Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ މައްސަލަތައް

ކްލާސް ފިހާރައިގައި މީހަކު މަރާލި މައްސަލަ: މަރުވި މީހާގެ ފޮޓޯތައް ހިމެނޭ ރިޕޯޓު ޝަރުތުތަކާއެކު ވަކީލުންނަށް ދޫކުރާނެ

ނިޔާވި ފަރާތުގެ އައުރަ ކަޝްފުވާ އެއްވެސް މަންޒަރެއް ފެންނަ ފޮޓޯއެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޖުލައި 2024 | އާދީއްތަ 07:35
މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ

މާފަންނު ފިހާރައެއްގެ ތެރޭގައި މީހަކު މަރާލި މައްސަލަ

2023 ފެބްރުއަރީ 24 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަތެރޭގައި ހުރި ސ. ހިތަދޫ، އިޒުމީރު، މުޙައްމަދު އަޙްމަދު ދީދީ އަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުޙާން ޢަލީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ. މި ދެމީހުންވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފައިހުގެ ދިފާއީ ވަކީލުން ވިދާޅުވީ، ލިއެކިއުންތައް ލިބިފައިވާ ކަމަށާއި، ނަމަވެެސް މަދުވާ ބައެއް ލިއެކިއުންތައްވެސް އެބަހުރި ކަމަށެވެ.

ދައުވާލިބޭ ދެ ފަރާތުގެ ވަކީލުންވެސް ވަނީ ދައުވާ ލިބޭ ފަރާތްތަކާއެކު ލިއެކިއުންތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި އިދާރީ ބައްދަލުވުމެއް ބާއްވައިދިނުމަށް ޝަރީއަތުގައި އެދިލައްވާފައެވެ.

ދައުލަތުންވެސް އެކަަމަށް އިއުތިރާޒު ކޮށްފައެއް ނުވެއެވެ.

އެއަށްފަހު ދައުލަތުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އޭގެ ތެރޭގައި އެއްކޮށް ސިއްރު ކުރަން އެދޭ ހެކިތަކާއި ވަކި މިންވަރަކަށް ސިއްރު ކުރަން އެދޭ ހެކި ހިމެނެއެވެ.

ދައުލަތުގެ ވަކީލުން ވަނީ ސިއްރު ހެކިންގެ ބަޔާނާއި އިންޓަވިއު ރެކޯޑިންގ ހިމެނޭ ސީޑީތައް އެއްކޮށް ސިއްރު ކޮށްދިނުމަށް އެދިފައެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ ހެކިވެރިންނަކީ ކޮބައިކަން ހާމަވެއްޖެނަމަ، ހެކިންނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމެވެ.

އަދި ތަހުގީގު ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު ވަކި މިންވަރަކަށް ސިއްރު ކޮށްދޭން ދައުލަތުން ވަނީ އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުގައި ނިޔާވި ފަރާތުގެ ފޮޓޯތައް ހިމެނޭ ކަމަށާއި، އެ ފޮޓޯތައް އާންމުވެއްޖެނަމަ ނިޔާވި މީހާގެ ކަރާމާތަށްވެސް އުނިކަން އަންނާނެ ކަމަށެވެ.

އެ ފޮޓޯތަކަކީ ނިޔާވި ފަރާތުގެ ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތައް ދައްކުވައިދޭ ތަފްސީލީ ފޮޓޯތަކެކެވެ.

މި އަޑުއެހުމުގައި ސިރުހާންގެ ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، މި މައްސަލައިގައި 7 ސިއްރު ހެކިން ހިމެނޭއިރު، އެ މީހުންނަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން "ތްރެޓް އެސެސްމަންޓެއް" ހަދަން ޖެހޭ ކަމަށާއި، އެއަށްފަހު ފުލުހުންގެ ފަރާތުން ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަންވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާމެދު ގޮތެއް ނިންމަންވާނީ އޭގެ ފަހުންކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ނިޔާވި މީހާގެ ކަރާމާތަށް އުނިކަން އަންނާނެކަމަށް ބަލައި ދިފާއަށް ހެކި ދޫނުކޮށް ހިފެހެއްޓޭނެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނޯންނަ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.  

ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުގައި ނިޔާވި ފަރާތުގެ ފޮޓޯތައް ހިމެނޭއިރު، ދިފާއީ ވަކީލުންގެ އަތަށް އެ ރިޕޯޓުތައް ލިބިއްޖެނަމަ ދިފާއީ ވަކީލުންވެސް ހިފަހައްޓަންޖެހޭ "އެތިކްސް" ހިފަހައްޓަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަކީލު ވިދާޅުވިއެވެ.

ދިފާއީ ވަކީލުން އަތުން އެ ފޮޓޯތައް "ލީކްވެދާނެކަމަށް" ބަލައި ހިފެހެއްޓުމަކީ ވަކާލާތު ކުރުމުގެ މުޅި ފަންނަށް އަމާޒުވާ ކަމެއްކަންވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ދިފާއުވުމުގެ ހައްގަށް ހުރަސް ނާޅާނެ ކަމަށާއި، ވަކީލުންގެ އަަތަށް ދޫކުރުމުގެ ބަދަލުގައި ފޮޓޯތައް ދިރާސާ ކުރެވޭ ގޮތަށް އިންތިޒާމު ހަމަޖެއްސެވުމަށް ދައުލަތުން އެދޭ ކަމަށެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކާއި، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ސިއްރު ހެކިންގެ ބަޔާނާއި ވީޑިއޯ ރެކޯޑިންގތައް ސިއްރު ކުރެއްވުމަށެވެ.

އޭގެ އިތުރުން، ތަހުގީގު ރިޕޯޓުވެސް ދައުލަތުން އެދިފައިވާ ގޮތަށް ސިއްރު ހެކިންގެ މައުލޫމާތު އުނި ކުރުމަށްފަހު ދިފާއަށް ދޫކުރެއްވުމަށް ގާޒީ ނިންމެވިއެވެ.

އަދި ސީން އޮފް ކްރައިމް ރިޕޯޓަށް ބަލާއިރު، ނިޔާވި ފަރާތުގެ އައުރަ ކަޝްފުވާ އެއްވެސް މަންޒަރެއް ފެންނަ ފޮޓޯއެއް ނެތް ކަމަށާއި، އެހެންކަމުން ދައުވާލިބޭ ފަރާތުގެ ދެ ވަކީލުންނަށް ޝަރުތުތަކާއެކު އެ ރިޕޯޓު ދޫކުރެއްވުމަށް ނިންމަވާކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އައިޝަތު ނުޒުހާއެވެ.

ދެން މި މައްސަލައިގައި އަޑުއެހުމެއް އޮންނާނީ 20 ޖުލައިގައެވެ. އެއީ ލިއެކިއުންތައް ހަމަކުރުމާ ގުޅޭ އިދާރީ އަޑުއެހުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު