Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޭޖޭ އޮކާޗާ

ޖޭޖޭ އޮކާޗާގެ ކައިވެނީގެ ރިހިޔޫބީލް ރާއްޖޭގައި ފާހަގަކޮށްފި

29 އޮކްޓޯބަރު 2023 | އާދީއްތަ 04:56

އޮކާޗާއާ ކައިވެނިކުރީ 1997 ވަނަ އަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 29 އޮކްޓޯބަރު 2023 | އާދީއްތަ 04:56
ޖޭޖޭ އޮކާޗާގެ ކައިވެނީގެ ރިހިޔޫބީލް ހަފުލާގެ ތެރެއިން

ޖޭޖޭ އޮކާޗާގެ ކައިވެނީގެ ރިހިޔޫބީލް ހަފުލާގެ ތެރެއިން

ނައިޖީރިއާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޖޭޖޭ އޮކާޗާގެ ކައިވެންޏަށް 25 އަހަރު ފުރުން ރާއްޖޭގައި ފާހަގަކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި ހަފުތާ ބާއްވާފައިވަނީ މީގެ ހަތަރު ދުވަސް ކުރިން ރާއްޖޭގެ ރިސޯޓެއްގަ އެވެ.

އޮކާޗާ އަކީ ނައިޖީރިއާގައި އުފެދުނު މޮޅު ކުޅުންތެރިއެކެވެ. އޭނާގެ އަންހެނުން އެންކެޗީ އޮކާޗާއާ ކައިވެނިކުރީ 1997 ވަނަ އަހަރު އެވެ. މި ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އޭނާގެ ކައިވެނީގެ ރިހިޔޫބީލް ފާހަގަކުރީ ދެމަފިރިންނަށް 50 އަހަރުފުރުމުގެ މުނާސަބަތާ ވެސް އެކުގަ އެވެ. މި ރަސްމިއްޔާތުގައި އަންހެނުން އެންކެޗީ ހުދު ހެދުމެއްގައި ހުރިއިރު އޮކާޗާ ލައިގެންހުރީ ހުދު ގަމީހަކާއެކު ކަޅު ފަޓުލޫނެކެވެ. އަރައިގެންހުރީ ކަޅު ފައިވާނަކަށެވެ.

އޮކާޗާގެ އެންމެ ހާއްސަ ކަމަކީ އޭނާ އިސްލާމަކަށްވެ، އޭނާގެ ނަމަކަށް މުހައްމަދު ކިޔާފައިވާތީ އެވެ. އޮކާޗާ އިސްލާމްވީ އޭނާ ތުރުކީގެ ފެނަބާޗޭ އަށް ކުޅުނު ދުވަސްވަރު އެވެ.

ނައިޖީރިއާގެ ގައުމީ ޓީމަށް 73 މެޗުން 14 ގޯލު ޖަހާދީފައިވާ އޮކާޗާ ވަނީ ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ބޯލްޓަން އާއި ހަލްސިޓީ އަށް ކުޅެދީފަ އެވެ.

ފުޓްބޯޅަ

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

5

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2025

ލަންކާ ބަލިކޮށް ސައުތް އޭޝިއަން ސުޕަރ ކަޕް ދިވެހިރާއްޖެ އަށް

09 ސެޕްޓެމްބަރު 2025
ލަންކާ ބަލިކޮށް ސައުތް އޭޝިއަން ސުޕަރ ކަޕް ދިވެހިރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް