Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހަންޓަރ އާއި މަސްކްގެ ކޯޅުން

ހަންޓަރ ބައިޑަން، އިލޯން މަސްކްއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި

10 ޑިސެމްބަރު 2023 | އާދީއްތަ 18:50

ހަންޓަރއަށް ރައްދު ދެއްވަމުން މަސްކް ވިދާޅުވީ ވީޑިއޯތައް ފެންނަން ހުރި ކަމަށާއި، އެ އެއްޗިހި އޮޅުވައި ނުލެވޭނެކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 ޑިސެމްބަރު 2023 | އާދީއްތަ 18:50
ހަންޓަރ ބައިޑެންއާއި، އިލޯން މަސްކްގެ ކޯޅުން

ހަންޓަރ ބައިޑެންއާއި، އިލޯން މަސްކްގެ ކޯޅުން

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަން، ބިލިއަނަރު އިލޯން މަސްކްގެ ބުއްދީގެ ފެންވަރު އަދި ޑިމޮކްރަސީއަށް ވީ ވައުދާ މެދު ސުވާލު އުފައްދައި ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ޢާއްމުވެފައިވާ އިންޓަވިއުއެއްގައި ޒުވާން ބައިޑަން ވަނީ ޓްވިޓަރގެ އާ ވެރިޔާ އިލޯން މަސްކް އޭނާގެ އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވަނީ މަސްކް އަކީ އޭނާ ދެކޭ ގޮތުގައި ދުނިޔެ އަށް މިހާތަނަށް އެނގިފައިވާ އެންމެ "ޑަމްބެސްޓް ސްމާޓް" މީހާ ގެ ގޮތުގައި ސިފަކޮށްފައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބައިޑަންގެ މައްޗަށް އާ ނުވަ ދައުވާއެއް އުފުލުމާ އެކު، އޭނާވަނީ އެދައުވާ ތަކާ މެދު އިންކާރު ކުރައްވާފައެވެ. ވަކީލުން ތުހުމަތު ކުރާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ޓެކުހަށް މަކަރު ހައްދަވައިގެން ބައިޑެން އުޅުއްވީ ބޭކާރު ދިރިއުޅުމެއް ގައެވެ.

މިއުޒީޝަނަށް ބައިޑަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަސްކް ފަދަ ފަރާތްތަކުން އޭނާ ސިފަކޮށްފައި ވަނީ "ނުބައިކަމުގެ ރަމްޒެއްގެ ގޮތުގައި" ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ "ޑިމޮކްރަސީއަށް ފަރުވާލެއް ނުބަހައްޓަވާ" ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަށް ވެސް ފަރުވާލެއް ނުބަހައްޓަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިޑެންގެ ވާހަކަތަކަށް މަސްކުވަނީ ވަގުތުން ރައްދު ދެއްވާފައެވެ. އޭނާގެ އަމިއްލަ ޕްލެޓްފޯމް އެކްސްގައި ރައްދު ދެއްވައި، އޭނާ ވަނީ އެ ދައްކަނީ ކޮން ދޮގު މައުލޫމާތެއްގެ ވާހަކަތޯ ސުވާލު ކޮށްފައެވެ. ގަވައިދާ ހިލާފަށް މަސްތުވާތަކެތި ބޭނުންކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އާންމުވެފައިވާ ކަމަށް ވިދާޅުވެ މަސްކްވަނީ ބައިޑަންއަށް ފުރައްސާރަ ކުރައްވައި، އެފަދަ ކުށް ކުރާ އެތައް ވީޑިއޯއެއް ޢާޢްމުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އާންމުންގެ މެދުގައި ހަންޓަރ ބައިޑެންއާއި ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އުފެދިފައި މިވަނީ ބައިޑަންގެ މައްޗަށް އާ ޖިނާއީ ޓެކްސްގެ މައްސަލައަކާއި، ގަވައިދާ ޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ދައުވާއަކާއި، އަދިވެސް އިތުރު ދައުވާތަކެއް އުފުލުމާއި ގުޅިގެންނެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ވިޔަފާރިވެރިޔާއަށް، ރައީސް ބައިޑަންގެ ދަރިކަލުން ތުހުމަތުތައް ކުރައްވަމުން ގެންދަވާއިރު، ގާނޫނީ މައްސަލަތަކުގެ ސަބަބުން ބައިޑަން ވަނީ ނުތަނަވަސް ހާލަތަކަށް ގޮސްފައެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެއް މީޑިއާ ޕްލެޓްފޯމްގެ ވެރިޔާގެ މަގާމުގައި މިހާރު މަސްކް ހުރި އިރު، ބަހުގެ ހަމަލާތައް ބަދަލު ކުރުމުން ފާހަގަކުރެވެނީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ސޯޝަލް މީޑިއާ ނެޓްވޯކްތަކުގެ ބާރާއި ނުފޫޒު އޮތް މިންވަރެވެ.

އިލޯން މަސްކް އަކީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މީޑިއާގައި އެންމެ ހަރަކާތްތެރި އަދި ގިނަ ކަންކަމާ ބެހެމުންދާ، އެންމެ ފާހަގަކޮށްލެވޭ ފަރާތުގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން އޭނާއަށް ތާއީދުކުރާއިރު، އަނެއްބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2024

ފަސްޓް ލޭޑީއާއި އަތްދަބަހުގެ މައްސަލަ: ގޮތް ނިންމާނީ ރައްޔިތުން!

08 ފެބުރުއަރީ 2024
ފަސްޓް ލޭޑީއާއި އަތްދަބަހުގެ މައްސަލަ: ގޮތް ނިންމާނީ ރައްޔިތުން!
25 ސެޕްޓެމްބަރު 2020

ޓްރަމްޕްގެ ހޫނު ބަހުގެ ހަމަލާއެއް މޭގަން އަށް!

25 ސެޕްޓެމްބަރު 2020
ޓްރަމްޕްގެ ހޫނު ބަހުގެ ހަމަލާއެއް މޭގަން އަށް!
12 ފެބުރުއަރީ 2017

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

12 ފެބުރުއަރީ 2017
އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް