Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރޮޒައިނާގެ ސުވާލު: ރިލްވާން މަންމައާ ކުރިމަތިލި ފުލުހުންގެ ހިތެއްވެސް ނެތީތަ؟

8 އޯގަސްޓު 2017 | އަންގާރަ 22:39

ރިލްވާންގެ މަންނަގެ ލޮލަށް ޕެޕަރސުޕްރޭ ޖެހި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 އޯގަސްޓު 2017 | އަންގާރަ 22:39
ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ، އަންގާރަ ދުވަހު ބޭއްވި ސުލްހަވެރި ހިނގާލުމުގައި. ފުލުހުން ވަނީ ރިލްވާންގެ މަންމަގެ ލޮލަށްވެސް ޕެޕާރ ސްޕްރޭ ޖަހާފައި

ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ، އަންގާރަ ދުވަހު ބޭއްވި ސުލްހަވެރި ހިނގާލުމުގައި. ފުލުހުން ވަނީ ރިލްވާންގެ މަންމަގެ ލޮލަށްވެސް ޕެޕާރ ސްޕްރޭ ޖަހާފައި

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަންމައާ ކުރިމަތިލި ފުލުހުންގެ އަމަލުތަކާމެދު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރިލްވާން ގެއްލުވާލިތާ ތިން އަހަރުވެފައިވާއިރުވެސް އެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި އަންގާރަ ދުވަހު ވަނީ އެއްވުމެއް ބާއްވާފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވި ރިލްވާން މަންމަގެ ލޮލަށް ފުލުހުން ވަނީ ޕެޕަރސްޕްރޭ ޖަހާފަ ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބްކަންވެސް ކުރައްވާ ރޮޒައިނާ ވިދާޅުވީ ފުލުހުން ރިލްވާންގެ މަންމަގެ ލޮލަށްވެސް ޕެޕަރސުޕްރޭ ޖެހިއިރު އެއީ ހިތެއް ވެސް ނެތް ބައެއްތޯ ސުވާލު އުފެދުނު ކަމަށެވެ.

"މި އުޅޭނީ މަންމަ އަކު އެމީހާގެ ދަރިފުޅަކު ގެއްލިގެން. ރޮމުން އަދޭސް ކުރަމުން މަގުމަތީގައި ތިމަންނަގެ ދަރިފުޅު ކޮބައި ހޭ ކިޔައި ނިކުމެ އުޅޭއިރު އެމީހާއަށް އަޅާލުމެއް، ހަބަރެއް މައުލޫމާތެއް ނުދެވޭތާގައި އަނިޔާދޭން ޖެހޭތޯ. ނުޖެހޭނޫންތޯ. މިއީ ތޯ ރައީސް ޔާމިންގެ ވެރިކަމަކީ. ވަރަށް ރީއްޗެއް ނޫން ތޯ." ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ރިލްވާންގެ އާއިލާ އާއި ހެޔޮއެދޭ މީހުންގެ އެއްވުމުގައި އަންހެނުން ގިނައިރު ފުލުހުންގެ އަމަލު ކުރި ގޮތް ފެނިފައި ދެރަވެ، ރުޅިއައި ކަމަށެވެ.

"ގިނަ އިން ތިބީވެސް އަންހެނުން. އެ އެންމެންގެ ގަޔަށް ބޮލަށް އަރައިގަންނަން ޖެހޭ ދަރަޖައަކަށް އެތަނުގައި ކަމެއް ދިޔައީކީ ނޫން. ފުލުހުންގެ ގާނޫނުގައި ބުނޭ ކަމާ ނުގުޅޭ ބާރުގެ ބޭނުން ނުކުރަން. މުޒަހަރާއެއް އަދި ރުޅާލަން ވިއަސް އެކަށީގެން ނުވާ ބާރުގެ ބޭނުން ނުކުރަން އެބަ އޮވޭ. އެހެން އެކަން އޮއްވާ އަޅުގަނޑުގެވެސް ލޯ ކުރިމަތީ އަންހެން ބޭފުޅަކު އަތުގައި އޮތް ބޯޑެއް އަތުލަންވެގެން ތިން ހަތަރު މީހުން އޭނާގެ ގާމައްޗަށް އަރައިގަނެގެން ހީވީ މާރާމާރީއެއް ފުލުހުން ހިންގިހެން." އޭނާ ވިދާޅުވި އެވެ. އަދި އަންހެން ފުލުހުން ތިބެ ފިރިހެން ފުލުހުން މުޒަހަރާގައި ތިބި އަންހެނުންނާ ކުރިމަތިލާ ގައިގަ އަތްލުމަކީ ހުއްދަ ކަމެއް ނޫންކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަނިޔާކުރަން ބޭނުންވެފައި ތިބި ވަރާއި އަރައިގަންނަން ބޭނުންވެފައި ބައެއް ފުލުހުން ތިބޭވަރު އެއިން އަޅުގަނޑުމެނަށް ފެނިގެން ދަނީ. ހޭބޯ ނާރާ، ނޭނގޭ ކާކުގެ ގައިގަ ކަމެއް މި ހިފައި ގަނެވެނީކީވެސް. ތިމަންނަމެންގެ ގާނޫނީ ވާޖިބަކީ ކޮބައި ކަމެއް ގާނޫނުން ތިމަންނަމެނަށް މަނާކަމަކީ ކޮބައި ކަމެއް ނޭނގި އަންހެނުންގެ ގަޔަށްވެސް އަރައިގަންނަ މަންޒަރު މި ފެންނަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރިލްވާންގެ އާއިލާ އާއި ހެޔޮއެދޭ ބަޔަކު މަގު މައްޗަށް ނިކުތީ ހަމަ ނުޖެހުން ހިންގަން ނޫން ކަމަށާއި ފުލުހުންގެ ތަހްގީގުން އެއްޗެއް ހަމާ ކޮށްދިނުމަށް ގޮވާލަން ކަން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ކުރިން އެންގުމަކާ ނުލާ އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށްވާއިރު ފުލުހުންނަށް އެކަން ނުހުއްޓުވޭނެ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ. އަދި މާރާމާރީތަކުގައި އުޅޭ ކުދިންނާ މެދު ފުލުހުން އަމަލު ކުރާވަރަށް ވުރެ ހަރުކަށިކޮން އާންމު އެއްވުންތަކަށްދާ އަންހެނުންނާމެދު އަމަލު ކުރާކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

23 މާރިޗު 2017
ފާރިސް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި
19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
26 ފެބުރުއަރީ 2017

ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި

26 ފެބުރުއަރީ 2017
ސުވާލު ކުރަންޖެހޭ ގޮތް ރައީސް އޮފީހުގެ ތަރުޖަމާނު ކިޔައިދީފި
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް