ބިރުވެރިކަން އުފެދެނީ ޚިލާފުވުންތަކާއި ކުރިމަތިލުންތަކުން ދުރުހެލިވުމުގެ ބޭނުމުގައިވެސް މެއެވެ. މީހުން "ނޫނެކޭ" ބުނުމާމެދު ކަންބޮޑުވާ އަނެއް ސަބަބަކީ އެހެން މީހުންނަށް ހިތާމަވެރިކަމެއް ލިބިދާނެތީ ނުވަތަ އެމީހުންގެ މަޝްޢޫރުތަކަށް އަސަރުކޮށްފާނެތީއެވެ.

ލޮސް އެންޖެލެސްގެ ކެރިއަރ ކައުންސެލަރ އަދި ކޯޗު ދާރާ ބްލެއިން ވިދާޅުވާ ގޮތުގައި "އަހަރެމެން ދިރިއުޅެމުން މިދަނީ 'އާނއެކޭ' ބުނާ މުޖުތަމަޢެއްގައެވެ. މި މުޖުތަމަޢުގައި ކުރިއަރައިގެން ދާނެކަމަށް ޤަބޫލުކުރެވެނީ ކޮންމެ ކަމަކަށް ވެސް 'އާނއެކޭ' ބުނާ، ކަންކަން ފަހިކޮށްގެން ކުރިއަށްދާ މީހުންނެވެ."

ކޯޗު ދާރާ ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވި ގޮތުގައި، 'ނޫނެކޭ' ބުނުމުން ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޤަބޫލުކުރެވުމަކީ ޒަމާނުއްސުރެ ވެސް އަހަރެމެންނަށް ވިސްނިފައި އޮންނަ 'މުސްކުޅި' ގޮތެއް ކަމަށާއި، މި ވިސްނުމުގެ ސަބަބުން، ބުނާ ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށް އަހަރެމެން ތިބެނީ އަމިއްލަ ނަފްސަށް ޤަބޫލުކޮށްގެންނެވެ. އެހެންނަމަވެސް، މިއީ މުޅިއަކުން ތެދު ވާހަކައެއް ނޫނެވެ. ދުވާލަކު 24 ގަޑިއިރު މަސައްކަތްކޮށް، އަމިއްލަ ނަފްސަށް ބޮޑު ބުރައެއް ދީ، އަދި ހަވާލުކުރާ ހުރިހާ މަސައްކަތަކަށް 'ނޫނެކޭ' ނުބުނާހާ ހިނދަކު، ވަގުތު ފާއިތުވަމުން ދާއިރު، ވަރުބަލިކަމުގެ ސަބަބުން ހަވާލުވާ މަސައްކަތްތައް ނިންމުމުގެ ޤާބިލުކަންވެސް ކުޑަވަމުންދެއެވެ.

މީގެއިތުރުން، ދިރާސާތަކުން ހާމަވާގޮތުގައި ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް 'ނޫނެކޭ' ބުނުމަކީ އާންމުކޮށް އުނދަގޫ ކަމެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި (ގިނަފަހަރަށް ފިރިހެނުން) ރުޅި އަންނަގޮތަށް ކަމެއް ވާން ބޭނުންނުވުން ހިމެނެއެވެ. ހަމައެއާއެކު، 'ނޫނެކޭ ބުނާށެވެ، އެކަމަކު އޯގާތެރިވާށެވެ' ފަދަ ފިލާވަޅުތައް އުނގަންނައިދިނުމުގެ އިތުރުން، އަންހެނުންނަށް އިޖްތިމާޢީ ގޮތުން އުނގަންނައިދެނީ އެމީހުންގެ އަމިއްލަ ބޭނުންތަކާއި އިހްސާސްތަކަށްވުރެ އެހެން މީހުންގެ ބޭނުންތަކާއި އިހްސާސްތަކަށް އިސްކަންދިނުމަށެވެ. އަންހެނުންނަށް ދަސްވެފައިއޮންނަނީ ހެޔޮކޮށް ކަންތައްކުރުމަށެވެ. އަދި އެހެން މީހުން އުފާކުރުވަން ބޭނުންވާތީވެސް، އަންހެނުންނަށް ނޫނެކޭ ބުނުމަކީ ވަރަށް އުދަނގޫ ކަމެކެވެ.

ޙަޤީޤަތުގައި 'ނޫނެކޭ' ބުނަން ބޭނުންވާ ހިނދު އެހެން ނުބުނުމުން، އެވަގުތު ފަސޭހަތަކެއް ވެދާނެއެވެ. ނަމަވެސް، ދިގު މުއްދަތަކަށް މިކަމުގެ ނޭދެވޭ އަސަރުތައް ކުރެއެވެ. އޭގެ ސަބަބުން ރުޅިވެރިކަމާއި، އަބަދުމެ ނަފްސާނީ ގޮތުން ބިރުވެރިކަން އިޙްސާސްކުރެވުމާއި، އަދި ހަކަތަ ހުސްވެގެން ދާގޮތްވެއެވެ.

ނަފްސާނީ ޑޮކްޓަރެއް ކަމުގައިވާ ބާބަރާ ގްރީންބަރގް ވިދާޅުވަނީ، 'އާނއެކޭ' ބުނުމުގެ ނަތީޖާއެއްގެ ގޮތުން، ގިނަ އަންހެނުން ފެންނަނީ ކަންބޮޑުވެ، ނަފްސާނީ ގޮތުން ބިރުވެރިވެ، އަދި ވަރުބަލިވެފައި ތިބޭ ޙާލުގައެވެ. މީގެ އިތުރުން، 'ނޫނެކޭ' ބުނުމުގެ ނުކުޅެދުންތެރިކަން ނައްތާލުމަށްޓަކައި ދޮގު ބަހަނާތައް ދެއްކުމަކީ ވެސް މީހުންނަށް ދަތިވާ ކަމެކެވެ. އަދި މި ދޮގުތަކުގެ ސިލްސިލާއަކުން ވަގުތު ފާއިތުވަމުންދާއިރު އެ މީހާއަށް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ."

ނަފްސާނީ ދުޅަހެޔޮކަމުގެ މާހިރުން އަހަރެމެންނަށް ބާރުއަޅަނީ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކޮންޓްރޯލްކޮށް، އަދި ވަކި އިންތަކެއް ކަނޑައަޅައި، 'ނޫނެކޭ' ބުނަން ދަސްކުރުމަށެވެ. މިއީ އަހަރެމެންގެ ވަގުތާއި، ހަކަތައާއި، އަދި ފައިސާ ޙައްދުފަހަނައަޅައިދާ މިންވަރަށް ބޭނުންކުރުމުގެ ބަދަލުގައެވެ.

ހިއުސްޓަން ޔުނިވަރސިޓީގެ ޕްރޮފެސަރ ވަނެސާ ޕެޓްރިކް ވިދާޅުވަނީ "ނޫނެކޭ ބުނުމުގެ ޤާބިލުކަމުން ދައްކުވައިދެނީ އަސްލު ތިމާގެ ދިރިއުޅުން ކޮންޓްރޯލް ކުރަނީ ތިމާކަމެވެ… މިކަމުން ތިމާއަށް ބާރުވެރިކަމުގެ އިޙްސާސެއް ލިބިދެއެވެ."

ނޫނެކޭ ބުނުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

ތޫފާނު އިރްމާގައި ހާލުގައި ޖެހުނު މީހުންނަށް ލޭޑީ ގާގާ އެއް މިލިއަން ޑޮލަރު ހަދިޔާކުރަނީ

04 އޮކްޓޯބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ނޫރަށް" އެހާ ތަރުހީބެއް ނުލިބުނު

"ނޫރަށް" އެހާ ތަރުހީބެއް ނުލިބުނު

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު