Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް އާޒިމް

މާލެ ސިޓީ ކައުންސިލް އޮތީ އާއްމުން އެތަނަކީ އޮތްތަނެއް ކަަމަށް ޤަބޫލު ނުކުރާ ހާލުގައި - އާޒިމް

ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހުވަފެނެއްް ހަގީގަތަކަށް ހެދުމަށް ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 00:57
އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލް އޮތީ އާއްމުން މިއަދު އޮތްތަނެއް ކަަމަށް ޤަބޫލު ނުކުރާ ހާލުގައި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މިއަދު މާލެ ސިޓީ ކައުންސިލޭ ބުނުމުން އާއްމުން އިސް ޖަހާލާ ކަމަށާއި އެތަނާއި މެދު ދެރަވެ ހިތާމަކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެތަނަކީ އާއްމުން ބަލައިގަންނަ އިތުބާރުކުރާތަނަކަށް ހަދަން ޖެހޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ މާލެ ސިޓީ ކައުންސިލަކީ ރައްޔިތުން ޤަދަރުކުރާ ތަނަކަށް އެތަން ހައްދަވާދެއްވާނެކަމުގެ ޔަޤީންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެެވެ. އާޒިމް ވަނީ އެކަން ކުރެވޭނެ ގޮތް އެމަނިކުފާނަށް އެނގިލައްވާ ކަމަށާއި އެމަނިކުފާނުގެ ހުރި ތަޖުރިބާ އެކަމަށް ބޭނުން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ ތަޖުރިބާ ހުރި ބޭފުޅަކަށް ކަަމަށާއި އެކަމަށްޓަކާ ބޭނުންވާ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި ހުރި ކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. ސިޓީ ކައުންސިލަށް އިތުބާރު ހޯދުމަށް އެތަނަކީ ދެ ފުށްފެންނަ ގޮތަށް ކަންކަން ހިނގާ، މަކަރާއި ހީލަތް ނުހަދާ ތަނަކަށް އެތަން ހައްދަވާނެ ކަަމަށް އާޒިމް ވިދާޅުވިއެވެ. އެމަނިކުފާނަށް މާލޭސިޓީގެ މޭޔަރކަން ލިބިވަޑައިގެންފި ނަމަ ސިޓީ ކައުންސިލްގެ ޚަރަދުތަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ބިމުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ކައުންސިލްގެ ހިންގުމުގެ އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އިތުރަށް އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. މިހާރުވެސް 300 އެއްހާގެއަށް މާލެ ސަރަހައްދުން ވަޑައިގަންނަވާފައިވާ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރަމުން ދަނީ އާއްމުންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ފުށިދިއްގަރުފަޅު ހިއްކަމުން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހުވަފެނެއްް ހަގީގަތަކަށް ހެދުމަށް ކަމަށާއި އެއީ އާއްމުންނަށް ހެޔޮއެދިވަޑައިގެން ރައީސް ކުރައްވާ ކަމެއް ނޫން ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ރައްޔިތުންނަށް ފަސޭހަކަންކަން ކޮށްދޭނީ އެމްޑީޕީން ކަމަށާއި އެމްޑީޕީގެ މޭޔަރެއް ހޮވަންވީ އެ ސަބަބާއި ހުރެ ކަަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް ޢާޒިމްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު