Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތް

އާ ސަހަރާ ތަރައްގީކުރުމުގެ މަސައްކަތްކުރި ފަރާތުން ފުރިހަމަނުކޮށް ހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:55

އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މެއި 27 ގައި ފެށުމަށް ނިންމައި، އެތަން ވަނީ ބަންދުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:55
އާސަހަރާ

އާސަހަރާ

މާލެސިޓީގެ މީހުން ވަޅުލުމަށް ހާއްސަކުރެވިފައިވާ އާސަހަރާގެ ޖާގަ އިތުރުކުރުމަށް ކުރި އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔަބުކުރި ފަރާތުން އެ މަސައްކަތް ފުރިހަމަކޮށްފައިނުވާތީ، މިހާރު ނުކުރެވި ހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަން ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް މެއި 27 ގައި ފެށުމަށް ނިންމައި، މަރާމާތުގެ މަސައްކަތް ނިމެންދެން މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލޭ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް މާލޭ ސިޓީ ކައުންސިލުން ހުޅުމާލެ އަށް ވަނީ ބަދަލުކޮށްފައެވެ. އޭރު ސިޓީ ކައުންސިލުން ބުނެފައިވަނީ ދެ މަސް ދުވަސްތެރޭގައި އެތަނުގެ މަސައްކަތް ނިންމާނެކަމަށެވެ. އާސަހަރާ މިސްކިތް ލަސްވާ ސަބަބު ދެނެގަތުމަށް އަދަދު ނޫހުން ސެޕްޓެމްބަރ މަހުގެ ފަހުކޮޅު ސުވާލުކުރުމުން އާސަހަރާގެ މަރާމާތުގެ މަސައްކަތް ނިންމުމަށް އަދި އިތުރު ދެ މަސްދުވަސް ނަގާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސަހަރާގެ މަސައްކަތް ދިގުލައިގެންދާ ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނީ މަޝްރޫއަށް އިތުރުކުރި ސްކޯޕުގެ ދަށުން މިސްކިތުގެ ޖާގަ އިތުރުކުރަން ނިންމާފައިވާ ދިމާލުގައި ހުރި އެމްޑަބްލިއުއެސްސީގެ "ބޯހޯލް" އެއްގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ކުރަމުންދަނީ ބޯހޯލް އާ ގުޅޭ ކޮން މަސައްކަތެއް ކަން އޮފިޝަލު ސާފުކޮށް ދެއްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ސުވާލުކުރުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރާއްޖެއެމްވީއަށް ވިދާޅުވެފައިވަނީ އެ ބޯހޯލް އާ ހެދި ސަހަރާގެ މަސައްކަތަށް ބުރޫ ނާރާނެ ކަމަށާއި އެ މަސައްކަތް ލަސްވުމާއި ބޯހޯލްއާ ގުޅުމެއް ނެތް ކަމަށެވެ. މި މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ސާފުކުރަން ރާއްޖެއެމްވީން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މި މަޝްރޫއު ހަވާލުކުރީ ކޮން ކުންފުންޏަކާތޯ އަދި މަޝްރޫއުގެ އަގަކީ ކޮބައިތޯ ކައުންސިލުން އޮޅުން ފިލުވުމަށް އެކި މެމްބަރުންނަށް ގުޅި ނަމަވެސް ޖަވާބެއް ނުލިބުނެވެ. ރާއްޖެއެމްވީން ގުޅުމުން މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވީ އެ މައުލޫމާތު ބެއްލުވުމަށްފަހު ހިއްސާ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ފަހުން ވަނީ ފޯމު ހުށަހަޅައިގެން އެ މައުލޫމާތު ހޯދުމަށް އެދިފައެވެ.

މަސައްކަތް ދިގުލައިގެން ގޮސްފައިވާއިރު ސިޓީ ކައުންސިލުން އޮކްޓޯބަރ 25 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ މައުލޫމާތު ސާފުކުރުން އޮކްޓޯބަރ 30 ވަނަ ދުވަހު އަދި އަގު ހުށަހެޅުން ނޮވެމްބަރ 2 ވަނަ ދުވަހު އޮންނާނެކަމަށެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް