Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭގެ މަސައްކަތްތައް

އީޕީއޭ އަށް މި އަހަރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ގަވާއިދާއި ޚިލާފަށް ރުއްގަސް ނެގުމުގެ މައްސަލަ

11 ޖޫން 2023 | އާދީއްތަ 03:57

ދިރުންތަކަށް ލިބޭ ގެއްލުމުގެ އަސަރު ތިމާވެއްޓަށް ވަރަށް ބޮޑަށް ކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖޫން 2023 | އާދީއްތަ 03:57
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް މި އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ގަވާއިދާއި ޚިލާފަށް ރުއްގަސް ނެގުމުގެ މައްސަލަކަމަށް އެ އިދާރާއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އީޕީއޭ އަށް މިހާރު އެންމެ ގިނައިން ހުށަހަޅަނީ ޤަވާއިދާއި ޚިލާފަށް ރުއްގަސް ނެގުމާއި، ގަވާއިދާއި ޚިލާފަށް ވެލި ނެގުމުގެ މައްސަލަ ކަމަށެވެ. މި ފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަން ކަމަށާއި އެފަދަ ކަންކަން މަދުކުރުމަށް އީޕީއޭއިން އަބަދުވެސް ވަރަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު އެފަަދަ މައްސަލަތައް ހިނގާނަމަ އާއްމުން އެކަންކަން ރިޕޯޓްކުރާ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ތަފާތު އެކި ދިރުންތަކަށް ގެއްލުންދޭ މައްސަލަ އާއި ޤަވާއިދާއި ޚިލާފަށް އެތަކެތި ހިފާ ކައިބޮއި ހަދާ މައްސަލަ ވެސް އެ އިދާރާ އަށް ހުށަހެޅޭ ކަމަށް ނައީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެލާ ބިސް ނެގުމާއި، ވެލާ މަސް ކެއުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ މިޔަރު ފަދަ މަސްމަހާއި މެއްސަށް އެއް ގަޑިއަކަށް ތާވަލުކޮށްގެން ކާންދިނުން ފަދަ ކަންކަން ހިނގުން މިހާރު އާއްމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ އޭގެ ސަބަބުން މިޔަރުގެ ފިތުރަަތާއި ޚިލާފު ކަންކަން އޭގެ ކިބައިގައި އަށަގަނެ، އެ މިޔަރުތަކުގެ ފަރާތުން އެހެން ބަޔަކަށް ނުރައްކަލެއް ކުރިމަތިވުމަށް މަގުފަހިކުރުވަފާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ނައީމް ވަނީ ޢިލްތިމާސްކުރައްވާފައެވެ. ނައީމް ވިދާޅުވީ މިފަދަ މައްސަލަތަކާއި ގުޅިގެން ނަސޭހަތްދިނުމަށްފަހު އިސްލާހުނުވާނަމަ ޖޫރިމަނާ ކުރާ ކަމަށެވެ. އެހެންނަމަވެސް ޖޫރިމަނާކުރުމަކީ މިކަމުގެ ހައްލުކަމަށް ބަލައިގެން ނުވާނެ ކަމަށާއި ވަށައިގެންވާ ދިރުންތަަކަށް ރައްކަތެރިވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހަދަން ޖެހޭ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް